Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ

މަޑުމަޑުން އިންފްލޭޝަން ރޭޓު ދަށްވެ، އަހަރުގެ ފަހުކޮޅު ހަމައަކަށް އެޅޭނެ: އެމްއެމްއޭ

26 އެޕްރީލު 2023 | ބުދަ 16:03

މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ އިންފްލޭޝަން ރޭޓު 3.4 އިންސައްތައަށް އުފުލޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 26 އެޕްރީލު 2023 | ބުދަ 16:03
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ރާއްޖޭގެ އިންފްލޭޝަން ރޭޓު މަޑުމަޑުން ދަށްވެ, އަހަރުގެ ފަހުކޮޅު ހަމައަކަށް އެޅޭނެކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ލަފާކޮށްފިއެވެ.

އެ އިދާރާއިން މިގޮތަށް ލަފާކޮށްފައިވަނީ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީއެސްޓީއަށް އައި ބަދަލާއެކު އިންފްލޭޝަން ރޭޓު އުފުލުނު ނަމަވެސް، ދެވަނަ ކުއާޓަރުން ފެށިގެން އިންފްލޭޝަން ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ހަތަރުވަނަ ކުއާޓަރުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ ހަމައަކަށް އެޅިފައި ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭގެ އިންފްލޭޝަން ރޭޓު 3.4 އިންސައްތައަށް އުފުލޭނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ރާއްޖޭގެ އިންފްލޭޝަން ރޭޓު މިއަހަރު އަރާނެ ކަމަށް ލަފާކުރި އަދަދަށްވުރެ 2 އިންސައްތަ ދަށްވުމެކެވެ.

ފަހުގެ ލަފާކުރުންތަކުގައި، މިއަހަރުގެ އިންފްލޭޝަން ރޭޓު ދަށްވާނެކަމަށް ލަފާކޮށްފައިވަނީ ކަރަންޓުގެ ސަބްސިޑީއަށް ސަރުކާރުން ގެންނަން ނިންމި ބަދަލުތައް މިއަހަރު ތަންފީޒު ކުރާނެ ކަމަށް ނުބެލެވޭތީއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ އަދަދަށްވުރެ ދުނިޔޭގެ ހަކަތައާއި ތަކެތީގެ އަގު ދަށްވުމަކީވެސް ރާއްޖޭގެ އިންފްލޭޝަން ދަށްވާނެ ސަބަބެއް ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑުގެ ކުރިން ރާއްޖޭގެ އިގްތިސާދު އޮތް ވަރަށް 2022 ވަނަ އަހަރު ނިމޭއިރު އިގްތިސާދު ކުރިއަރާނެއެވެ. އަދި މިއަހަރު ހުރިހާ ދާއިރާއެއްވެސް ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، އިގްތިސާދުވެސް ކުރިއަރާނެ ކަމަށާއި، ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 7.6 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެންދާ މިންވަރަށް ބަލައި، މިހާރު ލަފާކުރާ އަދަދަށްވުރެ އުފެއްދުންތެރިކަން އިތުރުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިއަހަރު ބަޖެޓު ޑެފިސިޓްވެސް 11.9 އިންސައްތައިން 8.3 އިންސައްތައަށް ދަށްވާނެއެވެ. އެއީ މިއަހަރު ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއާއި ހިލޭ އެހީ އިތުރުވާނެތީއެވެ. އާމްދަނީ އިތުރުވާއިރު ޚަރަދުތައްވެސް އިތުރުވާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް