Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ބަލިވި ނަމަވެސް ބުރު ޓީމުން ނިޒާމްބެ އަށް ޕޮޒިޓިވް ކަންތައްތަކެއް ފެނުނު

މެޗުގައި ޓީސީން ޖެހި ލަނޑާ ގުޅޭ ގޮތުން ނިޒާމްބެ ބުނީ އެއީ ބުރުގެ ދެ ސެންޓްރަލް ޑިފެންޑަރުންނަށް ހެދުނު ގޯހެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އެޕްރީލު 2023 | އާދީއްތަ 06:26
ބުރުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ނިޒާމްބެ ޓީމަށް އިރުޝާދު ދެނީ

ބުރުން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ނިޒާމްބެ ޓީމަށް އިރުޝާދު ދެނީ

ޕްރެޒިޑެންޓްސް ކަޕްގައި ބުރު ސްޕޯޓްސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވި ނަމަވެސް، ޓީމުން ފޮޒިޓިވް ކަންތައްތަކެއް ފެނުނު ކަމަށް ބުރުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ބުރުގެ ފުރަތަމަ މެޗުގައި ޓީސީއާ ވާދަކޮށް ބަލިވީ 1-0 އިންނެވެ. އެހެންކަމުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ބުރަށް ޖެހޭނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާށެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް މާޒިޔާ އަށް ސެމީގެ ޖާގަ ހޯދޭނެ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ފުރަތަމަ މެޗެއް ގެއްލުމުން ކޮންމެ ގޮތެއްވީ ނަމަވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތީ މާޒިޔާ މެޗު އޮތުން ކަމަށް ވެސް ނިޒާމްބެ ބުންޏެވެ. އެ މެޗާ ގުޅޭ ގޮތުން ނިޒާމްބެ ބުނީ، މާޒިޔާ މެޗަށ ނިކުންނާނީ ރަނގަޅަށް ތައްޔާރުވެގެންނެވެ. ޓީސީ މެޗަށް ނިކުތްއިރު، ބުރުން ކުރި ފަރިތަކުރުންތަކާއި، ޓީމުގެ ތައްޔާރީތަކަށް ބަލާއިރު ބައިވަރު ޕޮޒިޓިވް ކަންތައްތައް ހުރި ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ވިސްނުން ހުރީ މުބާރާޔުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުން ކަމަށާއި، ކުރިއަށް އޮތް މާޒިޔާ މެޗަށް ނިކުންނާނީ ވެސް ފުރިހަމަ އަށް ތައްޔާރުވެގެން އެ އަޒުމުގައި ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

މެޗުގައި ޓީސީން ޖެހި ލަނޑާ ގުޅޭ ގޮތުން ނިޒާމްބެ ބުނީ އެއީ ބުރުގެ ދެ ސެންޓްރަލް ޑިފެންޑަރުންނަށް ހެދުނު ގޯހެއް ކަމަށެވެ. ނަމަވެސް އެ ދެ ކުޅުންތެރިންނަކީ ވެސް ވަރަށް ތަޖުރިބާ ހުރި ދެ ކުޅުންތެރިން ކަމަށާއި، ނަމަވެސް ޓެކްޓިކަލީ ގެނައި ބަދަލެއްގެ ސަބަބުން ގޯހެއް ހެދުނީ ކަމަށެވެ. އޭނާ ބުނީ މެޗުގައި ޓީސީން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ކުރިން އެއް މެޗު ކުޅެފައި އޮތުމުން ވަރުބަލި ވެސް ވާނެ ކަމަށެވެ. ނަމަވެސް މެޗުގައި ޓީސީން ކުޅުނީ ވަރަށް ރޭވުންތެރިކަމާއެކު ކަމަށް ވެސް އެ ޓީމަށް ކުރިން އިރުޝާދުދީ، ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗު ބުންޏެވެ.

ބުރުން މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު