Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓްރީ

ބެސްޓް ޓޫރިޒަމް ވިލެޖަސް 2023ށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

21 އެޕްރީލު 2023 | ހުކުރު 12:41

ޝަރުތުތައް ހަމަވާ 8 ރަށަކަށް ފުރުސަތުދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 އެޕްރީލު 2023 | ހުކުރު 12:41
ބެސްޓް ޓޫރިޒަމް ވިލެޖަސް 2023 އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން

ބެސްޓް ޓޫރިޒަމް ވިލެޖަސް 2023 އަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްއިއްޔާ، ޔޫއެންޑަބްލިއުޓީއޯއިން ކުރިއަށް ގެންދާ "ބެސްޓް ޓޫރިޒަމް ވިލެޖަސް 2023"އަށް ވާދަކުރުމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް ޔޫއެންޑަބްލިއުޓީއޯއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޮވިޑަށްފަހު އެކިގައުމުތަކުގެ ފަތުރުވެރިކަން އަލުން ކުރިއަރުވައި ތަރައްގީކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ބެސްޓް ޓޫރިޒަމް ވިލެޖަސް އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖެއަށް ވެސް ލިބިފައިވާއިރު، ޝަރުތު ހަމަވާ 8 ރަށަކަށް ފުރުސަތު ދޭން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

Advertisement - newsAdvertisement

އެ މިނިސްޓްރީން ފުރަތަމަ މި ފުރުސަތު ހުޅުވާލީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ވީހާވެސް ގިނަ ރަށްރަށަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްޓަކައި މުއްދަތު އިތުރު ކުރީ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މި ފުރުސަތު މިހާރު އިތުރު ކޮށްފައިވަނީ މި މަހުގެ 25ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.

ބެސްޓް ޓޫރިޒަމް ވިލެޖަސްއަކީ ރަށްފުށުގެ ތަރައްގީއާއި އެރަށެއްގެ ދުޅަހެޔޮ ދިރުއުޅުމެއް މަގުފަހިކޮށް، ފަތުރުވެރިކަން ބޭނުންކުރުމަށް ހިތްވަރު ދިނުމަށް އަދި ރަށްފުށުގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 40 ގައުމަކުން 70އަށްވުރެ ގިނަ އަވަށާއި ރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާ ރަށްތަކުގެ ތެރެއިން އަށް ރަށް ހޮވާނީ ފަތުރުވެރިކަން ފުޅާވުމަށް މަގުފަހިވެފައިވާ މިންވަރަށް ބެލުމަށްފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. މި 8 ރަށަށް ބޭނުންވާ އެޕްލިކޭޝަން ފޯމާއި، "ކެންޑިޑެސީ ޑޮކިއުމެންޓް" ފުރިހަމަކުރުމާއި، ވީޑިއޯ އަދި ޖެނެރަލް ޕްރެޒެންޓޭޝަން ތައްޔާރުކުރުމުގައި ޓޫރިޒަމް މިނިސްޓްރީން އެހީތެރިވާނެއެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ފޯމް ހުށަހަޅާއިރު، ރަށުގައި ސަގާފީގޮތުން ހިމާޔަތްކޮށްފައިވާ ތަންތަނާއި، ރަށުގައި ހިމާޔަތް ކުރެވިފައިވާ ގުދުރަތީ ރީތި ތަންތަނާއި، ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކަނޑައެޅި ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ރަށު ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލުން އިސްނަގައިގެން ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި، ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ހިންގާ ޕްރޮގްރާމްތަކާއި، ރަށުގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށާއި، ޚާއްސަކޮށް ފަތުރުވެރިކަމާ ގުޅުންހުރި ތައުލީމީ ހުނަރު ކުރިއެރުވުމަށާއި، ހުނަރު ތަރައްގީ ކުރުމުގެ އިތުރުން ދެ ޖިންސަށް ހުރި ފުރުސަތުތައް ފާހަގަކޮށް، އަންހެނުންނަށް މި ދާއިރާއަށް ނެރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބެލުމަށްފަހު، ރަށު ފެންވަރުގައި ކުރެވިފައިހުރި މަސައްކަތްތައް އެނގޭ ގޮތަށް ފޯމް ހުށަހެޅުމަކީ މުހިންމު ކަމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ، ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީވެ، ކުރިއެރުމަށް މަގުފަހިވެފައިވާ ރަށްރަށުގެ ތެރެއިން، ރަށުގައި ދިރިއުޅޭ އާބާދީ 15،000ށްވުރެ މަތިނޫން ރަށްރަށަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް