Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ޚިދުމަތް

ފުލުހުންގެ ފަރާތުން ލިބޭ ޚިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނަން: ސީޕީ

ތަފާތު ގޮންޖެހުންތަކާއެކު ވެސް އެންމެނަށް ރައްކާތެރި ގައުމަކަށް ހެދުމަށް ދަނީ މަސައްކަތްކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 މެއި 2023 | ހޯމަ 04:09
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

އާޓިފިޝަލް އިންޓަލިޖެންސް އަދި މެޝިން ލަރނިންގެ އަލީގައި ޚާއްސަ ޕްރޮގްރާމެއް ގާއިމްކޮށް، އިންގިލާބީ ބޮޑު ބަދަލެއް ފުލުހުންގެ ޚިދުމަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިހެން ވިދާޅުވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމިޝަނަރު ހަމީދު ވިދާޅުވީ ހަލުވިކަމާއެކު ގައުމަށް އަންނަމުންދާ އިޖުތިމާއީ، ސިޔާސީ، އިގްތިސާދީ، ޓެކްނޮލޮޖީ އަދި މޫސުމީ ބަދަލުތަކާ ގުޅުވައިގެން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން މިއަދު ވާންޖެހިފައިމިވަނީ އެބަދަލުތަކަށް ހޭލުންތެރި، ގާބިލްބަޔަކަށް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަކީ މި މަސައްކަތުގައި އަބަދުމެ ދެމިއޮންނަ، އެއިރަކަށް ބޭނުންވާ ކުރިއެރުންތައް ލިބި، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއަކަށް ވުމަށް ކުރަންޖެހޭ ގިނަ ކަންތައްތައް އަދިވެސް އެބަހުރިކަމަށާއި، އެމަގުން ފުލުހުން ކުރަމުން އައި މަސައްކަތުގެ ރަނގަޅު ނަތީޖާ ވެސް މިއަދު ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން މުޅި ރައްޔިތުންގެ ދިފާއުގައި އަބަދުވެސް ދިވެހި ފުލުހުން ވާނެކަން ފާހަގަކުރައްވައި ފުލުހުންގެ ކޮމިޝަަނަރު ވިދާޅުވީ ތަފާތު ގޮންޖެހުންތަކާއެކު ވެސް އެންމެނަށް ރައްކާތެރި ގައުމަކަށް މި ގައުމު ހެދުމަށް ފުލުހުން ރެއާއި ދުވާލު އެތައް މަސައްކަތެއް ކުރަމުންދާ ކަމަށެވެ. ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އާންމު ދިރިއުޅުމާއި އެންމެ ބޮޑަށް ގުޅިފައިވާ އެއް ޚިދުމަތްކަމާއި، މަގުހިނގާ ބޭނުންކުރާ މީހުންނާއި އެމީހުންގެ މުދަލަށް ސަލާމަތްތެރިކަން ފޯރުކޮށްދިނުމާއި، އެމީހުންނަށް އެހީތެރިވެދީ ފަސޭހަކޮށްދިނުމާއި، ކުށްކުރުން ހުއްޓުވުމާއި މަގުމަތީގެ އަމާންކަން ބަލަހައްޓައިދިނުމާއި، މިއިން ކޮންމެ ކަމަކީ ފުލުހުންގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަމަށް ވިދާޅުވިއެވެ. އެއީ ވަކި އެއްކަމަކަށް އެކަނި އިސްކަންދީގެ ފުރިހަމަ ކުރެވޭނެ ކަންކަމެއް ނޫންކަމާއި، އެކަންކަން ރަނގަޅު ގޮތުގައި ކުރުމަށް، ފުލުހުންގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަދަލު ގެނެސް މަސައްކަތްތައް އިސްލާހްކޮށް ތަރައްގީކުރުމަށް އިތުރަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވިއެވެ.

ތަހުގީގުކުރުމުގެ މަސައްކަތުގައި މިހާރު ހަރަކާތްތެރި ވަމުންދާ ފުލުހުންގެ ތެރެއިން ގިނަ ފުލުހުންނަކީ ގާނޫނުގައި ބުނާ ފެންވަރުގެ ނުވަތަ އެއަށްވުރެން މަތީ ފެންވަރެއްގެ ތަމްރީން ލިބިފައިވާ ފުލުހުންކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ، ޒަމާނަށް އަންނަ ބަދަލުތަކަށް ބިނާކޮށް، އަދި މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އުންމީދުތަށް އެއްގޮތަށް ޚިދުމަތް ތަރަށްގީކޮށް، މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުން ގާއިމްވެގެން ދިއުމަކީ ފުލުހުންގެ މަސައްކަތް ޒަމާނީ ގޮތަށް ތަރުތީބުކުރުމަށް ލިބިގެންދިޔަ ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފުލުހުންގެ އައު ގާނޫނެއް ވުޖޫދުވެގެން އައުމަކީ، ފުލުހުންގެ މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުން ކަމަށާއި، ފުލުހުންގެ އައު ގާނޫނުގެ ސަބަބުން ފުރިހަމަޔަށް ޖަވާބުދާރީވާ، ޒިންމާދާރު މުއައްސަސާއަކަށް ވުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއި އުކުޅުތައް ފުލުހުންގެ މަސައްކަތުގައި ބޭނުންކުރުމަށް ހައިސިއްޔަތު ލިބިދިނުމުގެ އިތުރުން، ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ބައިވެރިވުމާއެކު ޚިދުމަތް ދިނުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ގާބިލިއްޔަތިކަމާއެކު، ޒަމާނީ ކުށްކުރުމުގެ ވައްޓަފާޅިއާ ބައްދަލުވާ ރައްދެއް ދެވޭނެ މިންވަރަށް ފުލުހުންގެ ތަހުގީގީ ގާބިލުކަން އިތުރުކުރުމަަށް ފުލުހުންގެ ޚިދުމަތުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުން ހިމެނޭ ގޮތުން ޖިނާއީ އަދުލުގެ ނިޒާމާއި، މި މައްސަލަތަކާއި ގުޅުންހުރި ދައުލަތުގައި ހިމެނޭ ހުރިހާ އިދާރާތަކުން އެއް މިސްރާބަކަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުންގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ތެރެއިން މުސްތަގުބަލަށް އަމާޒުކޮށްގެން ގިނަ އިންވެސްޓްމަންޓްތަކެއްކޮށް އައު ޑިޖިޓަލް ޚިދުމަތްތައް ތައާރަފް ކުރަމުންދާކަން ފާހަގަކުރައްވައި ފުލުހުންގެ ކޮމިޝަަނަރު ވިދާޅުވީ މިދިޔަ އަހަރު ތައާރަފުކުރި މޮބައިލް އެޕްލިކޭޝަން އެއީ އޭގެ އެއްމިސާލު ކަމަށެވެ. ފުލުހުން މިހާރު ތައްޔާރުވަމުން ދަނީ އާޓިފިޝަލް އިންޓަލިޖެންސް އަދި މެޝިން ލަރނިންގެ އަލީގައި ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ބަދަލުކޮށްލާނެ ޚާއްސަ ޕްރޮގްރާމެއް ގާއިމްކޮށް ކައިރި މުސްތަގުބަލެއްގައި މި އީޖާދީ ޓެކްނޮލޮޖީގެ ވަސީލަތްތަށް ތައާރަފުކުރުމަށް ކަމަށާއި، ފުލުހުންގެ ފަރާތުން ލިބޭ ޚިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ދެ ކަނބަލުންނާއި ދައުލަތުގެ އެކި ވުޒާރާތަކުގެ ވަޒީރުންނާއި ބޭރުގެ ސަފީރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު