Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާ ކައުންސިލް

ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންގާރަ ދުވަހު ވަނީ ހުޅުވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2023 | އަންގާރަ 09:40
ބާ ކައުންސިލް

ބާ ކައުންސިލް

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ދާއިމީ ސަބްކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިން ހުޅުވާލި ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނުގައިވާ ދާއިމީ ސަބް ކޮމިޓީތަކުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށް، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންގާރަ ދުވަހު ވަނީ ހުޅުވާލާފައެވެ.

Advertisement - newsAdvertisement

ބާ ކައުންސިލުން ވަނީ އިސްތިއުނާފު ކޮމިޓީއަށް 1 މެންބަރަކު، އެތިކްސް ކޮމިޓީއަށް 4 މެންބަރަކު، ލައިސެންސިންގ ކޮމިޓީއަށް 3 މެންބަރަކު، ޤާނޫނީ ތަޢުލީމު ކޮމިޓީއަށް 2 މެންބަރަކު އަދި ލޯ ރިފޯމް އެންޑް ރިސަރޗް ކޮމިޓީއަށް 2 މެންބަރަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުމާއި، ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއި، ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ ލިޔެކިޔުންތައް ބާ ކައުންސިލުގެ މެއިލް (humanresources@maldivesbarcouncil.org)އަށް 08 މޭ 2023 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް ކުރުމަށް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި

06 އެޕްރީލު 2017
ވިލިފުށީ ކައުންސިލުގެ ރައީސް ޖަބީން ހަ މަސްދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފި
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
17 ފެބުރުއަރީ 2017

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު