Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތް

ސްޓެލްކޯ އާއި އާބަންކޯ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ފެށުން ރަނގަޅުކޮށްފި

ސްޓެލްކޯ މޮޅުވީ އެމްއޭސީއެލްއާ ވާދަކޮސް، އާބަންކޯ މޮޅުވީ އެމްޕީއެލްއާ ވާދަކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 05:31
އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި ސްޓެލްކޯ އާއި އެމްއޭސީއެލް ކުޅުނު މެޗުގެ ތެރެއިން

އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި ސްޓެލްކޯ އާއި އެމްއޭސީއެލް ކުޅުނު މެޗުގެ ތެރެއިން

އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގައި ސްޓެލްކޯ އާއި އާބަންކޯ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ހޯމަ ދުވަހުގެ ހަވީރު ހުޅުމާލެ ވޮލީބޯޅަ ކޯޓުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ސްޓެލްކޯ އާއި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އެވެ. ވާދާވެރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ސްޓެލްކޯ އެވެ. މެޗުގެ ފުރަތަމަ ސެޓުގެ ކުޅުން ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ފަހު ވަގުތު ސްޓެލްކޯ އިން ވަނީ 33-31 އިން ސެޓު ކާމިޔާބުކޮށްފަ އެވެ. ދެ ވަނަ ސެޓު ސްޓެކްލޯ އިން ކާމިޔާބު ކުރީ 25-19 އިންނެވެ. ދެ ވަނަ ސެޓު ސްޓެލްކޯ އިން ރަނގަޅު ލީޑެއްގައި ހޯދި ނަމަވެސް، ތިން ވަނަ ސެޓުގެ ކުޅުން ވެސް ވާދަވެރި އެވެ. މި ސެޓު ސްޓެލްކޯ އިން ކާމިޔާބު ކުރީ 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯގެ ބިދޭސީ ކުޅުންތެރިޔާ ގަގަންދީޕް ސިންގް އެވެ.

ދެ ވަނަ މެޗެގައި ހޯމަ ދުވަހުގެ ރޭ އާބަންކޯ އިން ނކުތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެކޮޅަށެވެ. ފަސޭހަކަމާއެކު އާބަންކޯ އިން މެޗު ކާމިޔާބު ކުރީ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ކާމިޔާބު ކުރީ 25-20، 25-10، އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އާބަންކޯގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އެވެ.

މުބާރާތުގައި އަންގާރަ ދުވަހުގެ ހަވީރު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނިކުންނާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ދެކޮޅަށެވެ. އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ސްޓެލްކޯ އިން ނިކުންނާނީ މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް)އާ ދެކޮޅަށެވެ.

މުބާރާތް ކުރިއަށް ގެންދަނީ ރައުންޑްރޮބިން އުސޫލުންނެވެ. މުބާރާތުގައި ތިން ސެމީ ފައިނަލް މެޗު ކުޅޭނެ އެވެ. ފުރަތަމަ ސެމީ ގައި ބައްދަލު ކުރާނީ ޕޫލް އޭގެ އެއް ވަނަ އަދި ޕޫލް ބީގެ އެއް ވަނަ އެވެ. މި ސެމީން މޮޅުވާ ޓީމު ދާނީ ސީދާ ފައިނަލަށެވެ. ދެ ވަނަ ސެމީ ގައި ބައްދަލު ކުރާނީ ޕޫލް އޭގެ ދެ ވަނަ އަދި ޕޫލް ބީގެ ދެ ވަނަ އެވެ. މި ސެމީން މޮޅުވާ ޓީމު ޖެހޭނީ، ފުރަތަމަ ސެމީ އިން ބަލިވި ޓީމާއެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލްގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު