Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީނުގެ ޝަރީއަތްތައް

ފަނޑިޔާރަކު ވަކި މީހެއްގެ މައްސަލައެއް ބެލުމަކީ އެ ފަނޑިޔާރެއްގެ ކުރިމަގަށް ހުރަސް އެޅޭނެ ކަމަކަށް ވެގެން ނުވާނެ

ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ފަނޑިޔާރަކަށް ޖޭއެސްސީން އަންގާފައި ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 06:28
ފަނޑިޔާރު އަހުމަދު ޝަކީލް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން

ފަނޑިޔާރު އަހުމަދު ޝަކީލް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން | ރާއްޖެއެމްވީ

ގއ ވޮޑަމުލާގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު 5 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ.

އެ ޙުކުމް އިއްވެވިއިރު ރިޔާސަތުގައި އިންނެވީ ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންނެވެ. އެ ޙުކުމަށް ހައިކޯޓުން ތާއީދު ކުރި ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ ޙުކުމް ބާތިލުކޮށްފައެވެ.

އޭގެ އިތުރުން، ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގައި މިދިޔަ އަހަރު ޙުކުމް އިއްވެވީ އޭރުގެ އެ ކޯޓުގެ އިސްގާޒީ އަދި މިހާރު ހައިކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލެވެ. އެ ޙުކުމް މިހާރު ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ކޮމިޝަަނަށް ތަފާތު އެކި ތުހުމަތުތައް އަމާޒުވެފައިވާއިރު، އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަރވިއުއެއްގައި ހިސާން ވިދާޅުވީ ވަކި ގޮތަކަށް ހުކުމް ކުރުމަށް އެއްވެސް ފަނޑިޔާރަކަށް ޖޭއެސްސީން އަންގާފައި ނުވާނެ ކަމަށާއި އެފަދަ ތުހުމަތެއް ކުރާނަމަ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އޭގެ އިތުރުން، ފަނޑިޔާރުންނަކީ ވެސް މަގާމުގެ ކުރިއެރުން ލިބެންޖެހޭނެ ބޭފުޅުން ކަމަށް ގަބޫލުކުރައްވަން ޖެހޭކަން ފާހަގަ ކުރައްވައި ހިސާން އިތުރަށް ވިދާޅުވީ، ފަނޑިޔާރަކު ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވީތީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ ފަނޑިޔާރަކަށް މަގާމުގެ ކުރިއެރުން ދޭން ނުޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓާއި ހައިކޯޓަކީ ނިސްބަތުން މަދު ފަނޑިޔާރުން ތިއްބަވާ ދެ ކޯޓަށް ވެފައި އާންމުކޮށް ފަނޑިޔާރުން ހޯދަންޖެހޭ ދެ ކޯޓަށް ނުވާތީ އެ ތަންތަނުން ލިބޭ މަދު ފުރުސަތުތަކުގައި ޝަރުތު ހަމަވާ ފަނޑިޔާރުން ކުރިމަތިލައްވާނެކަން ފާހަގަ ކުރައްވައި ހިސާން އިތުރަށް ވިދާޅުވީ،  އެގޮތަށް ފަނޑިޔާރުން ކުރިމަތިލެއްވުމުން އެ ބޭފުޅަކު ވަކި ބޭފުޅެއްގެ މައްސަލަ ބެއްލެވީތީ އެ ފަނޑިޔާރަކު ކުރިއަށް ދިއުމަށް ފުރުސަތު ނުދެއްވުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ފަނޑިޔާރަކު ވަކި މީހެއްގެ މައްސަލައެއް ބެލުމަކީ އެ ފަނޑިޔާރެއްގެ ކުރިމަގަށް ހުރަސް އެޅޭނެ ކަމަކަށް ވުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫންކަމަށް ހިސަޏް ވިދާޅުވިއެވެ.

ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވީ ދިވެހިރާއްޖޭގެ ހައި ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ" އިން އިންޓަރވިއު ކުރުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ ދިނުމާއި ގުޅިގެންނެވެ.

ޝަކީލް ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.

އޭގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދުވެސް ވަނީ ޖިނާއީ ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީ ކަން ކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

ކުޅުދުއްފުށީ ކުޅިއާ ގުޅޭ އެހެން ވާހަކައެއް 80 އަހަރުގެ މީހެއްގެ ދުލުން........

29 އޮކްޓޯބަރު 2017
"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު