Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ލަޕޯޓާ ބުނަނީ ބާސެލޯނާ ބަދުނާމުކުރުމަށް ހިންގަނީ މީޑިއާ ކެމްޕޭނެއް ކަމަށް

18 އެޕްރީލު 2023 | އަންގާރަ 02:59

ބާސެލޯނާ އަށް ފުރިހަމަ އިތުބާރު އޮންނާނެ، ނާޖާއިޒު ފައިދާއެއް ހޯދުމުގެ މަޤުސަދުގައި އެެއްވެސް ކަމެއް ކޮށްފައި ކުލަބުން ނޯންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2023 | އަންގާރަ 02:59
ބާސެލޯނާ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުލަބުގެ ރައީސް ލަޕޯޓާ

ބާސެލޯނާ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ކުލަބުގެ ރައީސް ލަޕޯޓާ

ސްޕެއިންގެ ބާސެލޯނާ އަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކީ ކުލަބު ބަދުނާމުކުރުމަށް ކުރިއަށް ގެންދެވޭ މީޑިއާ ކެމްޕެއިނެއް ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ ސްޕެނިޝް ލީގުގެ ރެފްރީސް ކޮމިޓީގެ ކުރީގެ ނައިބު ރައީސަކަށް ހުންނެވި އެންރީކޭޒް ނެގްރެއިރާގެ ހިއްސާ އޮންނަ ވިޔަފާރި ކުންފުންޏަކަށް ފައިސާ ދީފައިވާ މައްސަލަ އެވެ. އެގޮތުން އެ ތުހުމަތުގައި ބުނަނީ ބާސެލޯނާ އިން ވަނީ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަަށް އެ ކުންފުންޏަށް ނުވަ މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އަދަދެއް ދީފައި ކަމަށެވެ. އެކަމުގައި ބާސެލޯނާގެ ކޯޓެއްގައި އެ ކުލަބާ ދެކޮޅަށް ދައުވާ އުފުލައިފާވާއިރު، ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އިން ވެސް އަންނަނީ އެ މައްސަލަ ސީރިއަސް ގޮތެއްގައި ބަލަމުންނެވެ. އެ މައްސަލައިގައި ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވިދާޅުވެފައި ވަނީ، މިއީ މިހާތަނަށް ފުޓުބޯޅައިގައި އޭނާ އަށް ފެނިވަޑައިގެންނެވި އެންމެ ސީރިއަސް މައްސަލަ ކަމަށެވެ.

އެކަމާ ގުޅިގެން ލަޕޯޓާ ވިދާޅުވީ ބާސެލޯނާގެ ފަރާތުން ކުޅިވަރުގެ ފައިދާއެއް ހޯދުމަށްޓަކައި ނުވަތަ މުބާރާތްތަކަށް ބަދަލު ގެނައުމުގެ މަޤްޞަދެއް އޮވެގެން ދުވަހަކު ވެސް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ވަނީ ތަކުރާރުކޮށް އެ ވާހަކަ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ބާސެލޯނާ އަށް ފުރިހަމަ އިތުބާރު އޮންނާނެ ކަމަށާއި، ނާޖާއިޒު ފައިދާއެއް ހޯދުމުގެ މަޤުސަދުގައި ކުލަބުން އެެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ލަޕޯޓާ ވިދާޅުވީ އެމީހުންގެ ފަރާތުން ބާސެލޯނާ އަށް ޓެކްނިކަލް އަދި ރެފްރީންގެ ލަފާ ލިބުމަކީ އޭގެ ޒާތުގައި ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެއީ ބޮޑެތި ކުލަބުތަކަށް ލިބޭ ޕްރޮފެޝަނަލް ލަފާއަކީ ކްލަބުތަކުގެ އެތެރޭގެ ބައެއްކަން ވިސްނަން ޖެހޭ ކަމަށެވެ. ލަޕޯޓާ ވިދާޅުވީ ރެފްރީންނާއެކު މަސައްކަތް ކުރާ މީހުންނާއި، ނުވަތަ ކުރިން ރެފްރީކަން ކޮށްފައިވާ މީހުންގެ ލަފާ ވެސް ލިބެމުން އަންނަ ކަމަށެވެ.

މީގެއިތުރުން ލަޕޯޓާ ވިދާޅުވީ ފާއިތުވި ހަފްތާތަކުގައި ނުވަތަ ގާތްގަނޑަކަށް ދެތިން މަސް ދުވަހު، ބާސެލޯނާގެ އަބުރާ ދެކޮޅަށް ގިނަ ވާހަކަތައް ދައްކައި، ބޮޑު ކެމްޕޭނުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް މީޑިއާތަކުގައި ޚަބަރު ވެސް ގެނެސްދީފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ޚަބަރުތަކަކީ ދޮގު ޚަބަރު ކަމަަށެވެ. އޭނާ ވަނީ އެ މައްސަލަ އިން ފުރިހަމަ އަށް ބާސެލޯނާ ސަލާމަތްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޔުއެފާއިން ވަނީ އެ އިދާރާގެ 31 ވަނަ އާޓިކަލްގެ ހަތަރުވަނަ މާއްދާގައި ބުނާ ޑިސިޕްލިނަރީ ރެގިއުލޭޝަންގެ ދަށުން، ބާސެލޯނާއިން ނެގްރެއިރާއަށް ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ފަށައިފަ އެވެ. އެ މައްސަލަ ބަލައި ތަހުގީގުކުރުމަށް ޔުއެފާއިން ވަނީ ޚާއްޞަ އިންސްޕެކްޓަރުންތަކަކާ ހަވާލުކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ
13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
21 މެއި 2017

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

21 މެއި 2017
ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް