Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ލުބްނާނުގެ ވިޔަފާރިވެރިޔާ

އުފަން ވަޒަނަށް އެނބުރިދިއުން، އަމިއްލައަށް އަރުވައިލެވުން ކަހަލަ ކަމަކަށް!

މިހާރު އުމުރުން 59 އަހަރު ފުރިފައިވާ ޝަމްސް، ފާއިތުވި 17 އަހަރު ދުވަހު ދިރިއުޅުނީ ސޫދާނުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 11:23
ލުބްނާނުގެ ވިޔަފާރިވެރިޔާ، އަހުމަދު ޝަމްސް

ލުބްނާނުގެ ވިޔަފާރިވެރިޔާ، އަހުމަދު ޝަމްސް

ސޫދާނުގެ ވެރިކަންކުރާ ޚާރްތޫމްގައި ގަދަވެފައިވާ ހަމަލާ ބަދަލުކުރުންތަކުން ސަލާމަތްވުމަށް، ލުބްނާންގެ ވިޔަފާރިވެރިޔާ އަހުމަދު ޝަމްސް ފިލައި އިނީ އޭނާ ހިންގާ ހޮޓަލުގައެވެ. ބޮމާއި ބަޑީގެ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ހޮޓާތެރޭގައި ފިލައި އިންއިރު، ޝަމްސްގެ ހަނދާނަށް ވެރިވަމުން ދިޔައީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު، ލުބްނާންގެ ވެރިރަށް ބެއިރޫތު ސުންނާފަތިކޮށްލި ވަރުގަދަ ދާޚިލީ ހަނގުރާމައިގެ މަންޒަރުތަކެވެ.

ޚާރްތޫމް ދޫކޮށް އަނބުރައި ބެއިރޫތަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ ޝަމްސް ސިފަކުރިގޮތުގައި، ޚާރްތޫމްއިން ފެންނަމުން ދިޔައީ އޭރުގެ ބެއިރޫތުންވެސް ހަމަ ފެނުނު މަންޒަރުތަކެވެ. ހުރިހާ ތަނެއްގައި ހަނގުރާމަވެރިންނެވެ. ބައިނަލްއަގުވާމީ މަސްލަހަތުތަކެވެ.

މިހާރު އުމުރުން 59 އަހަރު ފުރިފައިވާ ޝަމްސް، ފާއިތުވީ 17 އަހަރު ދުވަހު ދިރިއުޅުނީ ސޫދާނުގައެވެ. ސޫދާނުގައި ދިރިއުޅުން އާރާސްތުކުރަމުން ގޮސް، ޚާރްތޫމް މައި އެއަރޕޯޓްއާއި ސަރުކާރުގެ ވުޒާރާތަކާ ދާދި ކައިރީގައި ހޮޓަލަކާއި ރެސްޓޯރަންޓެއް ހުޅުވައި، ވިޔަފާރިވެސް ފުޅާކުރިއެވެ. ސޫދާނުގެ އަސްކަރިއްޔާއާއި ޕެރަމިލިޓްރީ ފައުޖުތަކާ ދެމެދު އޭޕްރިލް 15 ދުވަހު ހަމަލާ ބަދަލުކުރުންތައް ފެށުމާއެކު، ޝަމްސްގެ ހޮޓަލާއި ރެސްޓޯރަންޓަށްވެސް ހަމަލާތައް އަމާޒުވާން ފެށިއެވެ.

ސޫދާނުގައި ދިރިއުޅެމުންދިޔަ ލުބްނާނުގެ އެހެން ރައްޔިތުންނާއި، އޭނާގެ އަންހެނުންނާއި، 10 އަހަރުގެ ދަރިފުޅުގެ އިތުރުން، އޮޅުކޮށްގެން ގެންގުޅުނު ބުޅާވެސް ގޮވައިގެން ޝަމްސް އެނބުރި ބެއިރޫތަށް ދަތުރުކުރީ، ސައޫދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަމާ އެކުގައެވެ. އެކަމުގައި ލުބްނާނުގެ އެހީ ނުލިބޭކަން ޝަމްސް ފާހަގަކުރިއެވެ.

ލުބްނާނަކީވެސް ހަމަޖެހިފައި އޮތް ގައުމެއް ކަމަކަށް ދެންނެވޭކަށް ނެތެވެ. މިއަދު އެ ގައުމު ތަޖުރިބާކުރަމުން އެދަނީ 1975ން 1990ށް ކުރި ވަރުގަދަ ހަނގުރާމައަށްފަހު، އެ ގައުމުގެ ތާރީޚު ދުށް އެންމެ ނުތަނަވަސް އިގްތިސާދީ އަދި ސިޔާސީ ކާރިސާއެވެ.

އެތައް އަހަރެއް ވަންދެން ގައުމުން ބޭރުގައި އުޅުމަށްފަހު، އެފަދަ ހާލެއްގައި އޮތް ގައުމަކަށް އެނބުރި ދެވުމުން، އުފަން ވަޒަނަށް އާދެވުނުކަމުގެ ފުރިހަމަ އުފާ އިހުސާސް ނުކުރެވޭކަމަށް ޝަމްސް ބުނެއެވެ. އިތުރު ގޮތެއް އޮތްނަމަ ލުބްނާނަށް ބަދަލުނުވީސް ކަމަށްވެސް އޭނާ ބުންޏެވެ.

ޝަމްސް ސިފަކުރިގޮތުގައި، އުފަން ވަޒަނަށް އެނބުރި ދިއުމަކީ، އަރުވައިލެވިގެން އުޅުން ކަހަލަ އިހުސާސެއް ކުރުވާ ކަމެކެވެ.

ސޫދާންގައި ގަދަވަމުން ދާ ހަނގުރާމައާ ގުޅިގެން ލުބްނާނުގެ 60އްހާ މީހުން ވަނީ ސޫދާން ދޫކޮށް، ލުބްނާނަށް ބަދަލުވެފައެވެ. އޭގެތެރޭގައި ވިޔަފާރީގެ ބޭނުމަށް ސޫދާނަށް ގޮސް ތިބި މީހުންނާއި، ސޫދާނުގައި ވަޒަންވެރިވެގެން އުޅުނު މީހުންވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"މާބަނޑު" ފިރިހެން ކުއްޖަކު އުފަން ވެއްޖެ!

"މާބަނޑު" ފިރިހެން ކުއްޖަކު އުފަން ވެއްޖެ!

01 އޯގަސްޓު 2017
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

ދުވަސް ނުފުރާ އުފަން ވުމުން ދަރިފުޅު ޑަސްޓްބިނަށް ވައްޓާލައިފި

27 ޖޫން 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު