Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަނެއްކާވެސް އިސްތިއުފާ އާއި ކުޅިބައި އެތުރުންތަކެއް

31 ޖުލައި 2025 | ބުރާސްފަތި 07:12

އެޗްޑީސީން ފަޒުލް އިސްތިއުފާ ދިނުމުން އެމަގާމާ ހަވާލުވި މައުރޫފް ޖަމީލްގެ އިސްތިއުފާގެ ފަހަތުގައި ފޮރުވިފައިވާ މަޖްބޫރުކަމެއް އެކުލެވޭކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 31 ޖުލައި 2025 | ބުރާސްފަތި 07:12
އެޗްޑީސީގެ އެމްޑީގެ މަގާމުހައި ހުންނެވި މައުރޫފް މަގާމުން އިސްތިއުފާ ދެއްވުން

އެޗްޑީސީގެ އެމްޑީގެ މަގާމުހައި ހުންނެވި މައުރޫފް މަގާމުން އިސްތިއުފާ ދެއްވުން

ބޮޑު ސިންގާ ވައްކަން ތަކަކާއި އިންތިހާގިނަ ކޮރަޕްޝަންތަކެއްގެ ތުހުމަތު ކުރެވި ބަލަންފެށި އެޗްޑީސީގެ މައްސަލަ ގަނޑުގައި އެތަނުގެ އެމްޑީ ފަޒުލް ރަޝީދު އިސްތިއުފާ ދެއްވީ މަޖްބޫރުވެގެންނެވެ. ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ޓީވީ މޯލްޑިވްސް ގެނެސް މަތިޖަހާން ބޭއްވި ޕްރެސް ކޮންފަރެންސް ނޫސްވެރިންގެ ސަބަބުން އަތަށް ގޮވުމުންނެވެ. ކަމަކަށްފަހު ކަމެއް ފަޅާއަރައި ނޫސްވެރިންގެ މަސައްކަތުން ތުހުމަތު ކުރެވުނު ބައެއް ކަންކަން ރައްޔިތުންނަށް ތިލަކުރިފަހުންނެވެ.

ސަރުކާރަށް ލިބުނު ބޮޑު ގެއްލުން ފޫ ބައްދައިދިނުމަށް އެތަނާ ހަވާލުވީ މައުރޫފް ޖަމީލެވެ. އެއްބަޔަކު އޭރުވެސް އެކަމަށް ފާޑުކިޔެވެ. މައުރޫފަކަށް ނޫނެވެ. އެވަރު ތަނެއްގައި މައުރޫފަށް ހިފަހައްޓާ ލެވިދާނެ ކަމާމެދުއެވެ. ހެދިހާ ގޮތެއް ހެދިގެން އެޅިހާ ބަތަކަށް ރިހަވެގެން ނުހުންނާނެ ބޭފުޅެއް ކަމަށް ބުނެއެވެ. ހަވާލުވީ އިޚްލާސްތެރިކަމާއެކު ހެޔޮނިޔަތުގައި އެކަން ރަނގަޅުކުރުމުގެ ނިޔަތުގައި ކަމަށް މައުރޫފް ވިދާޅުވާތީ އާއްމުން ތިބީ ހިސާބަކަށް ހިތްހަމަ ޖައްސާލައިގެންނެވެ.

ކެތްކޮށްލެވުނީ މަދު ދުވަސްކޮޅަކުއެވެ. ހަވާލުވިތާ އެންމެ ހަމަސްވެސް ނުވަނީސް އެނަގާ އެއްލާލީއެވެ. މަޖްބޫރުން އެދެއްވީ އިސްތިއުފާއެވެ. ރީތިގޮތުގައި ރިޓަޔަރ ކުރައްވަން ހުށަހަޅާފައި އޮތް އޮތުންވެސް ބޮލާލާ ޖަހައި ހަޑިގޮތަކަށް ނަގާ ހޫރާލީއެވެ.

އާއްމުން އޭރުވެސް ބުނަމުންދިޔައީ އެވާހަކައެވެ. މައުރޫފް އެތަނަށްލީކީ އެތަން ރަނގަޅު ކުރާކަށް ނޫނެވެ. ސަރުކާރަށް ކުރިމަތިވި ބޮޑު ޑެމޭޖް ފޫބައްދާށެވެ. އެކަން އެހިނދަށް ނިމުނީމާ ނިމުނީއެވެ. އިސްތިއުފާ ދެއްވި ކުރީގެ އެމްޑީ އެހުރީ ހުރިގޮތަށެވެ. ސަރުކާރުގެ ޕާޓީގެ އިސް ސަފުގައެވެ. ކުރިންވެސް ހުރި ބައެއް ބޯޑުތަކުގައެވެ. އައްޔަން އެކުރީ ޕާޓީގެ އެއް ދާއިރާއެއްގެ ކެމްޕޭން މެނޭޖަރަށެވެ. މައްސަލަތައް ހުރީ ހުރިގޮތަށެވެ. ތަހުގީގް ކުރިއަށް ދިޔަޔަސް އޭގެ ތަފްސީލެއް ނެތެވެ. އޭރު ހީވީ ދެންމެ ދެންމެ ފަޒުލް ހައްޔަރުކޮށްފާނެ ހެންނެވެ. ސަރުކާރުން މޫނުމަތި ރީތިކުރާން ފައިސާ ދީގެން ގެންގުޅޭ ސޯޝަލް މީޑިޔާ ކުދިންކޮޅު ހީވީ އެހެންފަދަ ކަމެއް ހެނެވެ. ރައީސް މުއިއްޒަށް ސަނާ ކިއުމުގައެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހަކު ގާތުގައި ނުބަހައްޓާނެ ކަމަށް ބުނެއެވެ. އެފަދަ މައްސަލަތައް ނުބަލާ ދޫކޮށް ނުލައްވާނެ ކަމަށް ބުނެއެވެ. އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތައް އަޅުއްވާނެ ކަމަށްވެސް ބުނެއެވެ.

މައުރޫފް ހަވާލުވެ ބައެއް ކަންކަން ކުރެއްވޭތޯވެސް ބެއްލެވިއެވެ. ބަދަލުތައް ގެނެސް އަލުން ރަނގަޅު ކުރެވޭތޯ ބެލިނަމަވެސް އިސްތިއުފާ ދެއްވަން މަޖްބޫރުވީ ބުނިހާ ގޮތަކަށް އާންހޫން ކިޔަން ދެކޮޅު ހެދުމުން ކަމުގެ އަޑު ވަނީ ގަދަވެފައެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް އެޗްޑީސީ ތެރެއިން ނުގޮތަކަށް ކަންކަން ކުރަން އެއްބާރުލުން ނުދޭތީއެވެ. އެކަން އެގޮތައް ކުރަން އަންގާ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ބޮޑުންނަށް ނޫނެކޭ ބުނާތީއެވެ. މައުރޫފަށްފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު ވެސް މިހާރު އެވަނީ އިސްތިއުފާ ދީފައެވެ.

މައުރޫފަށްފަހު އެޗްޑީސީ ހަވާލު އެކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑައިރެކްޓަރަކަށް ހުރި އަހްމަދު ޒުހައިރެވެ. އޭނާ ހުންނެވި މަގާމަށް އިބްރާހިމް ނަޒީމް ބަދަލުކޮށްފައެވެ. މިހާ ހިސާބަށް ނަޒީމް ހުންނެވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ.

އަނެއްކޮޅުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ އެމްޑީ އަހުމަދު މުބީންވެސް ވަނީ އިސްތިއުފާ ދީފައެވެ. މުބީން އިސްތިއުފާ ދިނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ދަށަށް އާރްއޭސީއެލް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވަނިކޮށެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ބުނެވޭގޮތުގައި ކޮންމެވެސް އެހެން ދިމާލަކުން މުބީން ފެންނާނެއެވެ. މިނިސްޓަރެއްގެ ނުވަތަ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ. މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ކަމުން އިސްތިއުފާދީ ވަޒީރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީގެ މަގާމަކަށް ބަދަލުވި ނަރީޝް ގޮތަށެވެ.

ކޮންމެއަކަސް ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބެވެ. ހެދުނު އެއްޗެއް ހަދައި ނެގުނު ގޮތަކަށް އެއިންތިޚާބު ނަގާން ސަރުކާރުން ވަނީ އަމާޒު ހިފާފަފައެވެ. ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުން ރަށްރަށަށް އެވަނީ ފޮނުވާން ފަށާފައެވެ. އެކަމަކު ކުރިން ބޭނުންކުރިގޮތައް "ޔާމީންގެ ހުސްގޮނޑި"އާއި ކުރިއާ، "ކުރީސަރުކާރު" ބޭނުން ކުރެވޭކަށް ނެތެވެ. އެހެންކަމަށްވާނަމަ ސަރުކާރުން ޖަހާނެ މައިގަނޑު މަޅިއަކީ ކުންފުނިތަކުން ދޭ ވަގުތީ ވަޒީފާތަކެވެ. ކުންފުނިތަކަށް ގެނެވޭ ބަދަލުތަކެވެ. އެތަންތަނުގައި ތިބި މީހުންނަށް ކުރެވޭ ވަޒީފާގެ މަޖްބޫރު ކަމެވެ. އެކަން ކުރުމުގައި އިސްތިއުފާތަކާއި ތަންތަނަށް ގެނެވޭ ކުޅިބައިއެތުރުންތައް އަދި އިތުރަށް ފެނުމަކީ ކައިރި ކަމެކެވެ. ބަލަން ތިބެމާ ބަހީއެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟
26 އެޕްރީލު 2017

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
ފުރާނައާއި ފުރާނަފުޅު!
24 އެޕްރީލު 2017

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
23 އެޕްރީލު 2017

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
24 ފެބުރުއަރީ 2017

އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!

24 ފެބުރުއަރީ 2017
އުތުރު ކޮރެއާ އާއި މެލޭޝިއާ ހަތުރުންނަށް ބަދަލުވުމުގެ ކޮޅުމަތި ފެންނަނީ!
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް