Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗީފް އިންޓަރނަލް އޮޑިޓަރ

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފި

16 އެޕްރީލު 2023 | އާދީއްތަ 08:13

ޞަލާޙާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އެޕްރީލު 2023 | އާދީއްތަ 08:13
ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް އައްޔަން ކުރެއްވި ފާތިމަތު ސަލާހާ

ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް އައްޔަން ކުރެއްވި ފާތިމަތު ސަލާހާ

ރައީސުލްޖުމްހޫރިއްޔާ، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 2-44 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ހއ.ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ޞަލާޙާއެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ 13 އެޕްރީލް 2023 ވީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

ފާޠިމަތު ޞަލާޙާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ.

ފާޠިމަތު ޞަލާޙާ ވަނީ 2023 ވަނަ އަހަރު ޗާޓަރޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރަކަށްވެފައެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ފާޠިމަތު ޞަލާޙާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސެޓްފިކެޓްޑް އެކައުންޓެންޓްސްގެ މެންބަރެކެވެ.

ފާޠިމަތު ޞަލާޙާ ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަޤާމެވެ. މީގެ ކުރިން ފާޠިމަތު ޞަލާޙާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަޤާމު އަދާކުރައްވާފައެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގައިވެސް ފާޠިމަތު ޞަލާޙާ ވަނީ މެނޭޖަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަޤާމު އަދާކުރައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ޖޫން 2017

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓެރެޓަޖިސްޓަކަށް އިމްޖާދު ހަމަޖައްސައިފި

12 ޖޫން 2017
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓެރެޓަޖިސްޓަކަށް އިމްޖާދު ހަމަޖައްސައިފި
08 ޖޫން 2017

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް

08 ޖޫން 2017
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
03 ޖޫން 2017

އިދިކޮޅު ވަފުދުން ޖަރުމަނު ޗާންސިލަރީގެ ޗީފް އޮފް ސްޓާފާއި ބައްދަލުކުރައްވައިފި

03 ޖޫން 2017
އިދިކޮޅު ވަފުދުން ޖަރުމަނު ޗާންސިލަރީގެ ޗީފް އޮފް ސްޓާފާއި ބައްދަލުކުރައްވައިފި
08 މެއި 2017

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި

08 މެއި 2017
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ އަލީ ހާލިދު މަގާމުން ވަކިކޮށްފި
27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
27 މާރިޗު 2017

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

27 މާރިޗު 2017
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި
16 މާރިޗު 2017

މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް

16 މާރިޗު 2017
މަސީހް ކޮންޓްރީލް ކުރަނީ އެހެން ބޭފުޅަކު:އާޒިމް
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް