Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިންގެ އެހީގައި ފަލަސްތީނުގައި މިސްކިތެއް އެޅު

ދިވެހިންގެ އެހީގައި ފަލަސްތީނުގައި މިސްކިތެއް އަޅަނީ

23 އެޕްރީލު 2023 | އާދީއްތަ 07:29

މިއީ ދިވެހިންގެ އެހީއާއެކު ފަލަސްތީނުގައި ބިނާ ކުރާ ފުރަތަމަ މިސްކިތް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 އެޕްރީލު 2023 | އާދީއްތަ 07:29
ދިވެހިންގެ އެހީގައި ގާޒާގައި ބިނާ ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ދިވެހިންގެ އެހީގައި ގާޒާގައި ބިނާ ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ދިވެހިންގެ އެހީގައި ފަލަސްތީނުގައި މިސްކިތެއް ބިނާ ކުރުމަށް ނިންމައި ބިންގާ އަޅައިފިއެވެ.

"މަސްޖިދުލް ގުއްދޫސް" ގެ ނަމުން ނަން ދީފައިވާ މި މިސްކިތް ބިނާ ކުރުމަށް ނިންމާފައިވަނީ ފަލަސްތީނުގެ ގާޒާގައެވެ. ބިންގާ އެޅުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެ ސަރަހައްދުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

Advertisement - newsAdvertisement

ދިވެހިންގެ އެހީގައި ފަލަސްތީނުގައި މި މިސްކިތް ބިނާ ކުރަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންނެވެ. "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެމުން އައިއޭސީން ބުނީ މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ގާޒާގައި މިސްކިތެއް ނުހުންނަށް ސަރަހައްދެއްގައި ކަމަށެވެ. އެ ސަރަހައްދަކީ 50،000 މީހުންގެ އާބާދީއެއް ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އައިއޭސީން ބުނީ މިއީ ދިވެހިންގެ އެހީގައި ފަލަސްތީނުގައި ބިނާ ކުރާ ފުރަތަމަ މިސްކިތް ކަމަށެވެ. ތިން ބުރިއަށް ހަދާ މި މިސްކިތުގައި އެއްފަހަރާ 1100 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި އެ މިސްކިތް ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ޒަމާނީ ފެންވަރަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

މި މިސްކިތް ބިނާ ކުރުމަށް ފަންޑު ހަމަޖައްސަނީ އައިއޭސީން ހުޅުވާފައިވާ "ތަޖުރީ" ފަންޑުންނެވެ. މިއީ ކްރައުޑް ފަންޑެކެވެ. މިއީ އެކި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ދިވެހިންނަށް އެ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލާފައިވާ ފަންޑެކެވެ.

ދިވެހިންގެ އެހީއާއެކު އައިއޭސީން ވަނީ މިހާތަނަށް އެކި ޤައުމުތަކުގައި އަށަކަށްވުރެ ގިނަ މިސްކިތް ބިނާ ކޮށްފައެވެ. އަދި މިހާރު ވެސް ގާޒާ ހިމެނޭހެން ހަތަރު މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިއޭސީން ބުންޏެވެ. އެއީ ސޯމާލީ ލޭންޑާއި އިންޑޮނޭޝިއާ އާއި ކެންޔާގައެވެ.

އައިއޭސީ މެދުވެރިކޮށް ދިވެހިންގެ ތެރެއިން އަމިއްލަ ޚަރަދުގައި އެހެން ޤައުމެއްގައި މިސްކިތެއް ބިނާ ކުރުން ފަދަ ބޮޑު ސަދަގާތެއް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެ ޖަމިއްޔާއިން މިހާތަނަށް ބިނާ ކޮށްފައިވާ މިސްކިތްތަކުގެ ތެރޭގައި ވެސް އެކަކު އަމިއްލައަށް ޚަރަދުކޮށްގެން ބިނާ ކޮށްފައިވާ މިސްކިތް ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2017

އަމީތާބު ދިވެހިންގެ އަޑު އައްސަވައިފި، ޝުކުރިއްޔާ: މަހުލޫފް

07 ސެޕްޓެމްބަރު 2017
އަމީތާބު ދިވެހިންގެ އަޑު އައްސަވައިފި، ޝުކުރިއްޔާ: މަހުލޫފް
05 ސެޕްޓެމްބަރު 2017

މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި

05 ސެޕްޓެމްބަރު 2017
މިޔަންމާގައި ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޤުނޫތު ނާޒިލާ ކިޔަން ނިންމައިފި
22 އޯގަސްޓު 2017

ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

22 އޯގަސްޓު 2017
ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ
16 އޯގަސްޓު 2017

ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ

16 އޯގަސްޓު 2017
ދިވެހިންގެ މެހުމާންދާރީގެ ނުރަނގަޅު ފައިދާ ނަގައިގެން ނުވާނެ: އަކިލޭޝް މިޝްރާ
30 ޖުލައި 2017

އެކަހެރިކޮށް ބަންދުކޮށްފައި ދެ އަހަރު، ބޭސްފަރުވާއަށްވެސް ހުރަސް އަޅަނީ، މިއީ އަނިޔާއެއް: އަދީބުގެ އަނބިކަނބަލުން

30 ޖުލައި 2017
އެކަހެރިކޮށް ބަންދުކޮށްފައި ދެ އަހަރު، ބޭސްފަރުވާއަށްވެސް ހުރަސް އަޅަނީ، މިއީ އަނިޔާއެއް: އަދީބުގެ އަނބިކަނބަލުން
10 ޖުލައި 2017

ގާސިމްގެ މައްސަލަތައް ކުރިއަށް ގެންދެވިދާނެތޯ މިރޭ ކަނޑައަޅަނީ

10 ޖުލައި 2017
ގާސިމްގެ މައްސަލަތައް ކުރިއަށް ގެންދެވިދާނެތޯ މިރޭ ކަނޑައަޅަނީ
09 ޖުލައި 2017

އިތުރު މަގެއްގައި ތާރު އަޅަނީ

09 ޖުލައި 2017
އިތުރު މަގެއްގައި ތާރު އަޅަނީ
05 ޖޫން 2017

ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު

05 ޖޫން 2017
ދިވެހި ހާރިޖީ ސިޔާސަތު ކަނޑައަޅަނީ ރިޔާޟްގައި ތިބި ފައިސާވެރިން: ރައީސް ނަޝީދު
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް