Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސޯޝަލް ހައުސިން ދެވޭ އުސޫލު

ސޯޝަލް ހައުސިން ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ: މިނިސްޓަރު އަސްލަމް

26 އެޕްރީލު 2023 | ބުދަ 11:50

ފްލެޓެއް ހުރި މީހަކަށް ފްލެޓް ލިބިގެން ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 26 އެޕްރީލު 2023 | ބުދަ 11:50
މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް

ސޯޝަލް ހައުސިން ދިނުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުންފުނިތަކާއި، ސަރުކާރު ހިމެނޭ ގޮތަށް ފްލެޓްތައް ދެވޭނެ ކްރައިޓީރިއާތައް ކަނޑައަޅައި، އުސޫލު އެކުލަވާލައްވާފައިވާ ކަމަށެވެ. އެ އުސޫލުގައި ސޯޝަލް ހައުސިންގ ކެޓަގަރީތަކައް މާކްސް ލިބޭނެގޮތާއި، އެފޯޑަބަލް ހައުސިން ކެޓަގަރީ، އަޕަރހައުސިންގ ކެޓަގަރީއަށް މާކްސް ލިބޭނެ ގޮތް ވެސް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އާބަންކޯ އަށް ވެސް އެ އުސޫލު ހިއްސާކޮށްފައިވާ ކަމަށާއި، އެ އުސޫލާ ހިލާފަށް ފްލެޓް ނުދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފްލެޓެއް ހުރި މީހަކަށް ފްލެޓް ލިބިގެން ނުވާނެ ކަމަށެވެ.

ސޯޝަލް ހައުންސިން ދިނުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާއިރު، އާބަންކޯ އިން އެ ކުންފުނީގެ މުވައްޒަފުންނަށް ދޫކުރާ ފްލެޓުތަކުގެ ތެރެއިން 34 ފްލެޓެއް ބައެއް ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް ދަނީ ދައުރުވަމުންނެވެ. ނަމަވެސް ދައުރުވަމުންދާ ލިސްޓަކީ ހަގީގަތެއް ނެތް އެއްޗެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޔުނިޓުން އެ ކުންފުނީގެ މުވައްޒަފުންނަށް ވިއްކުމަށް ފުރުސަތު ހުޅުވާލާފައިވާއިއިރު އެ ޔުނިޓުތަކަކީ ހުޅުމާޅޭގައި ހިންގާ ހަތަރު މަޝްރޫއަކުން ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ދޭ ޔުނިޓުތަކެއް ކަމަށެވެ. އަދި އެ ޔުނިޓުތައް މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސްޓާފް ހައުސިންގ ސްކީމުގެ ދަށުން "އެންޑް ޔޫޒަރ ފައިނޭންސް މޮޑެލް" ގެ ދަށުން ވިއްކުމަށް ހުޅުވާފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް ބައެއް ޔުނިޓުތައް ނުވިކި ހުރިކަމަށް ބުނެފައިވެއެވެ.

އަރބަންކޯއިން ބުނީ އެ ފްލެޓުތަކުގެ ތެރެއިން ބައެއް މުވައްޒަފުން ދޫކޮށްލުމުގެ ސަބަުންނާއި ބައެއް މުވައްޒަފުންގެ ޝަރުތު ހަމަނުވެގެން 34 ޔުނިޓު ނުވިކި އެބަހުރި ކަމަށެވެ. މިދިޔަ އަހަރުގެ ސްޓާފް ހައުސިންގ ސްކީމަށް އެއް އަހަރުވެފައިވާއިރު އެ ސްކީމުގެ ދަށުން ފުރުސަތު ނުލިބޭ ގިނަ މުވައްޒަފުން އެބަތިބި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ޔުނިޓުތައް އަލުން ވިއްކުމަށް ހުޅުވާލީ އެ މުވައްޒަފުންނަށް ފުރުސަތު ދީ ދޫކޮށްފައިވާ ބިންތަކުގެ އަގު ހަމަކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން 34 ޔުނިޓު ގަތުމަށް 800 އަށްވުރެ ގިނަ މުވައްޒަފުންގެ ޝަރުތުހަމަވާ ކަމަށް އަރބަންކޯއިން ބުންޏެވެ. އެ ޔުނިޓުތައް ވިއްކާނީ ވަކި އުސޫލެއްގެ ތެރެއިން ޕޯޓަލެއް މެދުވެރިކޮށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް