Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

ބަދަލުތަކެއް ފެނުނު ނަމަވެސް ވެލެންސިއާ އަކީ ފުޓުބޯޅައިގެ ބްރޭންޑެއް: ސާންތީ

އޭނާ ބުނީ ވެލެންސިއާ އަކީ ރާއްޖޭގައި އޮތް ބްރޭންޑެއް ކަމަށާއި، އީގަލްސް އިން ވެލެންސިއާ "އަންޑައެސްޓިމޭޓް" ނުކުރާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 02:15
ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ ކޯޗު ސާންތީ

ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އީގަލްސްގެ ކޯޗު ސާންތީ

ޙާލަތު އޮތް ގޮތުން ކުލަބު ވެލެންސިއާ އިން ބަދަލުތަކެއް ފެނުނު ނަމަވެސް، އެ ޓީމަކީ ދިވެހި ފުޓުބޯޅައިގެ ބްރޭންޑެއް ކަމަށް ކުލަބު އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފި އެވެ.

ސާންތީ މިހެން ބުނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. އެ މެޗަށް ނިކުންނައިރު، ފައިދާ ބޮޑީ އީގަލްސް އަށެވެ. އެއީ އެ ޓީމުގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ބަލިކޮށްފައި އޮތުމުންނެވެ. ވެލެންސިއާގެ ފުރަތަމަ މެޗުގައި ވަނީ ސަސް އަތުން ބަލިވެފަ އެވެ.

ސާންތީ ބުނީ، ވެލެންސިއާއާ ދެކޮޅަށް އީގަލްސް އިން ނުކުންނާނީ ސަސް މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށްގެން ކަމަށެވެ. އޭނާ ބުނީ ކޮންމެ މެޗެއްގައި "ކަމްބެކް" ހެދުމަކީ ފަސޭހަކަމަކަށް ވެސް ނުވާނެ ކަމަށެވެ. އެކަން މުބާރާތުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ބުރު ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުން ވެސް ފެނުނު ކަމަށް ސާންތީ ބުންޏެވެ. އަދި ވެލެންސިއާ މެޗުގައި އެކަން ތަކުރާރުވާން ބޭނުންނުވާ ކަމަށާއި، އީގަލްސް އިން ބޭނުން ވަނީ މެޗުގައި އަވަހަށް ލަނޑެއް ޖަހައިގެން މެޗުގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަށް ކަމަށެވެ. އޭނާ ބުނީ ވެލެންސިއާ އަކީ ރާއްޖޭގައި އޮތް ބްރޭންޑެއް ކަމަށާއި، އީގަލްސް އިން ވެލެންސިއާ "އަންޑައެސްޓިމޭޓް" ނުކުރާނެ ކަމަށެވެ.

ކުރީ މެޗުގައި ހެދުނު ގޯސްތަކުގެ ވާހަކަ ދައްކަމުން ސާންތީ ބުނީ، ހަގީގަތުގައި އެހެން ދިމާވަނީ ދެ މެޗުގެ ދޭތެރޭގައި މާ ދުވަސް ވުމުން ކަމަށެވެ. އަދި އެކަމުގެ އިތުރުން ކުޅުންތެރިންނަށް މެޗު ފަސޭހަ ކޮށްލެވޭ ބައި ވެސް އޮންނަ ކަމަށެވެ. އެކަމުގެ ސަބަބުން އަމިއްލަ އަތުން މެޗު ގެއްލެނީ ކަމަށާއި، އެއީ ހަމައެކަނި ރާއްޖޭގައިވާ ކަމެއް ނޫން ކަމަށް ވެސް ސާންތީ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެއީ ދުނިޔޭގެ ފުޓުބޯޅައިގައި ވެސް، ރާއްޖެ އަށް ވުރެ ބޮޑެތި ކުލަބުތަކުގައި ވެސް ދިމާވާ މައްސަލައެއް ކަމަށެވެ. ސަސް މެޗަށް އިޝާރާތް ކުރަމުން ސާންތީ ބުނީ އެ މެޗުގައި އެގޮތަށް ކަންތައް ދިމާވުން އެއީ އީގަލްސް އަށް ރަނގަޅެއް ކަމަށެވެ. ސަބަބަކީ ކުޅުންތެރިން އެކަމަކީ ވަރަށް ބޮޑު ފިލާވަޅެއްގެ ގޮތުގައި ނަގާނެ ކަމަށާއި، ކުރިއަށް އޮތް މެޗަށް ނުކުންނާނީ އެކަމަސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. ސާންތީ ބުނީ ލީގުގައި ބޮޑެތި ޓީމުތަކަށް ބޮޑެތި ފުރުސަތުތައް އޮތް ނަމަވެސް، ޕްރެޒިޑެންޓްސް ކަޕް ކަހަލަ ކުރު މުބާރާތެއްގައި އަންނާނީ ވަރަށް ހީނުކުރާ ނަތީޖާ ކަމަށެވެ.

މީގެ އިތުރުން ސާންތީ ބުނީ ކުރިން މެޗުގައި ފެނުނީ އީގަލްސްގައި އޮތް ރޫހު ކަމަށެވެ. ޚާއްސަކޮށް މޮޅުވުމުގެ ރޫޙު މެޗުން ފެނުނު ކަމަށެވެ. އޭނާ ބުނީ މުޅި މެޗު އެނބުރުނީ އެންމެ އަށް މިނެޓުން ކަމަށާއި، އެއީ އީގަލްސްގައި ތިބި ކުޅުންތެެރިން އެ ރޫހު ދެއްކުމުން ލިބުނު ނަތީޖާއެއް ކަމަށެވެ. އޭނާ ބުނީ އެ ކުޅުންތެރިންނަކީ ވަރަށް ޒުވާން އިރުން ފެށިގެން އީގަލްސްގައި ތިބި ކުޅުންތެރިން ކަމަށާއި، އީގަލްސް އަށް ކޮންމެ ކޮންމެ ގޮތެއްވާން އެ ކުޅުންތެރިން ބޭނުން ވެސް ނުވާނެ ކަމަށެވެ. ކޮންމެ ވެސް ވަރެއްގެ އަނިޔާގައި ހުރި ނަމަވެސް، ވެލެންސިއާ މެޗުގެ ކޮންމެ ހިސާބަކުން އަޙުމަދު ރިޒުވާން (ރިޒޭ) ފެންނާނެ ކަމަށް ސާންތީ ވަނީ ބުނެފަ އެވެ. ރިޒޭ އަކީ މިވަގުތު ރާއްޖޭގައި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔެއް ކަމަށާއި، ރިޒޭ ކުޅެން ހުރި ނަމަ އޭނާ ބެންޗުގައި ބައިންދަންް ބޭނުން ނުވާ ކަމަށް ވެސް ސާންތީ ވަނީ ބުނެފަ އެވެ.

ބިދޭސީ ކުޅުންތެރިންގެ ވާހަކަ ދައްކަމުން ސާންތީ ބުނީ، ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. ނަމަވެސް އީގަލްސް ކުރިއަށް ކުޅެމުން އަންނަ ބިދޭސީ ކުޅުންތެރިޔާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ބާކީ ތިބި ތިން ކުޅުންތެރިންނާމެދު ކުރިއަށް އޮތް ތަނުގައި ވާނެ ގޮތަކާމެދު އެއްޗެއް ބުނަން ދަތި ކަމަށް ވެސް ސާންތީ ބުންޏެވެ. ނަމަވެސް އީގަލްސް އިން ދެން އަންނަ ޓްރާންސްފާއެއްގައި އެހެން ކުޅުންތެރިން ހޯދަން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ވެސް ސާންތީ ވަނީ ކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި އީގަލްސް އިން ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ހޯމަ ދުވަހުގެ ރޭ 10:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

މާލޭ ލީގު: ވެލެންސިއާ އާއި ނިއު ބައްދަލުކުރާ މެޗު ފަސްކޮށްފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު