Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަލީގާ

ނެގްރެއިރާ އަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގައި ލަލީގާގެ ޚާއްސަ ބައްދަލުވުމެއް ބާއްވައިފި

ބާސެލޯނާ އަށް ކޮށްފައިވާ ތުހުމަތަކީ ނެގްރެއިރާގެ ވިޔަފާރީ ކުންފުންޏަކަށް ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފައިވާ ތުހުމަތު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އެޕްރީލު 2023 | ބުރާސްފަތި 02:31
ސްޕެނިޝް ލީގުގެ ޚާއްސަ ބައްދަލުވުމުގެ ތެރެއިން

ސްޕެނިޝް ލީގުގެ ޚާއްސަ ބައްދަލުވުމުގެ ތެރެއިން

ސްޕެނިޝް ލީގުގެ ބާސެލޯނާ އިން އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ޚާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ ސްޕެއިންގެ މެޑްރިޑުގައި ހުންނަ ސްޕެނިޝް ލީގުގެ މައި އިދާރާގަ އެވެ. ބާސެލޯނާ އަށް ކޮށްފައިވާ ތުހުމަތަކީ ނެގްރެއިރާގެ ވިޔަފާރީ ކުންފުންޏަކަށް ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ދީފައިވާ ތުހުމަތެވެ. އެ މައްސަލައިގައި ބާސެލޯނާއާ ދެކޮޅަށް ކޯޓުގައި މިހާރު ވަނީ ދައުވާކޮށްފަ އެވެ. އަނެއްކޮޅު ޔުއެފާ އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ މައްސަލައިގައި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވަނީ މިދިޔަ ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ބާސެލޯނާ އިން ނާޖާއިޒު ފައިދާތަކެއް ހޯދުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި، އެ ކުލަބާ ދެކޮޅަށް ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ލަޕޯޓާ ވިދާޅުވެފައި ވަނީ ބާސެލޯނާ އިން އެ ކުލަބުގެ އެތެރޭގައި ބެލި ބެލުންތަކުން ވެސް އެކަމުގައި އެއްވެސް ގޯހެއް ފެންނަން ނެތް ކަމަށެވެ. އޭނާ ތުހުމަތު ކުރީ ސްޕެނިޝް ލީގުގެ ރައީސް އިސްވެ ހުންނަވާ، ބާސެލޯނާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ލަޕޯޓާ ވަނީ އޭނާގެ ބަހުގެ ހަމަލާތައް ވާދަވެރި ރެއާލް މެޑްރިޑަށް ވެސް އަމާޒުކޮށްފަ އެވެ. އޭނާ ވިދާޅުވި ރެއާލް އަކީ އެންމެ ގިނައިން އަބަދު ވެސް ރެފްރީންނަށް ރިޝްވަތު ދޭ ކުލަބު ކަމަށެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ސްޕެނިޝް ލީގުގެ އިސްވެރިން ވެސް ވަނީ ހާޒިރުވެފަ އެވެ. އެ ބައްދަލުވުމުގައި އަދި ބައްދަލުވުމަށް ފަހު ވެސް ލަޕޯޓާ ވަނީ ސްޕެނިޝް ލީގުގެ ރައީސް އަދި އިސްވެރިންނާ ސަލާމް ކުރައްވައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

ޑޯޓްމަންޑް ބަހަށް ހަމަލާ ދިން މީހަކު ހައްޔަރުކޮށްފި

21 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

ބަހަށް ދިން ހަމަލާއާއެކު ޑޯޓްމަންޑު ޗެމްޕިއަންސް ލީގުން ވަކިވަނީ!

15 އެޕްރީލު 2017
ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

ސަންޑަލޭންޑްގެ ކޯޗު އަންހެން ރިޕޯޓަރަކަށް އިންޒާރުދިން މައްސަލަ ބަލަނީ!

04 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު