Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހަސަންގެ މަރު

ޓެކްސީ ޑްރައިވަރު ގާސިމްގެ ހުރިހާ ވާރިސުންވެސް ބޭނުންވަނީ މަރަށް މަރު!

ގާސިމް މަރުވިއިރު ދުނިޔޭގައި އޭނާގެ ފަސް ދަރިން ތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2023 | އާދީއްތަ 05:14
ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ގާސިމްގެ މަރުގެ މައްސަލަ- ޤާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރު

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރާލިކަން ސާބިތުވެފައިވާ އަދުހަމް މުހައްމަދުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމަކީ ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.

ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައާ ގުޅިގެން ވާރިސުން ސާބިތުކޮށްފައެވެ. އެގޮތުން ގާސިމް މަރުވިއިރު ދުނިޔޭގައި އޭނާގެ ފަސް ދަރިން ތިބި ކަމަށާއި އޭނާގެ އަންހެނުންނާއި މައިންބަފައިން ދުނިޔޭގައި ނެތް ކަމަށް ހެކިން ވަނީ ބުނެފައެވެ.

އެގޮތުން ދައުލަތުން ވަނީ ގާސިމްގެ މަރާއި ގުޅިގެން ވާރިސުންނަށް ނިންމިދާނެ ގޮތްތައް ކިޔާދީފައެވެ.

އޭގެ ތެރޭގައި 3 ގޮތެއް ހިމެނޭއިރު، އެއް ގޮތަކީ ޤިޞާސް ނުވަތަ މަރަށް މަރު ހިފުމެވެ. ދެން އޮތް ގޮތަކީ ޤިޞާސް މާފު ކުރުމާއެކު މަރުގެ ދިޔަ ނެގުމެވެ. ތިން ވަނަ ގޮތަކީ ޤިޞާސްއާއި މަރުގެ ދިޔަވެސް މާފު ކުރުމެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަމުން އަދުހަމް ވަނީ ހުރިހާ ވާރިސުންގެ ކިބައިން މާފަށް އެދި، އެއީ އޭނާ މަސްތުގެ ޙާލަތުގައި ހުރެ ކުރި ކަމެއްކަމަށް ބުނެފައެވެ. އެއީ ވަކި ގާސިމަށްވީތީ ކުރި ކަމެއް ނޫންކަމަށް އަދުހަމް ބުންޏެވެ.

ގާސިމްގެ ވާރިސުންގެ ގޮތުގައި 4 ފިރިހެން ދަރިންނާއި، އަންހެން ދަރިއަކު ހުންނައިރު، އެ އެންމެންވެސް ވަނީ ކޯޓަށް ހާޒިރުވެފައެވެ. އަދި ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. ދެން ކުރިއަށް ދިޔައީ މި މައްސަލައިގެ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވަނީ ޤާނޫނުގައިވާ މަރުގެ އަދަބު އަދުހަމްގެ މައްޗަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

އަދުހަމްގެ ވަކީލު އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އަދުހަމް ކުށަށް އިއުތިރާފުވެސް ވި ކަމަށާއި، އޭގެ ފަހުން އޭނާ ތަހުގީގުގައިވި އިއުތިރާފުން ރުޖޫއަވި ފަހުންވެސް އޭނާ އަނެއްކާ ކުށަށް އިއުތިރާފުވި ކަމަށެވެ. އަދުހަމްގެ ފަރާތުން އެދެނީ މާފު ދިނުން ކަމަށާއި، އަދުހަމް ކުށަށް އިއުތިރާފު ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު