Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑަންގަލް

ޗައިނާގެ ބޮކްސް އޮފީހުގައި "ޑަންގަލް"އަށް ބޮޑު ކާމިޔާބީއެއް

ޗައިނާގައި އެޅުވިތާ 4 ދުވަހުގެ ތެރޭގައި 21 ކުރޯޑް ރުޕީސް ވަނީ ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 މެއި 2017 | އަންގާރަ 07:58
ޑަންގަލްގެ ޕޯސްޓަރެއް

ޑަންގަލްގެ ޕޯސްޓަރެއް

ޗައިނާގެ ސިނަމާތަކުގައި މިހާރު އަޅުވާފައިވާ ބޮލީވުޑްގެ ފިލްމު "ޑަންގަލް" އަށް ފިލްމު އެޅުވިތާ 4 ދުވަހުގެ ތެރޭގައި ބޮޑު އާމްދަނީއެއް ލިބިއްޖެއެވެ.

"ޑަންގަލް" ޗައިނާގެ 9000 ސްކްރީނެއްގައި އަޅުވާފައިވާއިރު 4 ދުވަހުގެ ތެރޭގައި ލިބިފައިވަނީ 23.4 ޗައިނީޒް ޔުއާން (21 ކްރޯޑް ރުޕީސް) އެވެ.

މިދިޔަ ހުކުރު ދުވަހު އާމިރު ޚާންގެ "ޑަންގަލް" ޗައިނާގައި އަޅުވާފައިވާއިރު "ޑަންގަލް" ގެ ކުރިން ނިކުތް އާމިރު ޚާންގެ ފިލްމު "ޕީކޭ" ވެސް ވަނީ ޗައިނާގައި އަޅުވާފައެވެ. އެފަހަރު "ޕީކޭ"އަށް ޗައިނާއިން ލިބިފައިވަނީ ފިލްމު އެޅުވިތާ 2 ހަފްތާ ތެރޭގައި 100 ކުރޯޑް ރުޕީސްއެވެ.

މި އަދަދަށްވުރެ ގިނައިން "ޑަންގަލް"އަށް އިތުރަށް ލިބޭނެކަމަށް ލަފާކުރެވެއެވެ.

"ޑަންގަލް" އަކީ ރެސްލިން ތެޅުންތެރިޔާ މަހާވީރް ސިންގް ޕޯގަތް އޭނާގެ ގޭގައި ދެ އަންހެން ކުދިންނަށް ރެސްލިންތަޅަން ދަސްކޮށްދީގެން ތާރީހީ ކާމިޔާބީއާ ހަމައަށް ގެންގޮސްދިނުމަށް ކުރާ މަސައްކަތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްުމުގައި އާމިރާ އެކު އޭނާގެ ދެ އަންހެން ދަރިންގެ ރޯލުން ފެނިގެންދަނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވި ފާތިމާ ސަނާ ޝައިޚް އާއި ސަނާޔާ މަލްހޯތުރާ އެވެ.

އިންޑިއާގެ ސިނަމާ ތަކުގައި މިދިޔަ ޑިސެމްބަރު މަހު "ޑަންގަލް" އެޅުވި ފަހުން މިފިލްމަށް ވަނީ 385 ކްރޯޑްގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މިފިލްމަށް ވަނީ ގިނަ އެވޯޑްތައްވެސް ލިބިފައެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
06 މާރިޗު 2017

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު