Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓް ކަޕް

ޕްރެޒިޑެންޓްކަޕްގެ ސެމީފައިނަލް މެޗު ޝެޑިއުލްއާއި ޕްރެސް ކޮންފަރެންސްގެ ވަގުތު އޮޅުވާލައިފި

ސެމީފައިނަލް ދެ މެޗު މާދަމާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 26 އެޕްރީލު 2023 | ބުދަ 09:50
ޕްރެޒިޑެންޓް ކަޕްގައި ސަސްއާއި ވެލެންސިޔާ ވާދަކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓް ކަޕްގައި ސަސްއާއި ވެލެންސިޔާ ވާދަކުރި މެޗުގެ ތެރެއިން

މިސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓް ކަޕްގެ ސެމީފައިނަލް ދެ މެޗާއި މެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތާރީޚު އެފްއޭއެމްއިން ނޫސްވެރިންނަށް އޮޅުވާލައިފިއެވެ.

އެފްއޭއެމްއިން ޢާއްމުކުރި މުބާރާތުގެ ތާވަލްގައިވާ ގޮތުން ސެމީފައިނަލް ދެ މެޗު ކުޅޭނީ ބުރާސްފަތި ދުވަހު (މާދަމާ)ގެ ހަވީރާއި ރޭގަނޑެވެ. ތާވަލްގައި ވާގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު ވާދަކުރާނީ މާޒިޔާއާއި, ސަސްއެވެ. ބުރާސްފަތި ދުވަހުގެރޭ ވާދަކުރާނީ އީގަލްސްއާއި ބުރެވެ. އެމެޗުގެ ކުރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ބުދަ (މިއަދު) އޮންނާނެކަން އެފްއޭއެމް މީޑިޔާ ގްރޫޕް މެދުވެރިކޮށް އަންގާރަ ދުވަހުގެރޭ 23:09 ގައި އެންގިއެވެ. އެކަމަކު ކުއްލިއަކަށް މިއަދު މެނދުރު 12:01 ގައި މީޑިއާ ގްރޫޕް މެދުވެރިކޮށް އެފްއޭއެމްއިން އެންގީ ސެމީފައިނަލާއި ފައިނަލް މެޗުގެ ތާރީޚާއެކު ނޫސްވެރިންގެ ބައްދަލުވުމުގެ ތާރީޚުވެސް ބަދަލުކުރިކަމެވެ. އެގޮތުން ސެމީފައިނަލް ފުރަތަމަ މެޗު ބުދަ ދުވަހުގެރޭ އަދި ދެވަނަ މެޗު ބުރާސްފަތި ދުވަހުގެރެއަށް ފަސްކުރިކަން އެންގިއެވެ. ފައިނަލް މެޗުގެ އާ ތާރީޚެއްކަމަށް ދިނީ މެއި މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. މިބަދަލުތަކާއެކު ނޫސްވެރިންގެ ބައްދަލުވުންވެސް ބުރާސްފަތި ދުވަހުގެ މެންދުރަށް ބަދަލުކުރިކަން އެންގިއެވެ. އެއާ ގުޅިގެން މެޗު ފަސްކުރި ސަބަބު އޮޅުން ފިލުވަން ނޫސްވެރިއަކު ސުވާލުކުރި ނަމަވެސް އެސުވާލަށް ޖަވާބެއް ނުދެއެވެ.

ކުއްލިއަކަށް ފެނުނީ މެޗު ފަސްކުރިކަން ބަޔާންކޮށް ފޮނުވި މެސެޖް ފޮހެލާފައި ވަނިކޮށެވެ. މެސެޖް ފޮހެލި ސީދާ ވަގުތެއް ރައްޖެ އެމްވީއަށް ކަށަވަރެއް ނޫނެވެ. ނަމަވެސް ރާއްޖެ އެމްވީއަށް އެކަން ފާހަގަކުރެވުނީ 14:14 ގައެވެ. މެސެޖް ފޮހެލުމުގެ އިތުރަށް އެއްވެސް މައުލޫމާތެއް އެފްއޭއެމްއިން ހިއްސާއެއް ނުކުރެއެވެ. އެކަން ފާހަގަވުމާ ގުޅިގެން މެޗާއި, ނޫސްވެރިންގެ ބައްދަލުވުން ފަސްކުރީތޯ ރާއްޖެ އެމްވީން ސުވާލުކުރުމުން އިތުރު ޖަވާބެއް ނެތި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާރޓްމަންޓް ހެޑް ހިއްޞާކުރީ ސެމީފައިނަލް ދެމެޗުގެ އާ ތާވަލެވެ.

އެއާ ވިދިގެން އެފްއޭއެމްގެ ޖެނެރަަލް ސެކެޓްރީ ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގެ ވަގުތަކީ ކުރިން (ރޭގައި) ދިން ވަގުތު ކަމަށެވެ. އިތުރު ބަދަލެއް އުޅޭނަމަ ހިއްސާކުރައްވާނެކަމަށެވެ. ނަމަވެސް އޭރު ނޫސްވެރިންގެ ބައްދަލުވުމަށް ފުރަތަމަ ދިން ވަގުތު ހިނގަމުން ދަނީއެވެ. ނޫސްވެރިންގެ ބައްދަލުވުމަށް ދެވޭނެ ވަގުތެއް ނެތެވެ. މީގެކުރިން މުބާރާތުގެ ޤަވާއިދު ހޯދުމަށް ނޫސްވެރިއަކު ސުވާލުކުރުމުންވެސް ޖަވާބުދީފައެއް ނުވެއެވެ.

މިހާރު ސެމީފައިނަލް މެޗު ކުޅޭ ތާރީޚާއި ވަގުތު: 27 އޭޕްރީލް 2023

އީގަލްސް/ ބުރު ސްޕޯރޓްސް ކްލަބް - 16:00

މާޒިޔާ/ ސަސް - 21:00

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު