Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޑަވެލީ ދާއިރާގެ މެމްބަރު، ހުސައިން ފިރުޝާން

މަންޒަރު ބަދަލުވެއްޖެ - "މިހާރު ހޮރައިޒަންވެސް، މިނިސްޓަރުވެސް، ގާސިމްވެސް އޯކޭ، ގޯހީ ސަރުކާރު އެކަނި!"

ހޮރައިޒަން ފިޝަރީޒްއާއި ގާސިމަށް ފިރުޝާން ކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އެޕްރީލު 2023 | ބުރާސްފަތި 13:34
ފިރުޝާނާއި، ޖޭޕީ އަދި އެމްޑީޕީގެ ބައެއް ބޭފުޅުން

ފިރުޝާނާއި، ޖޭޕީ އަދި އެމްޑީޕީގެ ބައެއް ބޭފުޅުން

މަޖިލީހުގައި ހުށަހަޅުއްވާފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލައިލާއިރު، އޭގެތެރެއިން ދެބައިކުޅަ އެއް ބަޔަކީ މަސްވެރިކަމާ ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމުގައި ފިޝަރީޒް މިނިސްޓަރުގެ ނުކުޅެދުންތެރިކަން ހުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކެވެ. މިނިސްޓަރުންނަށް ދެންނެވުމަށް ހުށަހެޅުއްވި ހަތަރު ސުވާލުގެ ތެރެއިން ތިން ސުވާލު އަމާޒުކުރެއްވީވެސް ފިޝަރީޒް މިނިސްޓަރަށެވެ. އޭގެތެރޭގައި، މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި މިހާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދަށް ދެންނެވި ސުވާލުތައް ހިމެނެއެވެ. މަސްވެރިކަމާގުޅޭ ގަރާރެއް، މައްސަލައެއް، އަދި ބަހުސެއް ކުރިއަށްގެންދިޔަ ކޮންމެ ވަގުތެއްގައި މިނިސްޓަރަށް އަމާޒުކުރެއްވި ފާޑުކިޔުންތައް ގިނައެވެ. މަޖިލީހުގެ ތަޅުމުގައި އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދެއްކެވި ވާހަކަފުޅުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީވެސް ފިޝަރީޒް މިނިސްޓަރަށް ކަންކަން ނުކުރެއްވޭ ވާހަކައެވެ.

މިއީ މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ މަޖިލީހުގެ މަސައްކަތްތައް ބަލައިލުމުން މަޖިލީހުގެ ޔައުމިއްޔާތަކުން އެކަނިވެސް އެނގެން އޮތްކަމެކެވެ. އެހާހިސާބުން ނިމުނީކީ ނޫނެވެ. ގާސިމް އިބްރާހީމްގެ އަރިސް މީހަކަށް ވުމުން، މިނިސްޓަރާއި މިނިސްޓަރުގެ ދަށުން މަސައްކަތްކުރާ މީހުންނަށް އޮތް ނުފޫޒު ބޮޑުކަމަށް ބުނެ، ތަކުރާރުކޮށް މަޖިލީހުގައި ފިރުޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ގާސިމްގެ ނުފޫޒާއި އާރާއި ބާރުގެ ސަބަބުން، މަސްވެރިކަމުގެ ދާއިރާއިން މަޑަވެލީ ދާއިރާއަށް އަންނަން އޮތް ފާގަތިކަން ނައިކަމަށް މަޖިލީހުގައި ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވިއެވެ.

ހޮރައިޒަން ފިޝަރީޒްގެ ހޯނޑެއްދޫ ކޮމްޕްލެކްސްގެ މައްސަލަ ހައްލުނުވެ މުވައްޒަފުން ހާލުގައި ޖެހުނު ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް އަދި ވީ އަހަރެއްހާ ދުވަހެވެ. ވިލާ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ހޮރައިޒަން ފިޝަރީޒްގެ ހޯނޑެއްދޫ ކޮމްޕްލެކްސްއިން އެންމެ އެދެވޭ ގޮތުގައި ޚިދުމަތް ނުދެވޭތީ، ގާސިމްއަށް ހޫނު ބަހުގެ ހަމަލާތަކެއް އެ ދުވަހު މަޖިލީހުގައި އަމާޒުކުރެއްވިއެވެ.

އަދި މަސްފެކްޓްރީއެއް ހެދުމަށްޓަކައި ހޮރައިޒަން ފިޝަރީޒްއަށް ގދ. ހޯނޑެއްދޫން ދޫކޮށްފައިވާ ބިމުގައި މަސް ފެކްޓްރީ އެޅުމުގެ މަޝްރޫއަށް ދީފައިވާ ބިމަށް 15 އަހަރު ވީއިރުވެސް އެކަން ނުކުރެވިގެން މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވިއެވެ. އަދި ތަކުރާރުކޮށް، ކޮމިޓީއާއި މަޖިލީހުގެ ތަޅުމަށް ފިޝަރީޒް މިނިސްޓަރ ހާޒިރުވެސް ކުރައްވައިފިއެވެ. ކީކިމިނީގެ ވާހަކައަކީވެސް އެފަދަ އިތުރު މިސާލެކެވެ.

އެއަށްވުރެ ފަހަށް ބަލައިލާނަމަ، މީގެ ހައެއްކަ މަސް ކުރިން، ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫއިން މަސް ފެކްޓަރީ އަޅަން ދޫކޮށްފައިވާ ބިމުގެ އެގްރީމަންޓްގެ މައްސަލައިގައި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މަޖިލީހުގައި ދެއްވާފައިވާ ޖަވާބުތަކާ ގުޅޭގޮތުން މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވިއެވެ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، މަޑަވެލީގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށާއި މަަސްގަތުމުގެ މަސައްކަތް ކުރުމަށް އެ މަސައްކަތް، ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. 2005 ވަނަ އަހަރުގެ އޮގަސްޓް މަހު އެ މަސައްކަތް ހަވާލުކޮށްފައިވަނީ، އެ މަސައްކަތަށް ބޭނުންވާ ބިން ހަވާލުކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ބޭނުންވާ ބިން ދޫކުރީ 8 ޑިސެމްބަރު 2005ގައި ކަމަށް ވުމާއެކު އެ މަސައްކަތް ނިންމަން ޖެހެނީ 7 ސެޕްޓެމްބަރ 2006ގެ ނިޔަލަށެވެ. އެހެންނަމަވެސް އޭގެ ފަހުން 17 އަހަރު ދުވަސް ވޭތުވިއިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުންވެސް ގާސިމާއި މިހާރުގެ ފިޝަރީޒް މިނިސްޓަރަށް ތަކުރާރުކޮށް ފާޑުވިދާޅުވި މަންޒަރު ފެނިގެން ދިޔައެވެ.

އޭގެ ފަހުން މިވީ ކުޑަ ދުވަސްކޮޅެކެވެ. އެކަމަކު މި އިހަކަށް ދުވަހު ސަރުކާރުން މަސްވެރިންނާމެދު އަމަލުކުރާ ގޮތް ކަމުނުގޮސްގެން ހުށަހެޅި ގަރާރުގައި މިފަދަ އެއްވެސް ވާހަކައެއް ނެތެވެ. އަދި މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައިވެސް މިއިން އެއްވެސް ވާހަކައެއް ނެތެވެ. އެ ދުވަހު ވާހަކަފުޅު ދެއްކެވިއިރު، އެހެންޏާ ވިދާޅުވާ ރާގަށް, "ނުފޫޒު ގަދަ" ވިޔަފާރިވެރިންގެ ގޮތުގައި "ގާސިމް"އަށް ބަހުގެ ހަމަލާތައް އަމާޒެއް ނުކުރައްވައެވެ.

މި ހަނދާންތައް އަދި ތާޒާކަމާއެކު، ރާއްޖޭގެ ސިޔާސީ މަސްރަހު ބަލާ ކޮންމެ މީހެއްގެވެސް ހުންނާނެއެވެ. އެހެންނަމަވެސް ބަދަލުވި ސިޔާސީ ފިކުރާއެކު ރާގުވެސް ބަދަލުވެއްޖެއެވެ. އިއްޔެ ގޯސްވީ ވަޒީރާއެކު މިއަދު ނަންގަވަނީ ސިޔާސީ އެކުވެރިކަމުގެ ގްރޫޕް ފޮޓޮއެވެ. މިއަދު މަޖިލީހުގައި އެ ވަޒީރުގެ އިރުޝާދުގެ ދަށުން ހިނގާ ވުޒާރާއަށް ފާޑުކިޔާއިރު، ވަޒީރު އޯކޭވެ ވަޒީރާއެކު ސިޔާސީގޮތުން އެއް މޭޒުގައި އިންނަވަން އޯކޭއެވެ. އެ ވަޒީރެއްގެ ގާބިލުކަމާމެދު ސުވާލު އުފެއްދެވި ވަޒީރަކީ މިއަދު ސިޔާސީ ރަހުމަތްތެރިއަކަށް ވެއްޖެއެވެ. ވަޒީރުގެ ވުޒާރާ ގޯހެވެ. ވަޒީރު އޯކޭއެވެ. އެކަމަކު އެ ވަޒީރު، އެ ވަޒީރު ހުންނަވާ ސަރުކާރު ގޯހެވެ. ވަޒީރުގެ ޕާޓީގެ ކެނޑިޑޭޓް ކަމުދެއެވެ. އެކަމަކު ވަޒީރުގެ ޕާޓީން އެކުވެގެން ގެނައި ވެރިކަން ކަމަކު ނުދެއެވެ. މިއަދު ވާހަކަފުޅުދައްކަވާއިރު ވަޒީރުވެސް ރަނގަޅެވެ. ގާސިމްވެސް ރަނގަޅެވެ. ގޯހީ ސަރުކާރު އެކަންޏެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
20 އެޕްރީލު 2017

ގއ ވިލިނގިލި ބަދަލުވެއްޖެ!

20 އެޕްރީލު 2017
ގއ ވިލިނގިލި ބަދަލުވެއްޖެ!
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
01 އެޕްރީލު 2017

މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

01 އެޕްރީލު 2017
މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު