Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއޭ ބާރުވެރިކުރުވުން

މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން ބެލެހެއްޓުމަކީ އެކަށީގެންވާ ނިޒާމެއް ނޫން - ޝައުނާ

25 އެޕްރީލު 2023 | އަންގާރަ 06:41

މިނިސްޓަރު ވިދާޅުވީ މިހާރުވެސް އީޕީއޭގެ ޒިންމާތައް އަދާކުރުމުގެ ފުރުސަތު ލިބޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އެޕްރީލު 2023 | އަންގާރަ 06:41
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއާ ސުވާލުކުރެއްވުން

މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ރާއްޖޭގެ ތިމާވެށީގެ ކަންކަން މެނޭޖްކުރުމަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫން ކަމަށް ގަބޫލުކުރަން ޖެހޭ ކަަމަށް އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާ ކުރައްވާ ސުވާލަށް ޖަވާބު ހޯއްދެވުމެވެ. އޭނާ ކުރައްވާފައިވާ ސުވާލަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދަކަށްވާ އިރު، އަދި ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ކަނޑައެޅި ކަމަކަށްވާއިރު، މި ވައުދު ނުފުއްދައި މިހާ ދިގުލަނީ ކީއްވެތޯއެވެ.

Advertisement - newsAdvertisement

ޖަވާބުގައި މިނިސްޓަރ ވިދާޅުވީ އީޕީއޭ ބާރުވެރިކުރުވުމަށް ސަރުކާރުން ވީ ވައުދު ފުއްދާފައިވާ ކަމަށެވެ. އީޕީއޭ ބާރުވެރިކުރުވުމުގެ އަޑު އެންމެ ގަދަވެގެން އައީ 2015 ވަނަ އަހަރު، ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި އެންވައިރޮމެންޓް އިމްޕެކްޓް (އީއައިއޭ) އެސެސްމެންޓް ހެދުމާއި ފާސްކުރުމުގެ ކަންކަން އީޕީއޭގެ ދަށުން އުނިކޮށް އެ މަސްޢޫލިއްޔަތުތައް ޓުއަރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރި ހިސާބުން ކަމަށެވެ. އެ ބަދަލާއި ގުޅިގެން އެ ދުވަސްވަރު ފަތުރުވެރިކަމުގެ މަޝްރޫޢުތައް ހިންގީ ތިމާވެއްޓަށް ނުރައްކާ ނުވާގޮތަށް ރަނގަޅަށް ނުބަލާ ކަމަށާއި، ސިނާއަތެއް ޕްރޮމޯޓްކުރާ ވުޒާރާއަކުން އެ ދާއިރާގެ ކަންކަން ރެގިއުލޭޓްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ޝައުނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ސަރުކާރުގެ މެނިފެސްޓޯގައި އާއި 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް އީޕީއޭ ބާރުވެރިކުރުވާ މިނިވަންކަމާއި އެކު ހިންގުމަށް ހިމަނާފައިވާ ކަމަށެވެ.

އެގޮތުން އީޕީއޭ އަކީ ބާރުވެރި މިނިވަންކަމާއި އެކު ހިނގާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެ މަގްސަތުގައި ކޮށްފައިވާ ކަންކަމުގެ ތެރޭގައި 20 ޑިސެމްބަރު 2018 ވަނަ އަހަރު ފަތުރުވެރިކަމުގެ މަޝްރޫޢުތަކުގައި އެންވައިރޮމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ ބާރު އީޕީއޭ އަށް އަލުން ދިނުމަށް ޓުއަރިޒަމް ޤާނޫނަށް ބަދަލު ގެނައިކަމަށް ޝައުނާ ވިދާޅުވިއެވެ. 27 ޑިސެމްބަރު 2018 އިގައި އެ ބާރު އަލުން އީޕީއޭ އަށް ދީފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ސަރުކާރުން ވައުދުވެފައި ވަނީ އީޕީއޭ އަކީ މިނިވަން، ބާރުވެރި މުއައްސަސާއަކަށް ހެދުމަށް ކަމަށާއި، އެފަދަ ކަންކަން ކުރިއަރާފައިވާ ޤައުމުތަކުގައި ހިނގާ ގޮތް ބަލާލުން މުހިންމު ކަމަށް ޝައުނާ ވަނީ ވިދާޅުވެފައެވެ. ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރާ މޮޑެލްތަކުގެ ތަފްސީލްތައް މިނިސްޓަރ މަޖިލީހާއި ހިއްސާކުރެއްވިއެވެ. އެގޮތުން އެމެރިކާގައި މިފަދަ ކަންކަން ބަލަހައްޓަވާ އެންމެ އިސް ފަރާތް ޖަވާބުދާރީ ވަނީ ރައީސަށް ކަމަށާއި އޭނާ ޖަވާބުދާރީވާން ޖެހޭ ވަޒީރެއް ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ތިމާވެށީގެ ވަޒީރުގެ ޒިންމާ އަދާކުރަނީ އީޕީއޭގެ އެޑްމިނިސްޓްރޭޓަރ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އިނގިރޭސިވިލާތުގައި ތިމާވެށީގެ ކަންކަން ބަލަހައްޓަނީ އެގައުމުގެ އެންވައިރޮމެންޓް އެޖެންސީން ކަަމަށާއި، އެ މަސައްކަތް ކުރަނީ ވަކި ބޯޑެއްގެ ދަށުން ކަމަށް ޝައުނާ ވިދާޅުވިއެވެ. އެ ބޯޑު މެމްބަރުން ރިޕޯޓްކުރަނީ ކެބިނެޓް މެމްބަރަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ދެން މިސާލު ނެންގެވީ ސިންގަޕޫރުގެ މިސާލުންނެވެ. އެ ގައުމުގައި ތިމާވެށީގެ ކަންކަން ބަލަހައްޓަނީ ބޯޑެއްގެ ދަށުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެއްޓާއި ގުޅޭ ވުޒާރާ އެއް ނެތް ގައުމެއްގައި ތިމާވެށީގެ ކަންކަން ބަލަހައްޓާ އިދާރާގެ ދައުރު ބޮޑު ކަމަށާއި، ގައުމުތަކުގައި އެފަދަަ އެޖެންސީތައް ހިނގަނީ ސަރުކާރުގެ ތެރެއިން ކަމަށް ޝައުނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރަނީ ތަރައްޤީ އަށް ހިންގާ މަޝްރޫޢުތަކުން ތިމާވެއްޓަށް އަސަރުކުރާނެތީ ކަމަށާއި ރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި އެކަން ވަރަށް ބޮޑު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާގޮތަށް މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ތިމާވެށީގެ ކަންކަން މެނޭޖްކުރުމަކީ އެންމެ އެކަށީގެންވާ ނިޒާމް ނޫން ކަމަށް ގަބޫލުކުރަން ޖެހޭ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރުވެސް އީޕީއޭގެ ޒިންމާތައް އަދާކުރުމުގެ ފުރުސަތު ލިބޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް