Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންމުޙައްމަދު ތައުފީޤް ޢަލީ

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

17 އެޕްރީލު 2023 | ހޯމަ 07:32

އޭނާ އަކީ ޤްރުއާނުގެ ފަންނުގައި ވެސް މޮޅު އަލިގަދަ ތަރިއެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 17 އެޕްރީލު 2023 | ހޯމަ 07:32
ތައުފީގް: އީގަލްސް ހިންގީ ވަރަށް ގަޔާވެގެން

ތައުފީގް: އީގަލްސް ހިންގީ ވަރަށް ގަޔާވެގެން

1979 ވަނަ އަހަރު ލީބިއާގައި ބޭއްވި ގްރުއާން މުބާރާތަކަށް ދިވެހި ކުއްޖަކު ފޮނުވަން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވި އެވެ. ރާއްޖެ ގެނައި ފުރަތަމަ ގާރީ ޕާކިސްތާނުގެ މުހައްމަދު ޔޫނުސް މަޖީދިއްޔާގައި އަތްފުނާ އަޅައިގެން ލީބިއާ ފޮނުވަން ހޮވި ކުއްޖަކީ އުމުރުން އޭރު 13 އަހަރުގެ މުހައްމަދު ތައުފީގެވެ. އެމުބާރާތުން އެނބުރި ރާއްޖެ އައިތާ މާގިނަ ދުވަހެއްނުވެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބޭއްވި ފުރަތަމަ ޖަލްސާގައި ގުރުއާން ކިޔަވަން ރައީސް އޮފީހުން ހަމަޖެއްސީ ވެސް އޭނާ އެވެ. އޭގެ ފަހުން ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާތަކާއި އިހްޔާ ޕްރޮގްރާމްތައް ކީރިތި ގުރުއާނުގެ ބަރަކާތުން ފައްޓަނީ މުޅިން ވެސް ތައުފީގުގެ ހިތްގައިމު އަޑުންނެވެ. އެންމެ ފަހުން އޭނާ ވަނީ ގުރުއާނުގެ ދާއިރާއިން ބެޗްލާސް އަދި މާސްޓަރ ޑިގްރީ ހާސިލްކުރައްވައި ކިޔަވައި ދެއްވަމުންނެވެ.

"ބައްޕަ ކުޑައިރު ހަތިމްކޮށްދެއްވާނެ. އޭގެ ތެރެއިން ގުރުއާނަށް ހިތް ޖެހުނީ. ދެން ވަރަށް ބޮޑު ބްރޭކަކަށް ފަހު ހިތައް އެރީ އަނެއްކާ ވެސް މި ދާއިރާއިން ކުރިއަށްދާން. އެހެން ހިތަށް އަރާފައި (ޑިގްރީ) ކޯސް ހެދީ، ބައްޕަ ކިޔަވައި ދެއްވިޔަސް ފުރަތަމަ އެދުރަކީ ގާރީ ޔޫނުސް" ތައުފީގް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ރާއްޖެ ޓީވީ ގުޅިގެން މިހާރު ކުރިއަށްގެންދާ ރަންތާޖު ގުރުއާން މުބާރާތަށް އިންސާފުކޮށްދެއްވާ ކުޅަދާނަ އެއް ފަނޑިޔާރަކީ ވެސް ތައުފީގެވެ. ނަމަވެސް މި ޕެނަލްއިން ތައުފީގް ފެނުމުން ކުޅިވަރުގެ މީހުން އެއީ ތިމަންނަމެން ދަންނަ ތައުފީގުތޯ ސުވާލުކުރުން އެކަށީގެންވެ އެވެ. ހަގީގަތުގައި ވެސް ވަރަށް ގިނަބަޔަކު އޭނާ ދަންނާނީ ކުޅިވަރުގެ ދާއިރާއިންނެވެ. އީގަލްސް ތައުފީގް ނުވަތަ ތޯއްޓޭގެ ގޮތުގަ އެވެ.

ތައުފީގް އާއި ދިމާވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ވެސް ދިމާވީ މިފަދަ ގޮތެެކެވެ. 2019 ވަނަ އަހަރު ކީރިތި ގުރުއާނުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމް ތައުފީގަށް ލިބިވަޑައިގަތެވެ. އިނާމް ބަލައި ސްޓޭޖަށް އަރައިވަޑައިގަތުމާއެކު ރައީސް ވިދާޅުވީ "އަޅުގަނޑު ހީކުރީ ކުޅިވަރުގެ ދާއިރާއިން ކަމަށް،" ށެވެ.

މިރޯދަ މަހުގެ ދުވަހެއްގައި ސައިކަލަށް ޕެޓްރޯލް އަޅައިގެން ނައްޓާލަން އުޅެނިކޮށް ކިޔޫގައި ތައުފީގް ހުއްޓައި ފެނުނެވެ. މިހެންވެ އޭނާއަށް ގޮވާލާފައި ނޫނީ ނުދާން ޝެޑުގެ އެއް ފަރާތެއްގައި މަޑުކޮށްލީމެވެ. ތައުފީގް އަރާ ހަމަވުމުން ބައްދަލުކޮށްލަން ބޭނުންކަމަށް ބުނުމުން ބުނީ "ވަރަށް ހުސްވަގުތު ގިނަވާނެ،" ކަމަށާއި "ބޮޑަށް ފަސޭހަވާނީ ރޭގަނޑު،" ކަމަށެވެ. އެކަމަކު "މިރޭ ބައްދަލެއްނުވާނެ، މިރޭ (ޕްރެޒިޑެންޓްސްކަޕުގައި އީގަލްސް ކުޅޭ) މެޗު އޮންނާނެ،" ކަމަށެވެ.

މިކުރު ޖުމުލައިން ވެސް ފުޓްބޯޅަ އަށް، ހާއްސަކޮށް އީގަލްސްއަށް އޭނާގެ ހިތުގައި އޮތް ލޯބި އަޅުގަނޑަށް އިހުސާސް ކުރެވުނެވެ. ކުޅިވަރުގެ މިސައްލާ އަށް ދެމީހުން ބައްދަލުވީ އޭޑީކޭ ކޮޕީ ޝޮޕުންނެވެ. އީގަލްސް އަކީ 1989 ވަނަ އަހަރު ރަޖިސްޓަރީ ކުރި ކުލަބަކަށްވިޔަސް އޭގެ މޫތައް 1970ގެ ތެރެއަށް ދޫވެފައިވާކަން ތައުފީގް ވާހަކަތައް ނިއުޅާލުމުން ހާމަވެގެންދިޔަ އެވެ.

އީގަލްސް ހިންގަން ތައުފީގް އަތުކުރި އޮޅާލުމުގެ ކުރިން 15 ވަރަކަށް އަހަރު އޭނާ ފުޓްބޯޅަ ކުޅުއްވިއެވެ. ފުރަތަމަ ލަޔަންސަށެވެ. އޭގެ ފަހުން ލިއޯ އާއި އީގަލްސް އަށެވެ. އޭނާ އަކީ އެއިރުގެ އެންމެ ގަދަ އެއް ޑިފެންޑަރެވެ.

ބޮއްލޮ އާއި އާތީ އަދި އަދި ފަޔާޒާއި ތައުފީގްގެ ނަންމަތީގައި ކުލަބު ރަޖިސްޓަރީކުރަން އުޅެ އެކަން ވީ ނާކާމިޔާބެވެ. އުމުރުން 25 އަހަރު ނުވާތީ އެވެ. އެންމެ ފަހުން އެކަން ކޮށްދެއްވީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭންގެ ބައްޕަ ހަސަން އަލީ އެވެ. ތައުފީގް ތަކުރާރުކޮށް ވިދާޅުވީ "އީގަލްސް އަކީ ހަސަން އަލީގެ ވަރަށް ބޮޑު ހޭދައަކާއި މަސައްކަތް،" ކަމަށެވެ.

ތަފާތު ވަޒީފާތައް އަދާކުރަން ފެއްޓެވި ނަމަވެސް އެކަންކަމުގައި އޭނާ އަށް ގިނަ ދުވަހު ނޫޅެއްވުނީ ވެސް ފުޓްބޯޅައިގެ ލޯބި މާގަދަވުމުންނެވެ. އެންމެ ފަހުން މަޑުކޮށްލެއްވީ ބައްޕަ ހިންގަމުން އައި ފިހާރައިގަ އެވެ. ތައުފީގް ވިދާޅުވި ގޮތުގައި އީގަލްސް ނިސްބަތްވާ ވެސްޓް ޕާކް ސަރަހައްދުގައި ހުރި އެ ފިހާރައަކީ އެކުލަބުގެ މައި މަރުކަޒެވެ. އެތަނަށް ވަދެ ނިކުމެ ހަދާ ކޮންމެ މީހަކަށް އީގަލްސް ޓީމު ބައްޓަންވަމުން އަން ގޮތުގެ ހުރިހާ މައުލޫމާތެއް އެނގޭނެ އެވެ. އޭރުގެ ނޫސްވެރިން އީގަލްސްގެ މައުލޫމާތު ހޯދުމަށް ދަނީ ވެސް ތައުފީގް ހިންގެވި ފިހާރައަށެވެ.

އީގަލްސް އަށް ގެންނަ ބައެއް ކުދިން ބޭތިއްބީ އޭނާގެ ފިހާރަމަތީގައި ހަދާފައި ހުރި ކޮޓަރިތަކުގެ އެވެ. ގެއިން ކާން ލިބޭނެ އެވެ. މިއާއެކު އެ ދުވަސްވަރު އޭނާގެ ފިހާރައަކީ ކުލަބު ހިންގަން ޖެހިއްޖެ ކޮންމެ ވަގުތަކު ބަންދު ބޯޑު އަޅުވާ ފިހާރައަކަށްވި އެވެ. ހާއްސަކޮށް ހަވީރު ހަތަރުގަޑިބައިގައި ފިހާރަ އާއްމުކޮށް ބަންދުކުރާނެވެ. ސަބަބަކީ ކުލަބު ޕްރެކްޓިސް ކުރާތަން ބަލަން ދާން އޭނާ ބޭނުންވުމެވެ.

އެ ދުވަސްވަރު އީގަލްސްގެ ފުޓްބޯޅައިގެ ބާރަކަށް ނުވިޔަސް ކުލަބު ހިންގާ މީހާ އަށް ވުމުން ތައުފީގަކީ ހިސާބުގަނޑު މީހުންގެ ތެރޭގައި ވަރަށް މަގުބޫލު މީހަކަށްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ކެމްޕޭން ތެރޭގައި ސަރުކާރުގެ ބޮޑުން އޭނާ ހޯދަން ފިހާރަ ދޮށުގައި އިންތިޒާރުކުރަންޖެހުނީވެސް މިހެންވެ އެވެ.

ތިން ފަހަރެއްގެ މަތީން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އީގަލްސް އަކީ ތަށިތަކެއް ހޯދި ޓީމެއްނޫނެވެ. ނަމަވެސް 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް އެޓީމަށް ލިބުމަކީ ތައުފީގަށާއި އޭނާގެ އެކުވެރިންނަށް ލިބުނު އެންމެ ބޮޑު އުފަލެކެވެ. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުމެވެ.

ގައުމީ ތަށި ލިބުނު ވާހަކަ ވަރަށް އުފަލާއެކު ދައްކުމަށްފަހު ދެރައޭ ބުނުމާއެކު އޭނާގެ ލޮލުން ކަރުދަ ފާއްދާލި އެވެ. ތައުފީގް ވިދާޅުވި ގޮތުންނަމަ ތަފާތު ސަބަބުތަކާހުރެ އީގަލްސް މީހުން ފުރަތަމަ ވެސް ދެބައިވި އެވެ. ކުލަބާވަކިވި މީހުން ގުޅުނީ ބޮޑެތި ކުލަބުތަކަށެވެ. ތައުފީގް ހިމެނުނީ އީގަލްސްގެ ލޯބީގައި ހުންނެވި ބޭފުޅަކަށެވެ. ނަމަވެސް ކުޅޭ ކުދިން ގިނަވެ، ބައެއް ކުދިންނަށް ފުރުސަތު ނުލިބެން ފެށުމުން އީގަލްސްގެ ދެ ނަންބަރު ޓީމެއްގެ ގޮތުގައި ހެދި ޓީމަކީ އެފްސީ ބާޒެވެ. އެ ޓީމުގެ ލޯގޯ އަކީ ވެސް އީގަލްސްގެ ބެޖްގައި އިންނަ ދޫނި ނަކަލުކޮށްގެން ތައްޔާރުކުރި ބެޖެކެވެ. ދެ ޓީމުގެ އޮތް ގުޅުމާއި ތިމާގެ ކަމުންނެވެ.

އޭގެ އަހަރުތަކެއް ފަހުން ފުރަތަމަ ޑިވިޝަނަށް އީގަލްސް ކޮލިފައިވާން އޮއްވައި އެފުރުސަތު ވިޔަންސާ އަށް ފަހިކޮށްދިނީ ވެސް ބާޒުން ކަމަށް ވާހަކަ ދެކެވުނެވެ.

އީގަލްސް އަކީ ކޮންމެ އަހަރަކު ވެސް އެ ޓީމުން އުފައްދާ މޮޅު ކުޅުންތެރިން އެހެން ކުލަބުތަކަށް ގެންދިއުމުން ނިކަމެތިވާ ކުލަބެކެވެ. މިހެންވެ ކުލަބަށް ކުޅުންތެރިން ހޯދުމަށް ކޮންމެ ސްކޫލް ބަންދެއްގައި ތައުފީގް ފެއްޓެވި ކަމަކީ އޭނާގެ ނަމުގައި މުބާރާތެއް ބޭއްވުމެވެ. އެއީ ތޯއްޓޭ ކަޕެވެ.

މިހުރިހާ ސަބަބަކާހުރެ އޭނާ އަކީ މިސްޓަ އީގަލްސް އެވެ. ކުލަބުގެ ރައީސް ކަމާއި އެފްއޭއެމުގެ އެކްސްކޯ މެމްބަރުކަން ވެސް ކުރެއްވުމަށްފަހު، ކުލަބު ހިންގުމާ ތައުފީގް އަމަލީގޮތުން ދުރަށް ވަޑައިގެންނެވީ މިހާރުގެ ޖެނެރަލް ސެކްރެޓަރީ މުވާފިޒް ހާޝިމް (މުފާ)ގެ އަތްމައްޗަށް މުޅި އީގަލްސް ދޫކޮށްލާފަ އެވެ. އެއީ މުފާގެ މަސައްކަތުން، ކުލަބު ހިންގައިދޭން ސަރަނގު އާދަމް މަނިކު ހަވާލުވެލެއްވުމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2024

ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ

04 ސެޕްޓެމްބަރު 2024
ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ
26 ޖޫން 2024

ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު

26 ޖޫން 2024
ބަކާ: ކުޅުންތެރިން ނަމާދަށް އަހުލުވެރިކުރިވި، މިޑްފީލްޑަރު
30 މެއި 2024

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

30 މެއި 2024
ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
14 މެއި 2024

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

14 މެއި 2024
މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
04 މެއި 2024

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

04 މެއި 2024
ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
30 އެޕްރީލު 2024

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

30 އެޕްރީލު 2024
އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
30 މާރިޗު 2024

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

30 މާރިޗު 2024
ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
21 މާރިޗު 2024

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

21 މާރިޗު 2024
އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
16 ފެބުރުއަރީ 2024

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

16 ފެބުރުއަރީ 2024
ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
13 ފެބުރުއަރީ 2024

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

13 ފެބުރުއަރީ 2024
އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް