Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ

2023 އާއި 2024 އާ ދެމެދު ކްރެޑިޓް ކާޑުން 2.1 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގި

15 އޯގަސްޓު 2025 | ހުކުރު 15:32

ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމުގެ މުޢާމަލާތްތައް 45 އިންސައްތަ ދަށްވެފައިވާއިރު، ޕްރީޕެއިޑް އަދި ކްރެޑިޓް ކާޑުތަކުގެ ބޭނުން ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެއްޖެ. ޚާއްޞަކޮށް ޕްރީޕެއިޑް ކާޑުތަކުގެ ބައިނަލްއަޤްވާމީ މުޢާމަލާތްތައް 48 އިންސައްތަ އިތުރުވެ، ކްރެޑިޓް ކާޑު މުޢާމަލާތްތައް 31 އިންސައްތައަށް މައްޗަށް ގޮސްފައިވާކަން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 15:32
މާސްޓަރ ކާޑާއި ވިސާ ޑެބިޓް ކާޑު

މާސްޓަރ ކާޑާއި ވިސާ ޑެބިޓް ކާޑު

2023 އާއި 2024 އާ ދެމެދު ކްރެޑިޓް ކާޑު ބޭނުން ކޮށްގެން 2.1 ބިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އެމްއެމް އޭ އިން ހާމަ ކޮށްފިއެވެ.

އެމްއެމްއޭ އިން ޝާއިއު ކުރި "ޕޭމަންޓްސް ބުލެޓިން" ގައި ވާ މައުލޫމާތައް ބަލާއިރު 2023 ވަނަ އަހަރު ޕޭމަންޓު ކާޑު ބޭނުން ކޮށްގެން ބޭރުގެ އޭޓީއެމް މެޝިން ތަކުން ފައިސާ ނެގުމުގެ 403 ހާސް މުޢާމަލާތް ރެކޯޑުކުރެވުނެވެ. އެހެން ނަމަވެސް 2024 ވަނަ އަހަރު މި އަދަދު 220 ހާހަށް ދަށަށް ގޮސްފައެވެ. މިއީ މުޢާމަލާތްތަކުގެ އަދަދުން ބަލާއިރު 45 އިންސައްތައިގެ ދަށްވުމެކެވެ. ހަމައެއާއެކު، ރާއްޖެ އިން ބޭރުގެ އޭޓީއެމްތަކުން ނަގާ ފައިސާގެ ޖުމްލަ އަގުވެސް 31 އިންސައްތަ ދަށްވެފައިވެއެވެ. އެއީ 2023 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާއިން 2024 ވަނަ އަހަރު 791 މިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ.

އަނެއްކޮޅުން، އެމްއެމްއޭ ގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ޕްރީޕެއިޑް އަދި ކްރެޑިޓް ކާޑު ފަދަ ޑިޖިޓަލް ޚިދުމަތްތަކުގެ މަގުބޫލު ކަން ވަނީ އިތުރުވެފައެވެ. މިއީ ގިނަ ފަހަރަށް ފައިސާ އަތުގައި ގެންގުޅުމުގެ ބަދަލުގައި، ބޭރު ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭތީ ކަމަށް ބެލެވެއެވެ. މި ޓްރެންޑު ޚާއްޞަކޮށް ފެންނަނީ ޕްރީޕެއިޑް ކާޑުތަކުގައެވެ. ބައިނަލްއަޤްވާމީ މުޢާމަލާތްތައް 2023 ވަނަ އަހަރުގެ 216.7 މިލިއަން ރުފިޔާއިން 2024 ވަނަވަނަ އަހަރު 320.5 މިލިއަން ރުފިޔާ އަށް އިތުރުވެ، 48 އިންސައްތައިގެ ކުރިއެރުމެއް ވަނިީ ރެކޯޑް ކުރެވިފައެވެ. ހަމައެފަދައިން، 2023 އާއި 2024 އާ ދެމެދު، ކްރެޑިޓް ކާޑުތަކުން ކުރެވުނު ބައިނަލްއަޤްވާމީ މުޢާމަލާތްތައް 31 އިންސައްތަ އިތުރުވެ، ޖުމްލަ އަގު 2.1 ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވެފައިވެއެވެ.

2023 ވަނަ އަހަރުން ފެށިގެން، މި ޚިދުމަތާ ގުޅޭ ވަކި މަޢުލޫމާތު އެމްއެމްއޭ އިން ގެންދަނީ އެއްކުރަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
21 މެއި 2017

ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ

21 މެއި 2017
ވިއްސާރައާއި ފަނީގެ އަސަރުކޮށްގެން ތޮއްޑޫގެ 85 އިންސައްތަ ދަނޑު ހަލާކުވެއްޖެ
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
22 އެޕްރީލު 2017

އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ

22 އެޕްރީލު 2017
އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި އިތުރު ބޭންކެއް ބައިވެރިވެއްޖެ
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
29 މާރިޗު 2017

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
11 މާރިޗު 2017

ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި

11 މާރިޗު 2017
ކޭކް އާއި ވެފާގެ ޕްރޮމޯޝަން ހަރަކާތެއް ޕިރަމިޑުން ފަށައިފި
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް