Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ރައީސަށް ބައިވެރިވެވަޑައިނުގެންނެވޭތީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ފަސްކޮށްފި

ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އެޕްރީލު 2023 | ހޮނިހިރު 02:51
ރައީސް ސާލިހު - ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން

ރައީސް ސާލިހު - ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން

ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ބައިވެރިވެވަޑައިނުގެންނެވޭތީ, ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ފަސްކޮށްފިއެވެ.

ކުރިން ތާވަލްކޮށްފައި އޮތީ މުބާރާތުގެ ފައިނަލް މެޗު އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުމަށެވެ. ނަމަވެސް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުކުރު ދުވަހު ބުނީ، މުބާރާތުގެ ފައިނަލް މެޗު މެއި މަހުގެ 2 ވާ އަންގާރަ ދުވަހުގެ ރެޔަށް ފަސްކޮށްފައިވާ ކަމަށެވެ. މެޗު ފަސްކުރި ސަބަބު ހޯދުމަށް ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، މެޗު ފަސްކުރީ، ރައީސުލްޖުމްހޫރިއްޔާއަށް ބައިވެރިވެވަޑައިގެންނެވެނީ އެ ތާރީޚުގައި ކަމަށްވާތީ ކަމަށެވެ.

ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ މިއަހަރުގެ ފައިނަލްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް އީގަލްސެވެ. މުބާރާތުގެ ފައިނަލަށް އީގަލްސް ދަތުރުކުރީ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ. މާޒިޔާއިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ބަލިކޮށްގެންނެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މާޒިޔާ ވަނީ އެއް މެޗުން ބަލިވެފައެވެ. އީގަލްސް ވަނީ އެ ޓީމު ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ.

މިއީ މާޒިޔާއިން މުބާރާތުގެ ފައިނަލްގައި ކުޅޭނެ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އެ ކުލަބުން ވަނީ 2015، 2017 އަދި 2022ގެ ފައިނަލްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން މާޒިޔާއިން ޗެމްޕިއަންކަން ހޯދީ 2015 ވަނަ އަހަރުއެވެ. އަނެއްކޮޅުން މިއީ ކުލަބް އީގަލްސް މުބާރާތުގެ ފައިނަލްގައި ކުޅޭނެ ތިންވަނަ ފަހަރެވެ. އެ ޓީމުން މީގެ ކުރިން ވަނީ 2014 އަދި 2016ގެ ފައިނަލްގައި ވާދަކޮށްފައެވެ. އޭގެތެރެއިން 2016 ވަނަ އަހަރު އީގަލްސްއިން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

މާޒިޔާއާއި އީގަލްސް ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ 21:00ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު