Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ހުރަވީ" ހަވާލުކުރުން

ދިފާއީ ބާރު ވަރުގަދަކުރުމަށް އިންޑިއާއިން ދޭ އެހީއަށް މިނިސްޓަރުގެ ޝުކުރު

"އިންޑިއާ ފަސްޓް" ޕޮލިސީއަކީ ރާއްޖެއާއި އިންޑިއާއިން ގެންގުޅެފައިވާ ބަދަހި ގުޅުމުގެ އެންމެ މުހިއްމު އެއް އަސާސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 08:13
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ރާއްޖޭގެ ޤައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އިންޑިއާއިން ދޭ އެހީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޝުކުރު ދަންނަވައިފިއެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑް ފްލީޓުގައި ހިމެނޭ އެންމެ ބޮޑު އަދި އަސްކަރީ ގޮތުން އެންމެ ގާބިލް އުޅަނދު ކަމަށްވާ ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރި ބޯޓު ކޮމިޝަން ކުރުމަށާއި، އިންޑިއާ ސަރުކާރުން ދޭ ލޭންޑިންގ ކްރާފްޓް ދިވެހި ސަރުކާރާއި ޙަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ގެންގުޅޭ "އިންޑިއާ ފަސްޓް" ޕޮލިސީއަކީ ޒަމާނުއްސުރެ ރާއްޖެއާއި އިންޑިއާއިން ގެންގުޅެފައިވާ ބަދަހި ގުޅުމުގެ އެންމެ މުހިއްމު އެއް އަސާސް ކަމަށެވެ.

މިނިސްޓަރު ވަނީ މި ސަރަޙައްދުގެ ކަނޑުގެ ރައްކާތެރިކަމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، ކޯސްޓްގާޑް އުފެދިގެން އައިއިރު ބޭނުންކުރަމުން އައީ ވަރަށް ކުދި އުޅަނދުފަހަރުކަން ފާހަގަ ކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ އުޅަނދުފަހަރުތަކުގައި ޒަމާނީ ހަތިޔާރެއް ނުހުންނަ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޕެޓްރޯލްކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތައް ކުރިމަތިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޯސްޓްގާޑުގެ ޝިޕް ހުރަވީއަކީ އެ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީއަކަށް ވެގެން ދިޔަ ކަމަށެވެ.

އިންޑިއާއިން ހުރަވީއަށްވުރެ ބޮޑު އަދި އޮޕަރޭޝަނަލް ކެޕޭސިޓީ ބޮޑު އާ އުޅަނދެއް ދީފައިވާއިރު، އުޅަނދު ވަނީ 2023 އޭޕްރީލް 15 ވަނަ ދުވަހު މާލެ އައިސްފައެވެ.

މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކުއިޕްމެންޓްތަކާއި އޮޕަރޭޓިންގ ޕްރޮސީޖަރސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމް ދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންގ ވިދާޅުވީ، މިއީ އިންޑިއާ ކަނޑުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިންޑިއާއިން ވެދިން އެހީތެރިކަމެއް ކަމަށެވެ.

ކުރިން ފޯރުކޮށްދިން ބޯޓު ސީޖީއެސް ހުރަވީގެ ބަދަލުގައި ބޯޓެއް ގައުމީ ދިފާއީ ބާރަށް ފޯރުކޮށްދިނުމަކީ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ނަތީޖާއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު