Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ދެ ލަނޑުގެ ލީޑެއް އޮތުމަކީ ހަމަޖެހުމެއް ނޫން: އަންޗެލޮޓީ

ފުޓުބޯޅަ އަކީ ވަރަށް އަވަހަށް ހާލަތު ބަދަލުވާނެ ކުޅިވަރެއް، ކުޅުންތެރިންނަށް ވެސް އެކަން އެނގޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އެޕްރީލު 2023 | އަންގާރަ 08:14
ކުއާޓާ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އަންޗެލޮޓީ

ކުއާޓާ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގަށް ކުރިމަތިލާއިރު، ދެ ލަނޑުގެ ލީޑެއް އޮތުމަކީ ހަމަޖެހުމެއް ނޫން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ކުއާޓާގެ ދެ ވަނަ ލެގުގައި ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގަ އެވެ. މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކުރީ 2-0 އިންނެވެ. އެހެންކަމުން ޗެލްސީ އަށް ސެމީ ފައިނަލުން ޖާގަ ލިބެން އޮތީ ދެ ލަނޑަށް ވުރެ ފަރަގު ބޮޑުކޮށް ރެއާލް ބަލިކޮށްގެންނެވެ.

އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އަަންޗެލޮޓީ ބުނީ، ފުރިހަމަ މެޗެއް ކުޅެން ޖެހޭނެ ކަމަށާއި ސަބަބަކީ ނުވަ ދިހަ މިނެޓު ބާކީ އޮތުން ކަމަށެވެ. ޗެމްޕިއަންސް ލީގަކީ ވަރަށް ވާދަވެރި މުބާރާތެއްކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެ މުބާރާތުގައި ކޮންމެ ފަދަ ގޮތަކަށް ވެސް ނަތީޖާ ނިކުމެދާނެ ކަމަށެވެ. އެހެންކަމުން ރެއާލުން އެމީހުންގެ އެންމެ ފުރިހަމަ ފެންވަރުގައި މެޗަށް ތައްޔާރުވާނެ ކަމަށެވެ. މިދިޔަ ސީޒަނުގައި ވެސް ރެއާލާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކޯޗު ބުނީ، އޭނާ އަށް ފެންނަ ގޮތުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގުގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ. މީގެއިތުރުން ފުޓުބޯޅަ އަކީ ވަރަށް އަވަހަށް ހާލަތު ބަދަލުވާނެ ކުޅިވަރެއް ކަމަށާއި، ކުޅުންތެރިންނަށް ވެސް އެކަން އެނގޭނެ ކަމަށެވެ. އޭނާ ބުނީ އިތުރަށް ކުޅުންތެރިންނަށް އެކަން ބުނެދޭން ނުޖެހޭނެ ކަމަށާއި، ސަބަބަކީ މި މުބާރާތަަކީ ރެއާލްގެ ކުޅުންތެރިންނަށް ވަރަށް ފަރިތަ މުބާރާތަކަށްވުން ކަމަށެވެ.

މި ދެ ޓީމު ވަނީ މިދިޔަ ސީޒަންގެ ކުއާޓާ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އަންޗެލޮޓީ ބުނީ، މިދިޔަ ސީޒަނުގައި ވެސް ރެއާލަށް އެންމެ އުނދަގޫވީ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު ކަމަށެވެ. އެފަހަރު ވެސް ރެއާލުން ލީޑުގައި އޮވެ، ދެ ވަނަ ލެގަށް ކުރިމަތިލީ ނަމަވެސް އެ މެޗުގައި އެތައް ކަމެއް ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ. އެހެންކަމުން މިއަހަރު އެގޮތަށް ކަންތައްވާން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ހަމަޖެހިގެން ސެމީ ފައިނަލަށް ދަތުރު ކުރުން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ، ރެއާލްއަކީ ޗެމްޕިއަންސް ލީގުގެ ތާރީޚާ ގުޅިފައިވާ ޓީމެއް ކަމަށާއި، އެ ޓީމުން 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާނެ ކަމަށެވެ. އަދި ރެއާލް އަކީ ޗެމްޕިއަންސް ލީގުގެ "ކިންގު" ކަމަށާއި، އެހެންކަމުން އަދި ވެސް ބޭނުން ވަނީ ކުރިއަށް އޮތް ތަނުގައި އެ މުބާރާތް ވީހާވެސް ގިނައިން ކާމިޔާބު ކުރަން ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައު ރެއާލުން ޗެލްސީއާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު