Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޫކަސް ފުލުހަށް

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017 | ހުކުރު 16:35

ލޫކަސްގެ މައްޗަށް ތުހުމަތުކުރަނީ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަޤީޤަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ ކަމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 10 މާރިޗު 2017 | ހުކުރު 16:35
ލޫކަސް ޖަލީލް ފުލުހުންގެ ބަންދަށް ގެންދަނީ - ލޫކަސް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ފޯނު އަތުލާފަ

ލޫކަސް ޖަލީލް ފުލުހުންގެ ބަންދަށް ގެންދަނީ - ލޫކަސް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވަނީ ފޯނު އަތުލާފަ

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް (ލޫކަސް ޖަލީލް) ގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި އެވެ.

ފުލުހުންގެ އިދާރާއަށް ލޫކަސް ޖަލީލް ހާޒިރުކޮށްފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ލޫކަސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ފުލުހުން ވަނީ އަތުލާފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްބާރީ ޔޫސުފް ދެއްވާފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ހަޤީޤަތާ ހިލާފު މައުލޫމާތު ފަތުރަމުންދާ މައްސަލަ އާއި، ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށް ލޫކަސް ޖަލީލްގެ ފޯނާއި، ސިމް ކާޑުތައް ތިން މަސް ދުވަހަށް ހިފެހެއްޓުމަށް ހުއްދަދޭ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ލޫކަސްގެ ފޯނު އަތުލާފައި ވަނީ، ފ. އަތޮޅު ވިއްކާލުމާއި ދެކޮޅަށް އޭނާ ކޮށްފައިވާ ޓުވީޓްތަކެއްގެ ސަބަބުންނެވެ. ލޫކަސްއަކީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރިކޮށް، ސަރުކާރަށް ފާޑުކިޔަމުން އަންނަ ފަރާތެކެވެ. އަދި ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުން މަސައްކަތްކުރާކަމުގެ އަޑުތައް ފެތުރުމާއެކު، އެކަމާއި ދެކޮޅަށް ވެސް ވަރަށް ފާޅުގައި ޓްވީޓްތައްކޮށް ހަދާފައިވެއެވެ. އެގޮތުން ލޫކަސް ވަނީ އަރަބި ބަހުން ވެސް ޓްވީޓްތަކެއް ކޮށްފަ އެވެ.

ލޫކަސްކުރި ޓުވީޓްތަކަކާ ގުޅިގެން މިދިޔަ އަހަރު ވެސް އޭނާ ހައްޔަރުކޮށް، އެތަށް ފަހަރެއް މަތިން ބަންދުގެ މުއްދަތު އިތުރުކޮށް ޖަލުގައި ގެންގުޅެފައި ވެއެވެ. އެގޮތުން އެ ފަހަރު ލޫކަސް ހައްޔަރުކީ، ސަލާމަތީ ބާރުތަކުގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ވާހަކަތަށް ދައްކާ ކަމަށް ބުނެ އެވެ. ނަމަވެސް އެންމެ ފަހުން ލޫކަސް ދޫކޮށްލަން ފުލުހުންނަށް މަޒުބޫރުވީ، ލޫކަސް ބަންދުގައި ގެންގުޅެނީ އެކަށީގެންވާ ސަބަބަކައި ހެއްކި ނެތި ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް