Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތުން މިރޭ ދެ ބައިވެރިން ވަކިވާނެ

މިރޭ 9:30ގައި ރާއްޖެ ޓީވީން ރަންތާޖު ޤުރުއާން މުބާރާތް ދައްކާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2023 | ހުކުރު 13:44
"ރަންތާޖު" ޤުރުއާން މުބާރާތުގެ ބައިވެރިން - އާމިލާ މުހައްމަދާއި މަރިޔަމް މައިސާ އިބްރާހީމް ވަނީ ޝޯ އާ އަލްވަދާއު ކިޔާފައި

"ރަންތާޖު" ޤުރުއާން މުބާރާތުގެ ބައިވެރިން - އާމިލާ މުހައްމަދާއި މަރިޔަމް މައިސާ އިބްރާހީމް ވަނީ ޝޯ އާ އަލްވަދާއު ކިޔާފައި

ރަންތާޖު ޤުރުއާން މުބާރާތުގެ ހަތަރު ވަނަ އެލިމިނޭޝަން ރައުންޑް މިރޭ ރާއްޖެ ޓީވީން ދައްކާނެއެވެ.

ރަންތާޖު މުބާރާތް ފަށައިފައިވަނީ 24 މާރޗް 2023 ވީ ހުކުރު ދުވަހުގެ ރޭ އެވެ. އެ މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނައިބުރައީސް ފައިސަލް ނަސީމްއެވެ. ފެށުމުގެ ރަސްމިއްޔާތަށްފަހު މުބާރާތުގެ ފުރަތަމަ ކިޔެވުން އެ ރޭ ވަނީ ފަށައިފައެވެ.

Advertisement - newsAdvertisement

މިރޭ ރާއްޖެ ޓީވީން ގެނެސްދޭނީ ރަންތާޖު ޤުރުއާން މުބާރާތުގެ ފަސް ވަނަ ޝޯއާއި ހަތަރު ވަނަ އެލިމިނޭޝަން އެވެ. މިރޭގެ އެލިމިނޭޝަން ރައުންޑުގައި ދެ ބައިވެރިއަކު މުބާރާތާ އަލްވަދާއު ކިޔާނެއެވެ. މިރޭ 9:30ގައި ރާއްޖެ ޓީވީން ރަންތާޖު ޤުރުއާން މުބާރާތް ދައްކާނެއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ ދެވަނަ ބުރުން ވަކިވެގެންދިޔަ ދެ ބައިވެރިން އެންމެ ފަހު ޝޯ ގައި ވަނީ އިއުލާންކޮށްފައެވެ. އެ ދެ ބައިވެރިންނަކީ މުބާރާތުގެ 10 ވަނަ ބައިވެރިޔާ އާމިލާ މުހައްމަދާއި މުބާރާތުގެ 11 ވަނަ ބައިވެރިޔާ މަރިޔަމް މައިސާ އިބްރާހީމެވެ. މިހާރު މުބާރާތުގައި ވާދަކުރަނީ 9 ބައިވެރިންނެވެ. މި 9 ބައިވެރިންގެ ތެރެއިން މިރޭ ދެ ބައިވެރިން ވަކިވުމުން ދެން ތިބޭނީ 7 ބައިވެރިންނެވެ.

ހަ އެޕިސޯޑަށް ކުރިއަށްދާ މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް ތިން ލައްކަ ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް އެއް ލައްކަ ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 75000 ރުފިޔާ ލިބޭނެއެވެ.

މުބާރާތުގެ ބައިވެރިންނަށް އިނާމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެލިމިނޭޓްވެގެންދާ ފަރާތްތަކަށް ވެސް ގިނަ އިނާމުތަކެއް ލިބޭނެއެވެ.

މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 "ފްލޫ ކޮމެޓީ" މިރޭ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި

"ފްލޫ ކޮމެޓީ" މިރޭ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި

05 އެޕްރީލު 2017
ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި

ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި

02 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

31 މާރިޗު 2017
އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ

އެމްޑީޕީގެ ބޮޑު ޖަލްސާއެއް މިރޭ ވައިކަރަދޫގައި ބާއްވަނީ

30 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު