Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ރައްޔިތުންނަށް ކާށި ބެހުން

ބަހަމުންދާ ކާށި ޕެކޭޖްގައި ހިމެނޭ ކާށީގެ އަދަދު އިތުރުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި

ކުރިން ކޮންމެ މީހަކަށް ދޭ ޕެކޭޖްގައި ހިމެނޭ 5 ކާށި 10 ކާއްޓަށް ބަދަލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އެޕްރީލު 2023 | ބުރާސްފަތި 02:25
މާލެ ސިޓީ ކައުންސިލުން ކާށި ބަހަނީ

މާލެ ސިޓީ ކައުންސިލުން ކާށި ބަހަނީ

ބަހަމުންދާ ކާށި ޕެކޭޖްގައި ހިމެނޭ ކާށީގެ އަދަދު އިތުރުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 97 ވަނަ ޖަލްސާގައެވެ. މި ޖަލްސާގައި ވަނީ ކުރިން ކޮންމެ މީހަކަށް ދޭ ޕެކޭޖްގައި ހިމެނޭ 5 ކާށި 10 ކާއްޓަށް ބަދަލުކޮށްފައެވެ.

މި ޖަލްސާގައި ނިންމާފައިވަނީ ކުރިން ކާށި ބެހުމަށް ނިންމާފައިވާ ގޮތައް ބަދަލު ގެނައުމަށްފަހު ކާށި ބެހުމަށެވެ. ކުރިން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ 5 ދުވަހު ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ދަފްތަރުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކާށި ބެހުމަށެވެ. އެހެންނަމަވެސް ޖަލްސާގައި ވަނީ 5000 ކާށި ފަގީރުންގެ ލިސްޓުގައި ތިބި ފަރާތްތަކަށް ހާއްސަކުރުމަށްފަހު މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް މި 5 ދުވަހުވެސް ކާށި ބެހުމަށެވެ.

ކާށި ބަލާދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަންޖެހެއެވެ.

ކާށި ބެހުން ކުރިއަށްދާނީ މާލެ ސިޓީ ކައުންސިލުގެ ޢާންމު ޚިދުމަތްތަކާއި ބެހޭބައިން (ތައިސޭކޮށި / ބޮޑުތަކުރުފާނުމަގު) ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ން 13:30 އަށް އަދި ރޭގަނޑު 21:30 ން 23:30 އަށެވެ.

މާލެ ސިޓީ ކައުންސިލުން ބަހަމުން އަންނަނީ ޗަމްޕާ ބްރަދާސް އިން ހަދިޔާކޮށްފައިވާ ކާއްޓެވެ. އެގޮތުން 30،000 ކާށި އެ ކައުންސިލާ ހަވާލު ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް

25 ޖޫން 2017
2018 ވަނަ އަހަރުގެ މެނިފެސްޓޯގައިވެސް ހިމެނޭނީ ފަސް ވަރަކަށް ވައުދު: އަލީ ނިޔާޒް
13 ޖޫން 2017

ކާށީގެ އަގު ވެއްޓުނު އިރު ކަރާގެ އަގު އުފުލިއްޖެ

13 ޖޫން 2017
ކާށީގެ އަގު ވެއްޓުނު އިރު ކަރާގެ އަގު އުފުލިއްޖެ
11 ޖޫން 2017

ގަތަރާ ދެކޮޅު ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި

11 ޖޫން 2017
ގަތަރާ ދެކޮޅު  ގައުމު ތަކުން ނެރުނު ލިސްޓުގައި ހިމެނޭ ކުވައިތު މީހުންނާ ސުވާލު ކޮށްފި
08 ޖޫން 2017

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ
29 މެއި 2017

ކާށީގެ އަގު ރަނަށް، އަދިވެސް އަގުބޮޑުވާނެ!

29 މެއި 2017
ކާށީގެ އަގު ރަނަށް، އަދިވެސް އަގުބޮޑުވާނެ!
18 މެއި 2017

ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

18 މެއި 2017
ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
02 މެއި 2017

ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

02 މެއި 2017
ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
01 މެއި 2017

ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ

01 މެއި 2017
ވޯޓަރސް ލިސްޓުގެ ފައިނަލް ލިސްޓުގައި މަރުވެފައިވާ 16 މީހުންގެ ނަން ހިމެނޭ: އެމްޑީޕީ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު