Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ދެއްވާ މެޑަލް އާއި ރިބަން

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް 5 ބޭފުޅަކަށް، ރިބަން 7 ބޭފުޅަކަށް ދެއްވައިފި

ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން"ވެސް ރައީސް ވަނީ އިފްތިތާޙްކޮށްދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 29 އެޕްރީލު 2023 | ހޮނިހިރު 18:12
ރައީސް ދެއްވާ މެޑަލް އާއި ރިބަން

ރައީސް ދެއްވާ މެޑަލް އާއި ރިބަން

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް 5ބޭފުޅަކަށް، ރިބަން 7 ބޭފުޅަކަށް ދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ލިބިވަޑައިގެންނެވި، ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Advertisement - newsAdvertisement

ރައީސް ދެއްވާ މެޑަލް ހާސިލް ކުރައްވާފައި ވަނީ އޭސީޕީ އަލީ ޝުޖާއު އާއި، ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް ހުސެއިން ރަޝީދާއި، ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް މުހައްމަދު ދާވޫދާއި، ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް މޫސާ އަލީގެ އިތުރުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މުހައްމަދެވެ.

ރައީސް ދެއްވާ ރިބަން ލިބިވަޑައިގަންނަވާފައި ވަނީ އޭސީޕީ މުހައްމަދު ރިޔާޒް އަށާއި ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް އަހުމަދު އާތިފާއި، ޗީފް ސުޕްރިންޓެންޑެޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް އާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޒާހިރާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމްގެ އިތުރުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޝަރީފް އަށެވެ.

މީގެ އިތުރުން، ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ "ކޮމެމޮރޭޓިވް ކޮއިން"ވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާރުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވަނީ ފުލުހުންގެ ޚިދުމަތަށް ރީތި ނަން ހޯއްދަވައިދެއްވި 7 ބޭފުޅަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު މޫސާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން މަސްރޫރު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ޒިޔާއު، ސީނިއަރ ސަރޖަންޓް ޝުޒައިލް މުހައްމަދާއި، ސަރޖަންޓް އަބްދުﷲ ޝަހުނީޒް، ސަރޖަންޓް އަހުމަދު އާލަމް އަދި އިންޓެލެޖެންސް އެނަލިސްޓް ގްރޭޑް 3 ހަލީމަތު ރަޝީދާއެވެ.

މީގެ އިތުރުން 45 އަހަރު ޚިދުމަތް ކުރައްވާފައިވާ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް ހުސެއިން ޝާކިރު އާއި 40 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަބްދުލް ޝަކޫރް އަބްދުﷲ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރިޓަޔަރޑް އިބްރާހިމް ޚަލީލް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ސަމަދު އިސްމާއިލެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށްފައި ވަނީ 29 މާރިޗު 1933ގައެވެ. އަދި އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ 1 ސެޕްޓެމްބަރު 2004 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

"ތަރިކަ" މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވައިފި

07 މާރިޗު 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު