Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަކުނުދޫ އެއަރޕޯޓް

ސަރުކާރު ބަދަލުވި ގޮތަށް މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓިފައި

25 އޯގަސްޓު 2025 | ހޯމަ 18:37

އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2025 | ހޯމަ 18:37
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް

ސަރުކާރު ބަދަލުވިފަހުން ހދ. މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ހުއްޓުނު ގޮތަށް އެތަނުގެ މަސައްކަތް ނުފަށާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ހާލު ކިހިނެއް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައުޒަމް ވިދާޅުވީ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކާފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި ބިން ހިއްކުމަށްފަހު ޖިއޯބޭގް ޖެހުމުގެ މަސައްކަތް ވެސް ފެށި ކަމަށާއި، ނަމަވެސް މަސައްކަތް މިހާރު އެއްކޮށް ހުއްޓިފައިވާތާ 6 މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އައުޒަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައި އެއަރޕޯޓުގެ މަސަައްކަތް ފަށައި، އެ މަސައްކަތުގެ ވަރަށް ބޮޑު އިންސައްތައެއް ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭރު ހަވާލު ކުރި ބިން ހިއްކުމާއި، ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، ވެރިކަން ބަދަލުވި އިރުވެސް 50 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށެވެ.

ބިންހިއްކާ ޖިއޯބޭގް އިންނާނެ 200 ވަރަކަށް މީޓަރުގައި ޖިއޯ ބޭގް ޖަހަން. ދެން އިންނާނީ ހިލަ ރިވެޓްމަންޓް. ރައީސް މުއިއްޒު ވިދާޅުވަނީ އެއަރޕޯޓުގެ ރަންވޭ ބަދަލުކޮށް 1800 މީޓަރަށް ބަދަލުކޮށްދެއްވާނެ ކަމަށް. އޭގެ އެއްވެސް މަސައްކަތެއް ހަވާލެއް ނުކުރޭ.
މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް

ކޮންޓްރެކްޓަރާއި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިހާރު ވާހަކަ ދެކެވެމުންދާ ކަމަށާއި، ކޮންޓްރެކްޓަށް ގެންނަންޖެހޭ ބަދަލު ގެނައުމަށްފަހު 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އައުޒަމް ވިދާޅުވިއެވެ. ނަމަވެސް ރަސްމީ ސިފައެއްގައި މަސައްކަތް ފެށޭނެ ތާރީހެއްވެސް އަދި ހައްލެއް ލިބޭނެކަމުގެ މައުލޫމާތެއްވެސް ލިބިފައި ނުވާ ކަމަށް ވެސް އައުޒަމް ވިދާޅުވިއެވެ.

އައުޒަމް ވިދާޅުވީ 2024 ވަނަ އަހަރުގެ ކުރީ ކޮޅު ރައީސް މުޢިއްޒު މަކުނުދޫ އަށް ވަޑައިގެންނެވި ކަމަށާއި، އެ ދަތުރުފުޅުގައި އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ރަށުގައި އެއަރޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް