Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުގައި ގައިދީން ސިއްރުން ފޯނު ބޭނުންކުރުން

ޖަލުގައި ގައިދީން ބޭނުންކުރާ ފޯނު ނަމްބަރުގެ ފުރިހަމަ މައުލޫމާތު ސަރވިސް ޕްރޮވައިޑަރުން ނުދޭ، އެދެނީ ޤާނޫނީ ހައްލަކަށް: ހޯމް މިނިސްޓަރު

18 އެޕްރީލު 2023 | އަންގާރަ 07:59

ޒިންމާދާރުކުރުވުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ފަރާތުން ހަރުކަށި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އެޕްރީލު 2023 | އަންގާރަ 07:59
ގައިދީން، ކަރެކްޝަންސް

ގައިދީން، ކަރެކްޝަންސް

މާފުށި ޖަލު ހިމެނޭ ސަރަހައްދުގައި ބޭނުންކުރާ ފޯނުތަކުގެ މައުލޫމާތު އެއްކުރެވުނު ނަމަވެސް ނެޓްވޯކް އޮޕަރޭޓަރުން ފުރިހަމަ މައުލޫމާތު ފުލުހުންނަށް ނުދޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، މިނިސްޓަރ އޮފް ހޯމް އެފެއަޒް އައްޝައިޚް ޢިމްރާން ޢަބްދުاللهއާ ކުރައްވާފައިވާ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. އެ ޖަވާބު އިއްވަވާދެއްވީ މަޖިލީހުގެ އަމީންއާމެވެ. މެންބަރު އިބްރާހިމް ރަޝީދުގެ އެ ސުވާލުގައި މިދިޔަ އަހަރު ޖަލު ސަރަޙައްދުގައި ވަކިން ޚާއްޞަ އެންޓަނާއެއް ހަރުކުރިތޯ ސުވާލުކުރައްވާފައިވެއެވެ. އަދި އެފަދަ އެންޓަނާގެ ވަސީލަތުން ޖަލުގެ ގޮޅިތަކަށް ސިއްރުން ފޯނު ވައްދައިގެން އެކިއެކި ބޭންކްތަކާއި އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި ޢާންމު ރައްޔިތުންނަށް އޮޅުވާލައިގެން "ފައިސާ ފޭރޭ ކޯލް ސެންޓަރު" ހިންގަން ބޭނުންކުރާ ކަމަށާއި ބޭނުންކުރާ ފޯނު ނަންބަރުތަކުގެ މަޢުލޫމާތު ނެގޭގޮތަށް ހުރި ނަމަވެސް އެ މަޢުލޫމާތު ތަޙުޤީޤީ އިދާރާތަކާ ހިއްސާނުކުރާކަމުގެ މަޢުލޫމާތު ލިބޭ ކަމަށް އެ ސުވާލުގައި ވަނީ ވިދާޅުވެފައެވެ. އެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކުން ހިއްސާ ކުރަން އެދިފައިވާނަމަ އެ މަޢުލޫމާތު ހިއްސާ ނުކުރަނީ ކީއްވެތޯ ސުވާލުކުރައްވާފައިވެއެވެ. އަދި ޖަލުތެރޭގައި ހިންގި ކަމަށް ބުނާ މިފަދަ ކޯލް ސެންޓަރު ހިންގުން ހުއްޓުވަން މިހާތަނަށް ކުރެވުނު މަސައްކަތަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފައިވެއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ އޮޕަރޭޓަރުން ފޯރުކޮށްދޭ މައުލޫމާތުތައް ތަފާތު ފޯމެޓްތަކުގައި ހުރުމަކީ ގޮންޖެހުމަކަށް ވާ ކަމަށެވެ. ކަރެކްޝަންސް ސަރވިސް އާއި ފުލުހުން އަދި ޓެލިކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާފުށީ ޖަލު ސަރަހައްދުގައި މި އަހަރު އެންޓެނާއެއް ހަރުކޮށްފައިވާ ކަމަށާއި އެ އެންޓެނާގެ ޒަރީއާއިން އެ ސަރަަހައްދުގައި ބޭނުންކުރާ ފޯނުތަކުގެ މައުލޫމާތު އެއްކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެ މައުލޫމާތުތައް ޖަމާކުރެވެނީ ނެޓްވޯކް އޮޕަރޭޓަރުންގެ ސަރވަރތަކަށް ކަމުން އެ މައުލޫމާތު ހޯދަން ޖެހެނީ އެ ފަރާތްތައް މެދުވެރިކޮށް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ މައުލޫމާތުތައް އެކި ފޯމެޓްތަކުގައި ހުރުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރަން، އެ މައުލޫމާތު ފުލުހުންނަށް ދިނުން ލާޒިމް ކުރާ ޤާނޫނީ މިންގަނޑެއް އޮތުން މުހިއްމުކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޚިދުމަތް މެދުކަނޑާލަން އެދޭ ސިމް ކާޑުތަކުން ޚިދުމަތް މެދުކަނޑާލުމުގައި ލަސްވުމާއި، އެއްބައެއްގެ ނަމުގައި ގިނަ ޢަދަދަކަށް ސިމް ދޫކޮށްފައި ވުމާއި، އައިޑީކާޑެއްގެ ކޮޕީ ހުށަހެޅުމުން އެ ކޮޕީ އަށް ގިނަ އަދަދަކަށް މޮބައިލް ނަމްބަރު ދޫކޮށްފައި ވުމާއި، ބިދޭސީއެއްގެ ޕާސްޕޯޓް ނަމްބަރު ބޭނުންކޮށްގެން އެކި ނަމްބަރުތައް ރެޖިސްޓްރީކޮށްދީފައިވުން ފަދަ މައްސަލަަތައް ދިމާވާކަމަށް ވިދާޅުވެފައިވެއެވެ. އަދި އެއްވެސް ވަރަކަށް ރެޖިސްޓްރީ ނުކޮށް ހުންނަ ނަމްބަރުތަކުގެ މައްސަލަތައް ވެސް ފާހަގަކުރެވޭކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ކޮމިއުނިކޭޝަން ޕްރޮވައިޑަރުން މި ކަމުގައި ޒިންމާދާރުކުރުވުމަށްޓަކައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ފަރާތުން ހަރުކަށި އުސޫލުތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޖަލުގައި ތިބޭ ބައެއް ގައިދީން އެތަނަށް ސިއްރުން ފޯނު ވައްދާ އެ ފޯނުތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމާއި ސްކޭމްގެ އެހެން މުއާމަލާތްތައް ހިންގާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި އެކަން ހައްލުކުރުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް