Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެކުނުގެ މަސްވެރިން

އިޓްލޮސްގެ ނިންމުމާއެކު ދެކުނުގެ މަސްވެރިންނަށް ވާނީ ފައިދާ - ރައީސް

މިހާތަނަށް ދެކުނުގައި ރާއްޖެއަށް އޮތީ، ގާނޫނު އަސާސީގައި ބުނާ 12 މޭލުގެ ސަރަހައްދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އެޕްރީލު 2023 | ހޮނިހިރު 09:04
އިން ވަކިކުރުމުގެ މައްސަލާގައި ހޯދި ކާމިޔާބީއާ ގުޅޭގޮތުން ރައީސް ވާހަކަފުޅުދައްކަވަނީ

އިން ވަކިކުރުމުގެ މައްސަލާގައި ހޯދި ކާމިޔާބީއާ ގުޅޭގޮތުން ރައީސް ވާހަކަފުޅުދައްކަވަނީ

އިޓްލޮސްގެ ނިންމުމާއެކު ދެކުނުގެ މަސްވެރިންނަށް ވާނީ ފައިދާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ، ރާއްޖެއަށް ބޮޑު ބައި ލިބޭގޮތަށް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން)އިން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މި ނިންމުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު މިއަދު ކަނޑައެޅިގެން ދިޔަ ދިއުމާ ގުޅިގެން ރާއްޖެއަށް ގެއްލުންވާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވާކަމަށެވެ. ރައީސް ވިދާޅުވީ ފުރަތަމަ ކަމަކަށް؛ މިހާތަނަށް އައިއިރު ރާއްޖޭގެ ދެކުނުގެ އީއީޒެޑް ކަނޑައެޅިފައި ނެތްކަމަށެވެ. މިހާތަނަށް ދެކުނުގައި ރާއްޖެއަށް އޮތީ ގާނޫނު އަސާސީގައި ބުނާ 12 މޭލުގެ ސަރަހައްދު ކަމަށެވެ.

ރައީސް ވިދާޅުވީ ދެކުނުގެ ސަރަހައްދުގައި ގަވާއިދާ ހިލާފު ކަމެއް ކުރިޔަނުދިނުމަށްޓަކައި ކޯސްޓްގާޑުން ބަލަހައްޓަމުން ގެންދާނެކަމަށެވެ. ރާއްޖޭގެ މަސްވެރިންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެކަމަށާއި، މި ނިންމުން ނިމިގެންދިޔައިރު އެ ސަރަހައްދަކީ ޕްރޮޓެކްޓެޑް އޭރިއާއެއްގެ ގޮތުގައި ބަހައްޓާނެކަމަށް މޮރިޝަސްއިން ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމަށްވާނަމަ ރާއްޖޭގެ މަސްވެރިންނަށް ލިބިގެންދާނީ ފައިދާ ކަމަށާއި، އެއާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީންވެސް ދެން ކުރަންޖެހޭ ކަންކަން، ބައިނަލްއަގުވާމީ ފަރާތްތަކާއި އަދި މޮރިޝަސްއާ އެކީގައި ކޮށް، އެއީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގެގޮތުގައި ކުރަންޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ކާމިޔާބީއެއް ކަމަށެވެ. ރާއްޖޭގެ ސަރަހައްދުން އެއްވެސް ތަނެއް އުނިވެގެން ނުދާކަމަށާއި، އިން ކަނޑައެޅިގެން މިދިޔައީ އަދިކިރިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
01 މާރިޗު 2017

ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!

01 މާރިޗު 2017
ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު