Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
ހުސައިން ފައިސަލް (ފައިޓޯ)

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

2020ގައި ވެލެންސިއާ 2024ގައި ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދީފައިވޭ

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2024 | ހުކުރު 03:43
ފައިޓޯ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމަށްފަހު ޓީމާއެކު

ފައިޓޯ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމަށްފަހު ޓީމާއެކު

އާއްމުކޮށް މީހުންގެ ލޮލުގައި މޮޅު ކުޅުންތެރިއަކު އަޅައިގަންނަ ދެތިން ކަމެއްވެ އެވެ. ބައެއް ފަހަރު އެއީ ކުޅޭ ކުލަބާހުރެ އެވެ. އަނެއް ބައި ފަހަރު ޖަހާ މޮޅު ގޯލަކުން ނުވަތަ ކުރެވޭ މޮޅު އަޅައިގަންނަ ކަމަކުންނެވެ. ނޫންނަމަ ހޯދައިދޭ ނުވަތަ ހޯދާ ކާމިޔާބީއަކުންނެވެ.

ނަމަވެސް މިޑްފީލްޑަރު ހުސައިން ފައިސަލް (ފައިޓޯ) އަކީ ތަފާތު ކުޅުންތެރިއެކެވެ. އޭނާ ފާހަގަ ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ތިން ކުލަބުގެ ތެރެއިން ދެ ކުލަބު ކަރުތާފެނުން މައްޗަށް ހިއްލާލުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އެންމެ ފުރަތަމަ މިކަން ފެށުނީ 2020 ވަނަ އަހަރު ވެލެންސިއާއިންނެވެ. އީގަލްސްއަށް ކުޅެފައި، ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ)ގެ އެދުމުގެ މަތިން އޭނާ ވެލެންސިއާ އަށް ބަދަލުވީ އެކުލަބު އަލުން ފުރަތަމަ ޑިވިޝަނަށް ނަގައިދިނުމުގެ މުހިންމު މަސައްކަތަށެވެ. އެއްވެސް މެޗަކުން ބަލިނުވެ އެ އަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން ވެލެންސިއާ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިއިރު ފައިޓޯ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ބައެއް ފަހަރު މެދުތެރޭގަ އެވެ. އަނެއް ބައި ފަހަރު ކަނާތުން ފަހަތަށް ކުޅެނީ ކޯޗު ބޭނުންވި ކޮންމެ ގޮތަކަށް މަސައްކަތް ކުރެވޭ މޮބައިލް ކުޅުންތެރިއަކަށްވުމުންނެވެ.

21 ފެބްރުއަރީ 2020ގައި ކުޅުނު ދެ ވަނަ ޑިވިޝަނުގެ ފައިނަލް މެޗަށް ފަހު ގަލޮޅު ދަނޑުގައި ހުރެ ވާހަކަ ދައްކަމުން ފައިޓޯ ބުނީ އޭނާ ބޭނުންވަނީ ރީނދޫ ޖާޒީގައި ގިނަ ކާމިޔާބީތަކެއް ހޯދުމަށް ކަމަށެވެ. މިއަޒުމުގައި ވެލެންސިއާއިން 2022ގެ ގައުމީ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި ވެސް ފައިޓޯ މުހިންމު މީހަކަށްވި އެވެ.

ވެލެންސިއާއިން ރިލީޒް ހޯދައިގެން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އޭނާ ފެނިގެންދަނީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި ކާމިޔާބު ކުލަބު ވިކްޓަރީއިންނެވެ. މިދިޔަ ހޯމަ ދުވަހު ނިއުރޭޑިއަންޓް ބަލިކޮށް، ވިކްޓަރީ އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި އިރު އެ ޓީމުގެ ވެސް އެންމެ ވިދުން ގަދަ އެއް ކުޅުންތެރިއަކީ ފައިޓޯ އެވެ.

މުހިންމު "އެ ފައިނަލް'' މެޗުގެ ފުރަތަމަ ގޯލު ވިކްޓަރީ ކޮޅަށް ވައްދާލީ ކަނާތު އަރިމަތިން ކުޅެމުންދިޔަ ކުޅުންތެރިޔާ އެވެ. އަދި އޭނާ ވަނީ މުބާރާތުގައި ބަލިނުވެ ވިކްޓަރީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކޯޗު ސޮބާހް މުހައްމަދުގެ ޕްލޭނުގައި ވަރަށް އިސް ދައުރެއް އަދާކޮށްދީފަ އެވެ.

މިހެންވެ ދިވެހި ފުޓްބޯޅައިގައި ފައިޓޯގެ ނަން މުހިންމު ސަފުހާއެއްގައި ލިޔަންޖެހެ އެވެ. ވިކްޓަރީ އާއި ވެލެންސިއާ އަކީ  ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ގިނަ ކާމިޔާބު ހޯދި ތިން ކުލަބުގެ ތެރެއިން ދެ ކުލަބެވެ. މި ދެ ކުލަބު ވެސް ވެއްޓުނު ވަޅުގަނޑުން އަރައިގަތުމުގައި ފައިޓޯ ކުރި މަސައްކަތަކީ ފާހަގަ ކުރަންޖެހޭ ކަމެކެވެ. އެއީ ހާއްސަ ކަމެކެވެ. އަގުހުރި ހިދުމަތެކެވެ. މި ހިދުމަތުގެ ފުރިހަމަކަން ދެ ވަނަ ޑިވިޝަނުގައި އޮތް ނިއުރޭޑިއަންޓްގެ ތެރެއިން ފެނިއްޖެނަމަ އަދި މާފުރިހަމަވާނެ އެވެ. ފައިޓޯ އަށް ސާބަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ

ދޮންތުގެ އިހްލާސްތެރި ޚިދުމަތުގެ ރަމްޒަކީ ވެލެންސިއާ

04 ސެޕްޓެމްބަރު 2024
ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

30 މެއި 2024
ވެލެންސިއާގެ ލެޖެންޑް، ލިލީ ސްޓޯރުގެ ބޮޑު ސޭޓު

ވެލެންސިއާގެ ލެޖެންޑް، ލިލީ ސްޓޯރުގެ ބޮޑު ސޭޓު

17 ސެޕްޓެމްބަރު 2023
ބެންޒެމާ: ރޮނާލްޑޯ އާއި ނުލައި މާމޮޅު ކުޅުންތެރިއެއް

ބެންޒެމާ: ރޮނާލްޑޯ އާއި ނުލައި މާމޮޅު ކުޅުންތެރިއެއް

05 ޖޫން 2023
އަދީލް ޖަލީލް: ވެލެންސިއާ ހިންގީ އަނބިދަރިން ނުކައި ތިއްބަސް ވަރިހަމަކަމަށް

އަދީލް ޖަލީލް: ވެލެންސިއާ ހިންގީ އަނބިދަރިން ނުކައި ތިއްބަސް ވަރިހަމަކަމަށް

27 މާރިޗު 2023

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު