Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ މަސައްކަތް

އޮގަސްޓް މަހުގެ ތެރޭގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ބޭނުންކުރަން ފެށޭނެ : އެމްޑީ ސިރާޖް

29 އެޕްރީލު 2023 | ހޮނިހިރު 06:49

ބައެއް މަސައްކަތްތައް ތަންފީޒު ކުރެވިގެންދިޔައީ ތާވަލް ކުރެވުނު ތަރީހުތަކަށް ވުރެ ލަސްކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2023 | ހޮނިހިރު 06:49
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ބޭނުންކުރަން ފެށި، ކުނި މެނޭޖް ކުރުމުގައި އައު ހަރުފަތަކަށް ދެވޭނެ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އެމްޑީ ސިރާޖް ވިދާޅުވީ މާލެސިޓީގެ ކުނި މެނޭޖް ކުރުމަށް ކުރަމުން އައި މަސައްކަތްތައް ތަންފީޒު ކުރެވިގެންދިޔައީ ތާވަލް ކުރެވުނު ތަރީހުތަކަށް ވުރެ ލަސްކޮށް ކަމަށެވެ. 2022 ވަނަ އަހަރު ނިމިގެން ދިޔައިރު އެ ތަސައްވުރަށް ވާސިލްވުމަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށް ސިރާޖް ވިދާޅުވިއެވެ. އެގޮތުން 01 އޭޕްރީލް 2023ން ފެށިގެން ވެމްކޯގެ ބިލު، ސްޓެލްކޯގެ ކަރަންޓު ބިލުގެ ތެރޭގައި ހިމަނައި ކުރެވުނު މަސައްކަތް ސިރާޖު ފާހަގަކުރެވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ސިރާޖް ވިދާޅުވީ ކުނި ރައްކާތެރި ގޮތުގައި ނައްތާލައި، މާލެސިޓީ ސާފުތަނަކަށް ހެދުމަކީ ވެމްކޯގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. މާލޭގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަށް އިޝާރާތް ކުރައްވައި ސިރާޖް ވިދާޅުވީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އާ ޓްރާންސްފަރ ސްޓޭޝަންގައި މަސައްކަތް ކުރަން ފެށޭނެ ކަަމަށެވެ.

މާލޭގައި ގާއިމްކުރެވޭ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖްކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގުސަދުގައި އިމާރާތްކުރެވޭ ސްޓޭޝަނެކެވެ. މިގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ޒޯން 3 ގެ ސަރަހައްދަށް އަމާޒުކުރެވިގެން ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން، އަލަށް އިމާރާތްކުރެވިފައިވާ މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ މިދެންނެވެނު ކުނީގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނައުމަށްޓަކައި އިމާރާތްކުރެވިފައިވާ ޖުމްލަ 184 މިލިއަން ދިވެހި ރުފިޔާ ގެ (11.97 މިލިއަން އެމެރިކާ ޑޮލަރު) އަގުހުރި ޒަމާނީ ކުނި މެނޭޖްކުރާ މަރުކަޒެކެވެ.

މާލޭގެ އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުންނާނީ މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގެ ހުޅަނގު ފަރާތުގައި ވެމްކޯގެ އޮޕަރޭޝަން މިވަގުތު ކުރިޔަށްދާ ސައިޓުގައެވެ. މި ޓްރާންސްފާރ ސްޓޭޝަނަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ބޮޑެތި ޑަމްޕް ޓްރަކްތަކާއި އެކު، ތަފާތު އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލް ތަކަށް ދަތިކަމެއް ނެތި ޚިދުމަތްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ، 65،000 އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.

ކުރިޔާ ޚިލާފަށް، މި އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ފަރުމާކުރެވިފައި ވަނީ ކޮންޓޭނަރައިޒް ކޮށްގެން ތިލަފުއްޓަށް ކޮންޓޭނަރުގައި ކުނި އުފުލާ ގޮތަށެވެ. މީގެ ސަބަބުން ބަރު އަދި ބޮޑެތި ކުނި (ސީއެންޑީ) ފިޔަވައި އެހެނިހެން ކުނި އުކާލުމަށް، ކުނި އުފުލާ ބާޖަށް ވެހިކަލް އެރުން ހުއްޓުމަކަށް ގެނެވޭނެއެވެ. މީގެ ބަދަލުގައި، ކުނި އުފުލާ ވެހިކަލްގައި ހުރި ކުނި ކިރުމަށް ހާއްސަ 'ވެއި ބްރިޖަކުން' ކިރާލުމަށްފަހު ފަހު، ޓްރާންސްފަރ ސްޓޭޝަންގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިންގ ޕްލެޓްފޯމް މެދެވެރިކޮށް ކޮންޓޭނަރަށް ކުނި އުކާލެވޭނެއެވެ. އަދި ހުރިހާ ވެހިކަލަކުން ވެސް ޓިޕިން ޕްލެޓްފޯމުން ކުނި އުކާލާނީ ސްޓޭންޑަޑް ކޮންޓެއިނަރުތަކަށެވެ. އެގޮތުން ވަކިކުރެވިފައިވާ (ސެގްރިގޭޓް) ކުނި އުކާލުމަށް 5 ޓިޕިން ބޭ ވަނީ ގާއިމްކުރެވިފައެވެ.

މީގެ އިތުރުން މޮބައިލް ކޮމްޕެކްޓިން ޔުނިޓް (ރޯލް ޕެކަރ) މެދުވެރިކޮށް ދުވަހު ކުނީގެ ގޮތުގައި ސައިޓަށް ގެނެވޭ ކުނި، ތިލަފުއްޓަށް ގެންދިޔުމުގެ ކުރިން ކޮންޓެއިނަރުގައި އިތުރަށް ކޮމްޕެކްޓް ކުރެވިގެންދާނެއެވެ. އަދި މިއިމާރާތަށް ވެހިކަލްތައް ވަދެ ނިކުތުމަށް ދެ ލޭންގެ ކޮންކްރީޓް ކެރިޖްވޭއެއްވާނީ ގާއިމްކުރެވިފައެވެ. 

ކުނި މެނޭޖްކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތަށް ޚާއްސަ ލެބެއްގެ އިތުރުން، ވެމްކޯގެ މަސައްކަތަށް ޚާއްސަ ކުރެވިގެން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި އަލަށް ގާއިމްކުރެވިފައިވާ 6 ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގއަށް މި އިދާރާތަށް ބަދަލުކުރެވިގެންދާނެއެވެ. އަދި އެކޯޕަރޭޝަންގެ ވެހިކްލަތައް ޕާކްކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކްގައި ވަނީ ޕާކިންގއަށް ޖާގަ ޚާއްސަ ކުރެވިފައެވެ.

މި އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޚާއްސަ ޖާގައަކާއި، ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚާއްސަ ފްރަންޓް އޮފީހެއް ޤާއިމްކުރުމަށް ޖާގަ ވަނީ ހަމަޖެހިފައެވެ.

މާލޭގެ އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނާއި އެޑްމިން ބިލްޑިންގ އަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުތަކަށް ފެތޭ ގޮތަށް، ކާރިސީ އަދި މޫސުމީ ހިރާސްތަކުން ރައްކާތެރިވާނެ ގޮތަށް ބެލުމަށްފަހު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، ކުނި އުކާލުމާއި އުފުލުމުގެ ހުރިހާ މަސައްކަތެއް މިސްޓޭޝަންގައި ކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާއި ރައްޓެހި ބައިނަލްއަގުވާމީ މިންގަނޑުތަކާއި އެއްގޮތަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ

03 މާރިޗު 2017
އައިޖީއެމްއެޗްއިން ސިޒޭރިއަނެއް ހެދުމުގެ ތެރޭގައި ކުއްޖާގެ ފައި ބިނދިއްޖެ
20 ފެބުރުއަރީ 2017

ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ

20 ފެބުރުއަރީ 2017
ރައްޔިތުންގެ ތެރޭގައި ޝައްކު އުފެދިދާނެ ފަދަ ހަދިޔާއެއްގައި ރާއްޖެޓީވީގެ މުވައްޒަފުން ނުހިފާނެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް