Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމަރަފުށި ޑަބްލިއުޑީސީ

ތިމަރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކަންތައްތައް ގަވާއިދާއި އެއްގޮތަށް ގެންގޮސްފައިނުވޭ - އޮޑިޓް

24 އެޕްރީލު 2023 | ހޯމަ 10:24

2020 ވަނަ އަހަރުގެ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އެޕްރީލު 2023 | ހޯމަ 10:24
ތިމަރަފުށީ ޑަބްލިއުޑީސީ މެންބަރުން (ފ) އަދި ކައުންސިލް މެންބަރުން (ކ)

ތިމަރަފުށީ ޑަބްލިއުޑީސީ މެންބަރުން (ފ) އަދި ކައުންސިލް މެންބަރުން (ކ)

ތިމަރަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކަންތައްތައް ގަވާއިދާއި އެއްގޮތަށް ގެންގޮސްފައިނުވާ ކަމަށް އެ ކައުންސިލްގެ 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

މިކަމާއި ގުޅިގެން އޮޑިޓްގައި 7 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގެ 5.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން މަހަކު އެއްފަހަރު އެކޮމިޓީއެއް ނިސްބަތްވާ ރަށު ކައުންސިލާއެކު މަދުވެގެން 1 ބައްދަލުވުން ބާއްވަންވާނެއެވެ. އަދި މި ގަވާއިދުގެ 5.8 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހިންގުމަށް ކަނޑައަޅާ ހަރަކާތްތައް، ރަށު ތަރައްޤީގެ ޕްލޭންގައި ހިމަނައި އަދި ކޮމިޓީގެ އަހަރީ ޕްލޭން ތައްޔާރުކޮށް އެއަށް ބިނާކޮށް ބަޖެޓް ހަދަންވާނެކަމެވެ.

Advertisement - newsAdvertisement

މި ގަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޖަލްސާއެއް މަދުވެގެން މަހަކުު އެއްފަހަރު ބާއްވައި، ކޮމިޓީގެ ޖަލްސާތަކުގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބަލަހައްޓަން ވާނެ ކަމަށެވެ.

މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ކޮމިޓީގެ ފައިސާ އެ ކޮމިޓީއެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓެއްގައި ބެހެއްޓުމަށެވެ. އަދި މި ގަވާއިދުގެ 18 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ ކޮމިޓީގެ ޖަލްސާއަށް ހާޒިރުވާ ކޮންމެ މެންބަރަކަށް ކައުންސިލާއި ކޮމިޓީ އެއްބަސްވާ ގޮތެއްގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއެކު އެލަވަންސްއެއް ހަމަޖެއްސިދާނެކަމާއި، މިގޮތުން ފައިސާ ދެވޭނީ ގިނަވެގެން މަހަކުު 4 ޖަލްސާއަށް ކަމާއި އެއަށްވުރެ ގިނައިން ޖަލްސާ ބޭއްވިނަމަވެސް އެލަވެންސެއް ނުދެވޭނެ ކަމަށެވެ.

މި ގަވާއިދުގެ 20 ވަނަ މައްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، ކޮމިޓީގެ އަހަރީ ޕްލޭނުގައި، ކުރުމަށް ހިމަނާފައިވާ ކަންތައްތައް ހާސުލިވި މިންވަރު އެނގޭނޭގޮތަށް ކޮމިޓީގެ ތަފުސީލު ރިޕޯޓް ތައްޔާރުކޮށް، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހުުގެ ކުރިން ރަށުުކައުންސިލުގެ ރިޕޯޓުގައި ހިމެނުމަށް ފޮނުވުމަށެވެ.

20 ޑިސެމްބަރ 2016 ވަނަ ދުވަހު ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ ކޮންމެ މަހަކަށް 4 ޖަލްސާއަށްވުރެ އިތުރުނުވާގޮތަށް، ޖަލްސާއަކަށް 125 ރުފިޔާގެ ރޭޓުން ޖަލްސާގައި ބައިވެރިވާ މެންބަރުންނަށް އެލަވަންސެއް ދިނުމަށެވެ.

އޮޑިޓްގައި ބުނެފައިވަނީ ތިމަރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2020 ވަނަ އަހަރުގެ އެއްވެސް ލިޔެކިޔުމެއް ލިބިފައިނުވާތީ، އެ ކޮމިޓީ ހިންގާފައިވަނީ ގަވާއިދުތަކާއި އެއްގޮތައްކަން ކަށަވަރުކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް