Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ދީނުގެ މަގު

ފަހު ދިހައިގައި އާއިލާއަށް ތަމްރީނުދޭށެވެ.

އެރޭ އަޅުކަންކޮށްފި މީހަކު 83 އަހަރު އަޅުކަމުގައި ޤާއިމުވެ ހުރި މީހަކު ފަދައިން ވާ ހުއްޓެވެ.

މަރްޔަމް ދާނިޝް ނަޝީދު
މަރްޔަމް ދާނިޝް ނަޝީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 10:21
ނަމާދާކީ އިސްލާމް ދީނުގެ ދެވަނަ ރުކުން

ނަމާދާކީ އިސްލާމް ދީނުގެ ދެވަނަ ރުކުން

ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތައް ވަނީ ބަރަކާތުން ފުރިގެންނެވެ. އެ ރޭތަކުން ރެއެއްގައި ލައިލަތުލްޤަދްރި ހިމެނިފައިވާތީއެވެ. އެ ރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އެރޭ އަޅުކަންކޮށްފި މީހަކު 83 އަހަރު އަޅުކަމުގައި ޤާއިމުވެ ހުރި މީހަކު ފަދައިން ވާ ހުއްޓެވެ. ނުވަތަ އެއާ އެއްވަރުގެ ސަވާބެއް އޭނާއަށް ލިބޭ ހުއްޓެވެ.

ލައިލަތުލްޤަދްރި އެއީ ކޮން ރެއެއްކަން ވަނީ ވަންހަނާކުރައްވާފައެވެ. ނަމަވެސް އެއީ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަން ނަބަވީ އިރުޝާދުން ސާބިތުވެއެވެ. މިހާރު އަޅުގަނޑުމެން ގުނަމުން މިދަނީ ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކެވެ. މިއީ ދާދި މަދު ވަގުތުކޮޅެކެވެ. މި ދުވަސްތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިއްޕެވުމަށް އިތުރު މާތް ނަބިއްޔާ ﷺ އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް ބަންނަވައެވެ.

"ރަމަޟާން މަހުގެ ފަހު ދިހަޔާ ބައްދަލުވާހިނދު ނަބިއްޔާ ﷺ ފަހު ދިހައިގެ ރޭތައް ދިރުވުމުގެގޮތުން ރޭ އަޅުކަމުގައި އިތުރަށް ހީވާގިވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ އަހުލުން އަވަހާރަފުޅުންނަންގަވާ އަޅުކަމުގައި މައުޟޫއުކުރައްވައެވެ. އަދި އެކަލޭގެފާނުގެ އިޒާރުކޮޅު ގަދައަށް އައްސަވާލައްވައެވެ."

މިހަދީޘުން އެނގޭގޮތުގައި އެކަލޭގެފާނު ފަހު ދިހައިގައި އަޅުކަން ކުރެއްވުން އިތުރުކުރައްވާއިރު އެކަމުގައި އާއިލާ ބޭފުޅުންވެސް ޝާމިލްކުރައްވައެވެ. ގަނޑުވަރުކޮޅުގެ އަހުލުވެރިން އަވަހާރަފުޅުން ނަންގަވައިގެން މާތް ﷲ އަށް މުނާޖާދެންނެވުމުގައި މައުޟޫއުކުރައްވައެވެ. އަޅުގަނޑުމެން އެކަލޭގެފާނު ނަމޫނާއަކަށް ބަލައި އެގޮތުގައި އުޅެން މަސައްކަތްކުރުމަކީ އެމިސާލާ އެއްގޮތަށް އަޅުގަނޑުމެންގެ ގެދޮރާއި އަހުލުވެރިން ފަހުދިހައިގެ ރޭތަކުގައި އިޙްޔާކުރުވުމެވެ. އަޅުގަނޑުމެންގެ އަނބީންނަށް ދަރީން ނިދިން ހޭލައްވާ، މިމަދު ވަގުތުކޮޅު އެމީހުން ލައްވާ ރޭއަޅުކަން ކުރުވަމާ ހިނގާށެވެ. މިކަމުން ލިބޭނެ ސަވާބުގެ ގިނަކަމާއި އަޖުރުގެ މަތިވެރިކަން ބުނެދީ އެމީހުންގެ ހިތްތަކަށް މިކަން ލޮބުވެތިކޮށްދެމާ ހިނގާށެވެ.

ފަހު ދިހައިގެ ރޭތަކުގައި މުރާލިވެ ހީވާގިވާން މިއަދު އަނބިދަރީންނަށް ދަސްކޮށްދެވިއްޖެނަމަ އެއީ ކޮންމެ މީހަކަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. ލޯތަކުގެ ފިނިކަންކަމުގައި އެމީހުން ވާނީ އޭރުންނެވެ. ރަމަޟާންމަސް އަޅުގަނޑުމެންނާއި އަލުން ބައްދަލުވާނެކަމުގެ ޔަޤީންކަމެއް އެކަކަށް ވެސް ނޯންނާނެއެވެ. އަޅުގަނޑުމެންގެ ޒިންމާގައި ތިބޭހާ ބަޔަކަށް ތަރުބަވީ މިމޫސުމުގެ ފިލާވަޅުތައް ކިޔައިދެމާ ހިނގާށެވެ. އެފިލާވަޅުތައް އަމަލީ ތަޖުރިބާގައި ތަންފީޒުކުރަމާ ހިނގާށެވެ. މާދަމާއަށް އިސްލާމީ ދަޢުވަތު ފޯރުކޮށްދޭނެ އިސްލާމީ މުޖުތަމަޢެއް މިބިންމަތީގައި ޚަލީފާވެރިކުރެވޭނީ އޭރުންނެވެ.

ނޯޓް: "ދީނުގެމަގު" މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުއްވަތްތެރިކަމުގެ ރޫހު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފުތާއަކު އެއްފަހަރުއެވެ. މި ލިޔުމަކީ ދީނުގެމަގުގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހުގެ ފަހުދިހަ އާއި ލައިލަތުލްޤަދްރި

ރަމަޟާން މަހުގެ ފަހުދިހަ އާއި ލައިލަތުލްޤަދްރި

27 އެޕްރީލު 2022
ނަމާދަށް ފަހުގައި ދުޢާ ކުރުމާއި ދުޢާގައި އަތް އުފުލުމާއި މޫނުގައި ފިރުމުން

ނަމާދަށް ފަހުގައި ދުޢާ ކުރުމާއި ދުޢާގައި އަތް އުފުލުމާއި މޫނުގައި ފިރުމުން

14 ޖޫން 2020
ފަހު ދިހައިގައި ވެވުނު އެންމެ ބޮޑަކަށް އަޅުކަމުގައި ހޭދަކުރަން ޚުތުބާގައި ގޮވާލައިފި

ފަހު ދިހައިގައި ވެވުނު އެންމެ ބޮޑަކަށް އަޅުކަމުގައި ހޭދަކުރަން ޚުތުބާގައި ގޮވާލައިފި

24 މެއި 2019
ފަހު ދިހައިގެ ރޭތަކުގައި މާލޭގެ 15 މިސްކިތެއްގައި ދަމުނަމާދު ކުރާނެ!

ފަހު ދިހައިގެ ރޭތަކުގައި މާލޭގެ 15 މިސްކިތެއްގައި ދަމުނަމާދު ކުރާނެ!

20 މެއި 2019

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު