Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ

އާއިލާއާއެކު މެސީ ސައުދީ އަރަބިއްޔާގައި!

މެސީ އަކީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ޤައުމުން ކަނޑައަޅާފައިވާ ޚާއްސަ އެމްބެސަޑަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2023 | އަންގާރަ 02:45
އާއިލާއާއެކު މެސީ ސައުދީ އަރަބިއްޔާގައި

އާއިލާއާއެކު މެސީ ސައުދީ އަރަބިއްޔާގައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ އާއިލާއާއެކު ސައުދީ އަރަބިއްޔާ އަށް ގޮސްފި އެވެ.

މެސީގެ އަންހެނުން އެންޓޮނޭލާ ރޮކޫޒޯ އާއި އޭނާގެ ދަރިން ސައުދީ އަށް ގޮސްފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އެކަން ހާމަކުރައްވާފައި ވަނީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަޙުމަދު އަލް ޚަތީބު އެވެ. މިނިސްޓަރު ޚަތީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖާދުވީ ފަތުރުވެރިކަމުގެ މަންޒިލްތަކާއި އެކިއެކި ތަޖުރިބާތަކުގެ އުފާ ހޯދުމަށް މެސީ އާއި އޭނާގެ އާއިލާ ސައުދީ އަށް އައުމުން އެކަމަށް މަރުޙަބާ ކިޔަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ސައުދީ އަރަބިއްޔާއަށް ކުރާ ތަފާތު ދަތުރަކާއި، ސައުދީ އަރަބިޔާގެ މެހެމާންދާރީ ތަޖުރިބާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތަކަށް އެ ޤައުމުން މަރުހަބާ ކިޔާ ކަމަށެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ހޯދާފައިވާ މެސީ އަކީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ޤައުމުން ކަނޑައަޅާފައިވާ ޚާއްސަ އެމްބެސަޑަރެވެ. މިއީ މެސީ ސައުދީ އަށް ދަތުރު ކުރި ދެ ވަނަ ފަހަރު ކަމަށް ވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އިތުރަށް އޭނާ ވިދާޅުވީ، މެސީއާއެކު ސައުދީގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި، ފަތުރުވެރިކަން އެހެން ހަރުފަތަަކަށް ގެންދިޔުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ކަމަށެވެ.

މެސީ ސައުދީ އަށް ގޮސްފައިވާ އިރު، އެ ޤައުމުގެ ފުޓުބޯޅަ ކުލަބުތަކުން ވެސް އަންނަނީ މެސީ ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުންނެވެ. އެގޮތުން މެސީ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް، ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލުން ވަނީ ރަސްމީ ބިޑެއް ވެސް ހުށަހަޅާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ކުލަބުން މެސީ އަށް ހުށަހަޅާފައި ވަނީ މުސާރައިގެ ގޮތުގައި އަހަރަކު 400 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަދަދެއް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިވަގުތު ޔޫރަޕުގައި ކުޅުމަށް އިސްކަން ދޭތީ މެސީ އެ ހުށަހެޅުން ޤަބޫލު ނުކުރާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!

09 ޖޫން 2017
ލަންޑަނަށް ދިން ޓެރެރިސްޓް ހަމަލާގެ ހަމަހިމޭންކަމު ސުކޫތުގައި ސައުދީ ފުޓުބޯޅަ ޓީމު ބައިވެރިއެއްނުވި!
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު