Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޓޯ

އުމުރުން 40 އަހަރުގައި ޕެޕޭ، ޕޯޓޯގެ އެއްބަސްވުން އައުކޮށްފި

ޕެޕޭ މިހާރު ވަނީ އިތުރު އެއް އަހަރަށް ޕޯޓޯގައި މަޑު ކުރުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2023 | އަންގާރަ 02:25
ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ

ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ

އުމުރުން 40 އަހަރުގައި ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ، ޕޯޓޯއާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފި އެވެ.

ބެސިކްޓާސް ދޫކޮށް ޕެޕޭ ޕޯޓޯ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭރު އޭނާ ޕޯޓޯ އަށް ބަދަލުވީ ދެ އަހަރާ ބައިގެ މުއްދަތަކަށެވެ. އޭގެ ފަހުން ޑެނީލޯ ޕެރެއިރާ ޕޯޓޯ ދޫކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވުމާއެކު، 2020 ވަނަ އަހަރު ޕެޕޭ އަށް ވަނީ ޕޯޓޯގެ ކެޕްޓަން ބޭންޑު ހަވާލުކޮށްފަ އެވެ. އޭގެ ފަހުން ޕެޕޭ ވަނީ ޕޯޓޯގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ޕެޕޭ މިހާރު ވަނީ އިތުރު އެއް އަހަރަށް ޕޯޓޯގައި މަޑު ކުރުމަށް ނިންމައި، އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޕޯޓޯގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޕެޕޭ ބުނީ، އޭނާ އަބަދު ވެސް ޕޯޓޯ ތަމްސީލު ކުރުމުގައި އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށެވެ. އޭނާ ބޭނުން ވަނީ ޕޯޓޯއާއެކު އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށާއި، މަތީ ފަންތީގައި ފުޓުބޯޅައިގައި އޭނާ އަށް އެކަން ކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް އޮތް ކަމަށެވެ. އިތުރަށް ޕެޕޭ ބުނީ، އޭނާގެ ހަށިގަނޑުގައި އަދި ވެސް ފުޓުބޯޅަ ކުޅެވޭނެ ބުންވަރު ހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އޭނާގެ އެންމެ މޮޅު ކުޅުން ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޕެޕޭ ވަނީ މިހާތަނަށް ޕޯޓޯ އަށް 158 މެޗު ކުޅެދީ، ހަ ލަނޑު ޖަހައިފަ އެވެ.

ޕެޕޭ އަކީ ކުލަބު ފުޓުބޯޅައިގައި ވެސް އަދި ޤައުމީ ފެންވަރުގައި މޮޅު ކުޅުމެއް ދައްކާފައިވާ ޑިފެންޑަރެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ވެސް ޕެޕޭ ވަނީ ޕޯޗުގަލާއެކު މުބާރާތުގައި ކުޅެފަ އެވެ. މީގެ އިތުރުން އަންނަ އަހަރު އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލާއެކު ޕެޕޭ ފެންނާނެ ކަމުގެ ފުރުސަތު ބޮޑެވެ. ޔޫރޯ ކޮލިފައިންނަށް ޕޯޗުގަލް އިން އެކުލަވާލި ސްކޮޑުގައި ވެސް ޕެޕޭ ހިމެނެ އެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި
06 ޖޫން 2017

ޕެޕޭ ރެއާލް ދޫކޮށްލަން ނިންމައިފި

06 ޖޫން 2017
ޕެޕޭ ރެއާލް ދޫކޮށްލަން ނިންމައިފި
13 މެއި 2017

ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ

13 މެއި 2017
ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
02 އެޕްރީލު 2017

އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ

02 އެޕްރީލު 2017
އުމުރުން ދުވަސްވީ މީހުންގެ ރިޓަޔަމަންޓަކީ މަރުވުން: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު