Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީގެ ސަޕޯޓަރުންނަށް ލަމްޕާޑުގެ ތެދުވެރި މެސެޖެއް

އޭނާ ބުނީ ސަޕޯޓަރުން ގާތު ޗެލްސީ އަށް ސަޕޯޓުކޮށްދޭން އަންނާށޭ ބުނަން ބޭނުންނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އެޕްރީލު 2023 | ހޯމަ 03:00
ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު ލަމްޕާޑު

ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކޯޗު ލަމްޕާޑު

ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑު އެ ޓީމުގެ ސަޕޯޓަރުންނަށް "ތެދުވެރި" މެސެޖެއް ފޮނުވައިފި އެވެ.

ލަމްޕާޑު މިފަދައިން ވާހަކަ ދެއްކީ ދެ ވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމާ އޭނާ ހަވާލުވެ، ކުޅުނު ތިން ވަނަ މެޗުން ވެސް ބަލިވުމާއެ އެވެ. އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ބަލިވި މެޗަށްފަހު، ޗެލްސީ އަށް ދެން އޮތީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗެވެ. ބްރައިޓަން އަތުން ވެސް ބަލިވެ، ޗެލްސީ އަށް ހަމަޖެހުމެއް ނުޙޯދުނުއިރު، ޓީމުގެ ސަޕޯޓަރުންގެ ނުރުހުން ވެސް ވަނީ ލަމްޕާޑަށް އަމާޒުވެފަ އެވެ.

އެމެޗަށް ފަހު ވާހަކަ ދައްކަމުން ލަމްޕާޑު ބުނީ، އޭނާ ބުނާ އެއްޗަކުން ސަޕޯޓަރުން އައިސް ހަމަޖެހިގެން ތިބޭނެ ކަމަކަށް ނުދެކޭ ކަމަށެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ ރެއެއްގައި ރެއާލް މެޑްރިޑް އޮތް އިރު، އެކަން ވާނެ ކަމަށް ނުވެސް ދެކޭ ކަމަށެވެ. ނަމަވެސް، އެއީ ޗެލްސީ އަށް ކަންކަން އަނބުރާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އޭނާ ބުނީ ސަޕޯޓަރުން ގާތު ޗެލްސީ އަށް ސަޕޯޓުކޮށްދޭން އަންނާށޭ ބުނަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް ސަޕޯޓަރުން އެކަން ކުރާނެ ކަން އިނގޭ ކަމަށާއި، ޓީމު އޮތް ޙާލަތުން އެންމެންގެ ނުރުހުމާއި، ހިތްހަމަ ނުޖެހުން އޮންނާނެ ކަން އިނގޭ ކަމަށް ވެސް ލަމްޕާޑު ބުންޏެވެ.

ލަމްޕާޑު ބުނީ ރެއާލް މެޗުގައި ޗެލްސީން ޖެހޭނީ ކަށިން ހިތްވަރު ނެރެގެން ކުޅެން ކަމަށާއި، އެންމެ ކުޑަ މިންވަރަަކަށް ވެސް އޮތީ އެ ގޮތް ކަމަށެވެ. އަދި ރެއާލް އަކީ މަތީ ފަންތީގެ ޓީމެއް ކަމަށާއި، ޗެލްސީގެ ކަންކަން ބަދަލު ކުރުމުގެ ފުރުސަތު އޮތީ ކުޅުންތެރިންނާއި، ކޯޗިން ޓީމު އަތުގައި ކަމަށެވެ. އޭނާ ބުނީ އެކަމުގައި ސަޕޯޓަރުންގެ ދައުރު ބޮޑު ނުވާނެ ކަމަށާއި، ރަނގަޅު ސްކޮޑާއެކު ނިކުމެ ރެއާލް މެޗު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ޗެލްސީ އެ ހާލަތަށް އައި ކިހިނަކުންތޯ އެއީ އޭނާ ދައްކަން ޖެހޭ ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް ލަމްޕާޑުގެ އަތް މަތީގައި އޮތް ކަމަކީ، އަޑިގަނޑުން ޓީމު ސަލާމަތްކޮށް، ހާލަތު ބަދަލު ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ލަމްޕާޑު ބުނީ ޗެލްސީ އަށް ފަރިތަކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ފަރިތަކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާކަން ފާހަގަކޮށް ލަމްޕާޑު ބުނީ، އެކަމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. އޭނާ ބުނީ ކޮންމެ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް، އެންމެން ވެސް ވާހަކަ ދައްކާނީ ދަނޑު މަތިން އަންނަ ނަތީޖާ އަކަށް ކަމަށެވެ. އަދި ފަހަރުގައި ރެއާލް މެޗަށްފަހު، ބްރެންޓްފޯޑު މެޗާ ކުރިމަތިލުމުގެ ކުރިން ހަމަޖެހުމުގެ ނޭވާ އެއް ލެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޗެލްސީގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އަނެއްކާ ވެސް ސަޕޯޓަރުންގެ ނުރުހުން ވަނީ ކުލަބުގެ ވެރިންނާއި، ކޯޗަށް އަމާޒުވާން ފަށައިފި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

ޗެލްސީގެ ކާމިޔާބީގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމައިފި

24 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

ފުޓްބޯލް ރައިޓާސްގެ އެންމެ މަގްބޫލް ކުޅުންތެރިޔަކަށް ޗެލްސީގެ ކަންޓޭ

08 މެއި 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު