Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ޚިދުމަތް

2013އިން 2018ގެ ނޮވެމްބަރަށް ފުލުހުން ކުރިމަތިލީ ވަރުގަދަ ތޫފާނަކާ - އިމްރާން

29 އެޕްރީލު 2023 | ހޮނިހިރު 18:59

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ 29 މާރިޗު 1933ގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 އެޕްރީލު 2023 | ހޮނިހިރު 18:59
 ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

2013އިން 2018ގެ ނޮވެމްބަރަށް ފުލުހުން ކުރިމަތިލީ ވަރުގަދަ ތޫފާނަކާއި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެފަދައިން ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އިމްރާން ވަނީ ގޮންޖެހުންތަކާއި އެކު ވެސް ފުލުހުން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ ޚިދުމަތަކީ ވަރަށް ކަރާމާތްތެރި ޚިދުމަތެއް ކަމަށާއި އެއީ ޒިންމާދާރު ޚިދުމަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 90 އަހަރުވީ އިރު ފުލުހުން ވަނީ އެތައް ރައްޔިތުންނެއްގެ ފުރާނަ ސަލާމަތްކޮށްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތެއްގެ ގޮތުގައި ދޭން ފެށި ހިސާބުން ފުލުހުންނާއި މެދު ވަރަށް ގިނަ އުންމީދުތަކެއް އާއްމުން ވެސް ކުރަން ފެށި ކަމަށް އިމްރާން ވިދާޅުވިއެވެ. މިއަދު ފުލުހުންނަށް އަމާޒުވާ ފާޑުކިޔުންތަކާއި ފުލުހުންނަށް މެދުވެރިވާ ގޮންޖެހުންތައް އެނގުން މުހިންމު ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

މަދަނީ ޚިދުމަތަކާއި ކުރިމަތިލުމަށް ފަހު ފުލުހުން ހޭދަކުރީ އުނދަނގޫ ދުވަސްތަކެއް ކަމަށް އިމްރާން ވިދާޅުވިއެވެ. 2004 ން 2008 އާދެމެދު ފުލުހުން ހޭދަކުރީ ދަތި ދުވަސްތަކެއް ކަމަށް އިމްރާން ވަނީ ވިދާޅުވިއެވެ. އޭރު ފުލުހުން މަސައްކަތް ކުރީ އާދަޔާއި ޚިލާފު ޖައްވެއްގެ ތެރޭގައި ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. 2008 އިން 2012އިގެ ނޮވެމްބަރާއި ހަމައަށް ފުލުހުން އުފުލީ އާ ދަތިތަކެއް ކަމަށާއި އެ ހިސާބުން 2013އިގެ ނޮވެމްބަރާއި ހަމައަށް ހޭދަކުރީ ކަށިބޯ ޖަންގައްޔެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން 2013އިން 2018ގެ ނޮވެމްބަރަށް ފުލުހުން ކުރިމަތިލީ ވަރުގަދަ ތޫފާނަކާއި ކަމަށް އިމްރާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ 29 މާރިޗު 1933ގައެވެ. އަދި އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކޮށް، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 1 ސެޕްޓެމްބަރު 2004 ގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް