Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކޫލުތަކުގެ ނަތީޖާ ރަނގަޅުކުރުން

ފާއިތުވި ތިން އަހަރު ތެރޭގައި ސްކޫލުތަކުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވޭ: މިނިސްޓަރު

24 އެޕްރީލު 2023 | ހޯމަ 12:32

އޯލަވަލަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް ޚާއްސަ އިސްކަމެއްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 އެޕްރީލު 2023 | ހޯމަ 12:32
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށާއި، ފާއިތުވި ތިން އަހަރު ތެރޭގައި ސްކޫލުތަކުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ އެއް މަސައްކަތަކީ ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އެގޮތުން ތައުލީމީ ފެންވަރު ރަނގަޅު ކުރަންޖެހޭ ސްކޫލުތައް ދެނެގަނެ، އެސްކޫލުތަކަށް ޚާއްސަކޮށްގެން ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އޯލެވަލް އަށް ތައްޔާރުވަމުންދާ ދަރިވަރުންނާއި، އެދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުންނަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.

Advertisement - newsAdvertisement

ސްކޫލު ވެހި ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ 153 ސްކޫލެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ސްކޫލުތަކުގެ ޕްރިންސިޕަލުން ތަމްރީން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރިންސިޕަލުންނަށް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުން ވެސް ތަމްރީން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހިންގޭ ޕްރޮގްރާމްތަކާއެކު މިދިޔަ ތިން އަހަރު ތެރޭގައި ސްކޫލުތަކުގެ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅު ކުރެވިފައިވާ ކަމަށާއި، ނަތީޖާ ފެންނަމުންދާ ކަމަށެވެ.

ލ.އަތޮޅުގެ ސްކޫލުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ސްކޫލު ވެހި ޕްރޮގްރާމް ފުރަތަމަ ހިންގުނީ ލ.އަތޮޅު ރަށްތަކުގެ ސްކޫލުތަކުގައި ކަމަށާއި، ނަތީޖާއަށް ރަނގަޅު ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ދަނީ ޕްރިންސިޕަލުންގެ އިތުރުން ސްކޫލުގެ މުދަރިއްސުންނާއި އަދި ސީނިއަރ މެނޭޖްމެންޓް ޓީމަށް ވެސް އެކިއެކި ތަމްރީންތައް ދެމުންނެވެ. މީގެ އިތުރުން ސްކޫލުތަކަށް ދިވެހި ޕްރިންސިޕަލުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހިންނަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ދަނީ ފަހިކޮށްދެމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް