Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ނަރުހުން ދާއިރާ ދޫކޮށްލަން ވިސްނުން

އެމެރިކާގެ ތިންބައިކުޅަ އެއްބައި ނަރުހުން ދާއިރާ ދޫކޮށްލުމާމެދު ވިސްނަމުންދޭ: ދިރާސާ

ދިރާސާގައި ބައިވެރިވި 30 އިންސައްތަ ނަރުހުން ގެންދަނީ ނަރުސްކަން ދޫކޮށްލުމަށް ވިސްނަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 މެއި 2023 | ހޯމަ 16:21
ނަރުހުން

ނަރުހުން

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އަރާމެއް ނެތި އެތައް ގަޑިއިރަކު މަސައްކަތްކުރަންޖެހުމާއި ވަރުބަލިކަން އިހުސާސްކުރަން ޖެހުމުގެ ސަބަބުން، އެމެރިކާގެ ތިންބައިކުޅަ އެއްބައި ނަރުހުން ނަރުސްކަން ދޫކޮށްލުމަށް ވިސްނަމުންދާކަން ދިރާސާއަކުން ހާމަވެއްޖެއެވެ.

18،000 ނަރުހުން ބައިވެރިކޮށްގެން އޭއެމްއެން ހެލްތު ކެއަރ ސަރވިސްއިން ޖެނުއަރީ މަހު ކުރިޔަށްގެންދިޔަ ދިރާސާ ވަނީ ހޯމަ ދުވަހު އާންމުކޮށްފައެވެ. މި ދިރާސާއިން ހާމަވާގޮތުގައި ދިރާސާގައި ބައިވެރިވި 30 އިންސައްތަ ނަރުހުން ގެންދަނީ ނަރުސްކަން ދޫކޮށްލުމަށް ވިސްނަމުންނެވެ. މިއީ 2021 ވަނަ އަހަރުގެ ދިރާސާއާ އަޅައިބަލާއިރު 7 އިންސައްތަ އިތުރުވުމެކެވެ.

ދިރާސާގައި ބައިވެރިވި ނަރުހުންގެ ތެރެއިން 36 އިންސައްތަ ނަރުހުން ބުނެފައިވަނީ ނަރުސްކަން ކުރުމުގައި ދެމިތިބޭނެކަމަށާއި، ނަމަވެސް މަސައްކަތްކުރާ ތަން ބަދަލުކުރާނެކަމަށެވެ.

ރޮއިޓަރސްއަށް ދިން އިންޓަރވިއުއެއްގައި އޭއެމްއެން ހެލްތު ކެއަރގެ ސީއީއޯ ކޭރީ ގްރޭސް ވިދާޅުވީ، މިދިރާސާއިން ކޮވިޑް-19ގެ ޕެންޑަމިކަށްފަހު ނަރުހުން ކުރިމަތިލަމުންދާ ނަފްސާނީ ކަންކަމާއި ނަރުހުންގެ ދުޅަހެޔޮކަމަށް ކުރިމަތިވާ ގޮންޖެހުންތައް ހާމަވެގެންދާކަމަށެވެ.

މިދިރާސާއިން ދެން ހާމަވެފައިވަނީ ބަދަލުތަކެއް ގެންނަން ބޭނުންވާކަމެވެ. އެގޮތުން 69 އިންސައްތަ ނަރުހުން މުސާރަ ބޮޑުވުމަށް ބޭނުންވާއިރު، 63 އިންސައްތަ ނަރުހުން މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ބޭނުންވެއެވެ.

މީގެއިތުރުން 2021 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔޭގައިވެސް ހޮސްޕިޓަލްތަކުގައި ސްޓާފުންގެ ދަތިކަން އަންނަނީ އިހުސާސްކުރަމުންނެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނަރުހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއިން ވަކިވެފައެވެ.

ސްޓާފުންގެ ދަތިކަން ކުރިމަތިވުމާއެކު ހޮސްޕިޓަލްތައް ހިންގުމުގެ ޚަރަދު ވަނީ ބޮޑުވެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު