Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ އާބާދީ

އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި، އިންޑިޔާއިން މިހަފުތާގައި ޗައިނާ ފަސްދީ ދާނެ

25 އެޕްރީލު 2023 | އަންގާރަ 12:57

އިންޑިޔާގެ އާބާދީ މި އެޕްރިލް މަހުގެ ފަހުކޮޅު 1,425,775,850ށް އަރާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 25 އެޕްރީލު 2023 | އަންގާރަ 12:57
އިންޑިޔާގެ މުޒާހަރާއެއް

އިންޑިޔާގެ މުޒާހަރާއެއް

މުޅިދުނިޔޭގައިވެސް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި މިވަގުތު އޮތް ޗައިނާ ފަސްދީ އިންޑިޔާއިން ދިއުމަށް ތައްޔާރު ވެއްޖެ އެވެ. އެކި އަންދާޒާތައް ދައްކާފައިވާގޮތުން, އިންޑިޔާގެ އާބާދީ މި އެޕްރިލް މަހުގެ ފަހުކޮޅު 1,425,775,850ށް އަރާނެއެވެ. އދ.ގެ އޭޖެންސީއަކުންވެސް ކުރިން އަންދާޒާކޮށްފައިވާގޮތުގައި، އާބާދީގެގޮތުން މިއަހަރުގެ މެދެއްހާ ތަނުގައި އިންޑިޔާއިން ޗައިނާއަށްވުރެ ކުރިއަރާނެއެވެ. މުޅި ދުނިޔޭގައިވެސް އާބާދީ، ނިސްބަތުން އެންމެ ގިނައީ އޭޝިޔާގެ ގައުމުތަކުގައި ކަމަށް ރިކޯޑްތަކުން ދައްކައެވެ. މިގޮތުން ފާއިތުވި 70 އަހަރު ތެރޭގައިވެސް މުޅި ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކޮށްފައިވަނީ އޭޝިޔާގެ ގައުމުތަކުން ކަމަށް ވެއެވެ.

އދ.ގެ ޑިޕާޓްމެންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއަރޒުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، ޒަމާންތަކެއް ވަންދެން ދުނިޔޭގެ އެންމެ ބޮޑު އާބާދީގެގޮތުގައި ޗައިނާ އޮތް އޮތުން ދާދި އަވަހަށް ބަދަލުވާނެއެވެ. ނަމަވެސް އާބާދީ އިތުރުވާވަރު މިންކުރުމުގައި ޔަގީންކަން ނޯންނަ ދިމަދިމާ ހުރުމާއެކު މިބަދަލު އަންނާނެ ސީދާ ދުވަހެއް ބުނަން ނޭނގޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އދ.ގެ ޕޮޕިއުލޭޝަން ފަންޑުންވެސް މިދިޔަ ހަފުތާގައި ބުނެފައިވާގޮތުގައި، 2023ގެ މެދާހައަށް ދާއިރު، ޗައިނާއަށްވުރެ އިންޑިޔާގައި 2.9 މިލިއަން މީހުން އިތުރުވާނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 1961 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ޗައިނާގެ އާބާދީ އިތުރުވާ ރޭޓް ވަނީ ދަށަށް ދާން ފަށާފައެވެ. އަދި މިދިޔަ އަހަރު ވަނީ އާބާދީ ކުރިޔަށްވުރެ މަދުކަމަށް ދައްކާފައެވެ. އާބާދީގެ ހިސާބުތައް ބަލަހައްޓާ ފަރާތްތަކުން އަންދާޒާކޮށްފައިވާގޮތުގައި، މި ގަރުނު ނިމުމުގެ ކުރިން ޗައިނާގެ އާބާދީ އެއްބިލިއަނަށްވުރެ ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިއާ ޚިލާފަށް، އިންޑިޔާގެ އާބާދީ އިތުރުވުން އެތައް ދަހަރަކަށް ކުރިޔަށް ދާނެކަމަށް ދަނީ ބެލެމުންނެވެ.

އެހެންނަމަވެސް އަންހެނުން ދަރިމައިވާ މިންވަރު(ފަރޓިލިޓީ ރޭޓް) އަންނަނީ އިންޑިޔާގައިވެސް ދަށްވަމުންނެވެ. ކުރިން އެވްރެޖްކޮށް އަންހެނަކަށް 5.7 ދަރިން ލިބޭކަމަށް ރިކޯޑް ތަކުން ދައްކާއިރު, މިހާރު އެ އަދަދު ވަނީ 2.2ށް ދަށްވެފައެވެ.

މުޅި ދުނިޔޭގެ އާބާދީ 8 ބިލިއަން ފަހަނައަޅައި ދިޔައީ މިދިޔަ ނޮވެމްބަރު މަހުއެވެ. ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި، އާބާދީ އިތުރުވުން މިހާރު ކުރިންހާ ހަލުތްވެއްނޫނެވެ. އަދި މިހާރުގެ އާބާދީ އިތުރުވާ ރޭޓަކީ 1950ގެ އަހަރު ތަކަށްފަހު ރިކޯޑް ކުރެވުނު އެންމެ ދަށް ރޭޓެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
12 ފެބުރުއަރީ 2017

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް