Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ކުޑަކުއްޖަކާ ބެހުނު 18 އަހަރުނުވާ ކުއްޖާގެ މައްޗަށް އަދަބު ކަނޑައެޅީ ރަނގަޅަކަށް ނޫން

1 މެއި 2023 | ހޯމަ 07:18

ޚާއްޞަ ޤާނޫނަކާއި ޢާންމު ޤާނޫނެއް އެއްތަންވެ އޮންނަ ޙާލަތުގައި އިސްކަން ދޭން ޖެހޭނީ ޚާއްސަ ޤާނޫނަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މެއި 2023 | ހޯމަ 07:18
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި ދައުލަތުން ދައުވާ އުފުލި 18 އަހަރުނުވާ ކުއްޖާ ގެ މައްޗަށް ޖުވެނައިލް ކޯޓުން އަދަބު ކަނޑައެޅީ ރަނގަޅަކަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދައުލަތުން ދައުވާކޮށްފައިވަނީވެސް ކުޑަކުއްޖެއްގެ މައްޗަށެވެ. އެގޮތުން ދައުވާލިބޭ ފަރާތް އިތުރު މީހަކާއެކު، 15 އަހަރުގެ އަންހެން ކުއްޖެއްގެ ނުރުހުމުގައި އެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގާފައިވާތީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ކުރިއެވެ.

އެ މައްސަލައިގައި 1 ނޮވެމްބަރު 2021 ގައި ޖުވެނައިލް ކޯޓުން ޙުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 3 އަހަރާއި 2 މަހާއި 27 ދުވަހުގެ މުއްދަތަކަށް ކުޑަކުދިން ބަންދު ކުރާ ތަނެއްގައި ބަންދު ކުރުން ކަމަށެވެ.

އެހެންނަމަވެސް، ކޯޓުންކުރާ ޝަރުޠުތައް ފުރިހަމަ ކުރަންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން މި ޙުކުމް ތަންފީޒުކުރުން ފަސްކުރުމަށް ޙުކުމުގައި ވަނީ އަމުރުކޮށްފައެވެ.  އެގޮތުން އޭނާ ބަންދު ކުރުމަށް ކުރި އަމުރު 1 އަހަރު ދުވަހަށް ފަސްކޮށް އެ މުއްދަތުގެ ތެރޭގައި އޭނާ ފުރިހަމަ ކުރަންޖެހޭ ޝަރުޠުތަކެއް ކަނޑައަޅައި ޖުވެނައިލް ކޯޓުން ޝަރުޠުކުރުމުގެ އަމުރެއް ނެރުނެވެ.

އެ ޝަރުޠުތައް ފުރިހަމަކޮށްފިނަމަ އެ ޙުކުމް ތަން ފީޒުކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި އަދި އެ މުއްދަތުގެ ތެރޭގައި އެ ޝަރުޠުތައް ފުރިހަމަ ނުކޮށްފިނަމަ، ޙުކުމް ތަންފީޒު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި 'ޝަރުޠުކުރުމުގެ އަމުރު' ގެ ދަށުން މުޖުތަމަޢުގައި ހުރިހުރުމުގައި އޭނާ މުއައްސަސާތަކަށާއި ކޯޓަށް އެއްބާރުލުން ދީފައިވާތީ، ޙުކުމް  ތަންފީޒުކޮށް ނިމުނީކަމަށް 30 ޖަނަވަރީ ގައި ޖުވެނައިލް ކޯޓުން ކަނޑައެޅިއެވެ.

ވުމާއެކު، .އެ ޤަޟިއްޔާގައި ކުރި ޙުކުމާ މެދު ހިތްހަމަ ނުޖެހިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ދައުލަތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޚާއްޞަ ޤާނޫނެއް އޮތްވައި ޖުވެނައިލް ކޯޓުން ޢާއްމު ޤާނޫނަށް ޢަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކުރުމަށްފަހު ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ރިޢާޔަތްކޮށްފައިވާ ކަމަށާއި، އެފަދައިން އަދަބު ކަނޑައެޅުމުގެ ނަތީޖާއަކީ ޚާއްޞަ ޤާނޫނާއި ޢާއްމު ޤާނޫނު މަސްހުނިވެގެން ދިޔުންކަމަށް ދައުލަތުން ބުނެއެވެ.

އަދި ޚާއްޞަ ޤާނޫނެއްގައިވާ ކަންކަމާއި ޢާއްމު ޤާނޫނެއްގައިވާ ކަންކަމާއި މަސްހުނި ނުކުރުމަކީ ޚާއްޞަ ޤާނޫނެއް އޮތުމުގެ އެންމެ މުހިއްމު މަޤުޞަދު ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކާ ޙަވާލާދީ ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުމަށް އެދިފައެވެ. އެގޮތުން އަންނާނެ އަދަބަކީ ކުޑަކުދިން ބަންދުކުރުމަށް އެކަށޭ ނެތަނެއްގައި، 5 އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ބަންދުކުރުމެވެ.

އިސްތިއުނާފުގެ ރައްދުގައި އޭނާގެ ވަކީލު ވިދާޅުވީ، އޭނާގެ މައްޗަށް ކަނޑައެޅި ޙުކުމް 30 ޖަނަވަރީ ގައި ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ.

އަދި ދައުލަތުން އެދުނު ފަދައިން މި ޤަޟިއްޔާގައި ޢަމަލުކޮށްފި ނަމަ އިސްތިއުނާފު ރައްދުވި ފަރާތަށް އެއް މައްސަލައެއްގައި ދެ އަދަބެއް ދެވުނީ ކަމަށާއި، އެއީ ޤާނޫނުއަސާސީގެ 62 ވަނަ މާއްދާގެ މަޤުޞަދާއި ޚިލާފުކަމެއް ކަމަށް އެ ފަރާތުން ބުނެއެވެ.

މި މައްސަލައިގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ޙަސަން ޝަފީއު އަދި ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ތާއީދު ކުރައްވާފައެވެ.

ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވެފައިވަނީ ޚާއްޞަ ޤާނޫނަކާއި ޢާންމު ޤާނޫނެއް އެއްތަންވެ އޮންނަ ޙާލަތުގައި، ކުޑަކުދިން ގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކުރާ އުޞޫލުތައް ތަޠުބީޤުކުރުމުގެ ސަބަބުން، މުއްތަހަމަށް ލުއި އިޖުރާއަތެއް ނުވަތަ އަދަބެއް އައިނަމަވެސް، އަދި ޚާއްޞަ ޤާނޫނުގައި ވަނީ އުނދަގޫ އިޖުރާއަތެއް ނުވަތަ ބުރަ އަދަބެއް ކަމަށްވިޔަސް، އެ ޙާލަތުގައިވެސް ޢަމަލުކުރަންޖެހޭނީ ޚާއްޞަ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތަކާއި އުޞޫލުތަކުގެ ދަށުން ކަމަށެވެ.

ވުމާއެކު، އޭނާގެ މައްޗަށް އަދަބު ކަނޑައަޅާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުން އަމަލު ކުރުމުގެ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ޙުކުމުގެ އެ ބައި ބާތިލުކަމަށް ވަނީ ނިންމަވާފައެވެ.

އަދި ހައިކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ އަލީގައި އޭނާގެ ގެ މައްޗަށް އަދަބު ކަނޑައަޅައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން އަދަބު ތަންފީޒު ކުރުމާ ބެހޭ ކަންކަން ކަނޑައެޅުމަށް  މިމައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވަންޖެހޭ ކަމަށް ވަނީ ޙުކުމް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް