Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުވެންޓަސް

އުނިކުރި 15 ޕޮއިންޓު އަލުން ދިނުމުން ޔުވެންޓަސް ތިން ވަނަ އަށް

21 އެޕްރީލު 2023 | ހުކުރު 02:05

މި މައްސަލަ އަލުން ބަލާތީވެ، އަދިވެސް ޔުވެންޓަސް ކުށްވެރިވެދާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 21 އެޕްރީލު 2023 | ހުކުރު 02:05
ޔުވެންޓަސްގެ ކުޅުންތެރިން: ޓީމު މިހާރު އޮތީ ތިންވަނާގައި

ޔުވެންޓަސްގެ ކުޅުންތެރިން: ޓީމު މިހާރު އޮތީ ތިންވަނާގައި

ކުޅުންތެރިން ގަނެވިއްކުމުގައި މާލީ ގޮތުން މަކަރު ހެދިކަން ސާބިތުވެ، ޔުވެންޓަސްގެ ކިބައިން އުނިކުރި 15 ޕޮއިންޓް އަލުން ދޭން އިޓަލީގެ އެންމެ މަތީ ކުޅިވަރު ކޯޓުން ނިންމުމާއެކު އިޓާލިއަން ލީގުގެ ތިން ވަނަ އަށް އެޓީމު ޖެހިލައިފި އެވެ.

ޔުވެންޓަސް އަށް މިދިޔަ ޖެނުއަރީ މަހު އަދަބު ދިނީ 2018 އިން 2020އާ ދެމެދުކުރި މާލީ މުއާމަލާތްތަކުގައި މަކަރު ހަދައި ބެލެންސް ޝީޓް އޮޅުވާލީތީ އެވެ. މިކަމުގެ ކުށުގައި އެކުލަބުގެ 11 ޑިރެކްޓަރަކަށް ވެސް އަދަބު ދިނެވެ. މީގެ ތެރެއިން އިނގިރޭސިވިލާތުގެ ޓޮޓެންހަމަށް ބަދަލުވި ޑިރެކްޓަރުގެ އިސްތިއުނާފު ކާމިޔާބެއްނުވި އެވެ.

އިޓަލީގެ ސްޕޯޓްސް ގެރެންޓީ ބޯޑުން ބުނީ ކޯޓުން ނިންމާފައިވަނީ ޔުވެންޓަސްގެ އިސްތިއުނާފު އަލުން ބެލުމަށެވެ. އަދި އާ ފަނޑިޔާރުންގެ ބެންޗަކުން އަލުން މި މައްސަލާގައި ގޮތެއް ނިންމަންދެން އުނިކުރި ޕޮއިންޓް އިއާދަކުރުމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް މައްސަލަ ބަލައި ނިމޭއިރު އަދިވެސް ޔުވެންޓަސް އަށް މައްސަލަ ނާކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށް އިޓަލީގެ ނޫސްތަކުން ބުނެ އެވެ.

މި މައްސަލާގައި ގާނޫނީ ވަކީލުން ފުރަތަމަ އެދުނީ ޔުވެންޓަސްއިން ނުވަ ޕޮއިންޓް އުނިކުރުމަށެވެ. ނަމަވެސް މައްސަލަ ބެލި ބެންޗުން ނިންމީ 15 ޕޮއިންޓް އުނިކުރުމަށެވެ.

ޓޭބަލުގެ 11ވަނައިން ޔުވެންޓަސް މިހާރު ތިން ވަނާގައި އޮތީ 59 ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ 75 ޕޮއިންޓާއެކު ނާޕޮލީ އެވެ. ދެވަނާގައިވަނީ 61 ޕޮއިންޓާއެކު ލާޒިއޯ އެވެ. ޔުވެންޓަސްގެ ޕޮއިންޓް އަލުން ދިނުމުން އެންމެ ބޮޑަށް ގެއްލުން ދެއްކީ ރޯމާ އާއި މިލާނުގެ ވާދަވެރި ދެ ޓީމު ކަމަށްވާ އޭސީ މިލާނާއި އިންޓަމިލާނަށެވެ. ރޯމާ މިވަގުތު ހަތަރުވަނާގައިވަނީ 56 ޕޮއިންޓާއެކުގަ އެވެ. އެސީ މިލާނަށް 53 ޕޮއިންޓް އަދި އިންޓަމިލާނަށް ލިބެނީ 51 ޕޮއިންޓާއެކު ހަވަނަ އެވެ. ޔުވެންޓަސް ކުރިއަށް އައުމަކީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މި ޓީމުތަކުން ކުރާ މަސައްކަތަކަށް އެޅުނު ހުރަހެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ޔުވެންޓަސް ލީގު ނެގުމާ ގާތަށް

09 އެޕްރީލު 2017
ޔުވެންޓަސް ލީގު ނެގުމާ ގާތަށް
08 އެޕްރީލު 2017

ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް

08 އެޕްރީލު 2017
ކުޅުނު ކުޅުމަށް ބަލާއިރު މި ލިބުނީ ހައްގު 3 ޕޮއިންޓު: ޓަވަރޭޒް
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
04 އެޕްރީލު 2017

މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ

04 އެޕްރީލު 2017
މުޅި ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި، އަމާޒަކީ ތިން ޕޮއިންޓު ހޯދުން:ޗެތުރީ
26 މާރިޗު 2017

ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ

26 މާރިޗު 2017
ޔޫވީ ފުރަތަމަ ޑިވިޝަނަށް ނެރެދިން ކޯޗު އަލުން އެޓީމާ ގުޅިއްޖެ
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
01 މާރިޗު 2017

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް