Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާނުގައި ހިނގަމުންދާ ހަނގުރާމަ

ސޫދާން ހަނގުރާމަ: 400ށްވުރެ ގިނަ މީހުން މަރުވެ 3،500 ށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

21 އެޕްރީލު 2023 | ހުކުރު 18:15

20 ސިއްހީ ފެސިލިޓީގެ މަސައްކަތް ހުއްޓިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އެޕްރީލު 2023 | ހުކުރު 18:15
ސޫދާންގެ ހަމަނުޖެހުން

ސޫދާންގެ ހަމަނުޖެހުން

ސޫދާނުގައި ހިނގަމުންދާ ހަނގުރާމައިގައި 400ށްވުރެ ގިނަ މީހުން މަރުވެ 3،500ށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ވިދާޅުވީ، ހަތަރުސަތޭކަ ތިރީސް މީހުން މަރުވެ، 3،551 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. ސޫދާނުގެ ހެލްތު މިނިސްޓްރީގެ ހިސާބުތަކާ ހަވާލާދީ ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ވިދާޅުވީ 20 ސިއްހީ ފެސިލިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެގައުމުގައި 12 ފެސިލިޓީ ހުއްޓާލުމުގެ ނުރައްކާ އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމުގެ އަސަރު ކުރާނީ މި ބިރުވެރި ޖަރީމާގެ ތެރޭގައި ޒަޚަމްވެފައިވާ މީހުންނަށް އެކަނިނޫންކަމަށާ ކުރިން ފަރުވާ ހޯދަމުން އައި މީހުންނަށްވެސް ވަރަށް ބޮޑަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން ނުވަ ކުއްޖަކު ހިމެނެއެވެ. އަދި 50 އަށް ވުރެ ގިނަ ކުދިން ޒަޚަމްވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ.

ހަނގުރާމައިގެ ސަބަބުން އެގައުމުގެ ކުދި ދަރިންނަށް ބޮޑު ގެއްލުމެއް ލިބެމުން އެބަދާކަމަށާ ހަނގުރާމައިގެ ޖަރީމާ ކުރިއަށްދާހާ ހިނދަކު އެކަމުގެ އަގު ދައްކަމުން ގެންދާނީ ކުޑަކުދިން ކަމަށް ޔުނިސެފުން ބުނެފައިވެއެވެ. މި ހަނގުރާމައިގެ މާނައަކީ ގިނަ އާއިލާތައް ތާށިވެ، ކަރަންޓް ލިބޭ މިންވަރު މަދުވެ ނުވަތަ އެއްގޮތަކަށް ނުލިބި، ކާނާ އާއި ފެނާއި ބޭސް ހުސްވެދާނެ ކަމުގެ ބިރު،ބޮޑުވެގެން ދިއުން ކަމަށް ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވިއެވެ.

ދުނިޔޭގައިވެސް އެންމެ ގިނައިން ކުޑަކުދިންނަށް ކާނާ ލިބުން ދަތިވެފައިވާ އެއް ސަރަހައްދު ސޫދާނުގައި ކުރިން ވެސް އޮތް ކަމަށާއި ކުއްލިއަކަށްފެށި މި ހަނގުރާމައިގެ ސަބަބުން ކްރިޓިކަލް ލައިފް ސޭވިންގ ކެއާ މިހާރު ވަނީ އެއްކޮންހެން ހުއްޓިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހަނގުރާމައިގެ ސަބަބުން 40 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ވެކްސިން އާއި އިންސިއުލިން ކޯލްޑް ސްޓޯރޭޖް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވެސް ވިދާޅުވެ އޭނާ ވަނީ އެކަން ދުނިޔޭގެ ޚާއްސަ ސަމާލު ކަމަށް ގެންނަވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް