Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާއިން ރާއްޖެއަށް އެހީ ދިނުން

ތިން ޕްރޮޖެކްޓެއް ހިންގަން އިންޑިއާއިން ރާއްޖެއަށް 2.73 މިލިއަން ރުފިޔާ

25 އެޕްރީލު 2023 | އަންގާރަ 19:52

ގދ. ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް" ޤާއިމުކުރުމުގެ މަސައްކަތް ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އެޕްރީލު 2023 | އަންގާރަ 19:52
އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ)ގެ ދަށުން ކުރިއަށްގެންދާ ތިން މަޝްރޫއެއް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހި ސަރުކާރަށް 2.73 މިލިއަން ރުފިޔާ ދީފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން އަންގާރަ ދުވަހު ބުނި ގޮތުގައި މި ފައިސާ ބޭނުން ކުރެވިގެންދާނީ ގދ. ގައްދޫގައި “ސްޕޯޓްސް ކޮމްޕްލެކްސް" ޤާއިމުކުރުމުގެ މަސައްކަތް ފެށުމަށާއި، ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން އިހައްދޫ ސްކޫލް އަދި ހއ. ދިއްދޫގައި ހުންނަ ހއ އަތޮޅު ތަޢުލީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް (އައިއީއެސް) ޔުނިޓްތަކުގެ މަސައްކަތް އަވަސް ކުރުމުގެ އިތުރުން ތ. ވޭމަންޑޫގައި 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާ ނިންމުމަށެވެ.

Advertisement - newsAdvertisement

ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަޝްރޫއަކީ ރައްޔިތުންނަށް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮތުގައި މުނިފޫހިފިލުވުމާއި ކުޅިވަރާއި ތަމްރީނާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް ގާއިމުވެފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ މަލްޓި ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރުމަށް ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ޒުވާނުން ބާރުވެރިކުރުވައި މުޖުތަމައުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

މި މަޝްރޫއާ ގުޅޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ތިނަދޫ އަބޫބަކުރު ސްކޫލާއި ލ. ގަން އިހައްދޫ  ސްކޫލް އަދި ހއ އަތޮޅު ތަޢުލީމީ މަރްކަޒުގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމުގެ މަޝްރޫއަކީ އައިއީއެސް ޔުނިޓްތަކުގެ ކެޕޭސިޓީ އާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. އަދި "ސްޓޫޑެންޓްސް ވިތް ކޮމްޕްލެކްސް ލަރނިންގް ޕްރޮފައިލް (އެސް.ސީ.އެލް.ޕީ)" އަށް އޮންލައިންކޮށް އުނގެނުމުގެ ވަސީލަތްތައް ތަރައްގީކުރުމަށާއި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކުރުމަށް މުދައްރިސުން ތަމްރީނުކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 4.64 މިލިއަން ރުފިޔާއެވެ.

ވޭމަންޑޫގައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން 100 މަގުބައްތި ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމި އިފްތިތާހު ކުރުމާ ހަމައަށް ގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކޮށް، މެއިންޓެނެންސް ޚަރަދުވެސް ކުޑަކޮށް، ރަށުގެ މަގުބައްތި ޖެހުމުގެ ރަނގަޅު ނިޒާމެއް ގާއިމުކޮށްދެވޭނެ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުންޏެވެ.

އިންޑިއާއިން ފޯރުކޮށްދީފައިވާ 155 މިލިއަން ރުފިޔާގެ އެހީގެ ދަށުން ހިންގާ 28 ހައި އިމްޕެކްޓް ޕްރޮޖެކްޓްތައް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްވެރިކަމާއި އިކޯ ޓޫރިޒަމާއި ދެމެހެއްޓެނިވި ތަރައްގީ އާއި ފަތުރުވެރިކަމާއި ކުޅިވަރާއި ދަނޑުވެރިކަމާއި ސަގާފަތާއި ސިއްހީ އަދި ޖަޒީރާ އުމްރާނީ އާއި ތައުލީމީ ދާއިރާ ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ 18 މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން ވަނީ 106 މިލިއަން ރުފިޔާގެ ހިލޭ އެހީ ވެސް ދީފައެވެ. އެގޮތުން ހިލޭ އެހީގެ 46 މަޝްރޫއުގެ ތެރެއިން ޖުމްލަ 21 މަޝްރޫއެއް ނިންމައި އިފްތިތާހުކޮށް، އިތުރު ފަސް ޕްރޮޖެކްޓެއް އިފްތިތާޙުކުރުމަށް ތައްޔާރީތައްވަމުން އަންނަ އިރު އޭގެ ތެރޭގައި އައްޑޫގެ އިކޯ ޓޫރިޒަމް ޒޯންތަކާއި، ހއ. ހޯރަފުށީގައި ޤާއިމްކުރެވުނު ފެން ބަންދު ކުރާ ޕްލާންޓް އަދި ތ. ވޭމަންޑޫ މަގުބައްތި ޖެހުމުގެ މަޝްރޫއު ހިމެނެއެވެ.

ހައި އިމްޕެކްޓް ޕްރޮޖެކްޓުތަކަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ތަރައްގީގެ ގުޅުމުގެ މުހިންމު ބައެކެވެ. މި މަޝްރޫއުތަކަކީ ރަށްރަށުގެ މުޖުތަމައުތަކުގެ ބޭނުންތަކަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ސިޓީ އަދި ލޯކަލް ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކަކަށްވާއިރު، މި މަޝްރޫއުތަކުގެ ސަބަބުން އާންމުން އިންތިޚާބުކުރާ މަންދޫބުންގެ ގާބިލުކަން އިތުރުވެ، ދިވެހި ސަރުކާރުން ކުރިއަށްގެންދާ ލާމަރުކަޒުކުރުމުގެ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް