Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރައްޔިތުންގެ މަޖިލިސް

އިންފަންޓީނޯއާ ދިމާވެގެން ފުޓުބޯޅަ ދަނޑު އަޅާ ވާހަކަ ހިއްސާކުރުމުން ހުރީ ކޮސްވެފައި: މަޚްލޫފް

13 އެޕްރީލު 2023 | ބުރާސްފަތި 02:15

ސަބަބަކީ ކުޑަކުޑަ ޤައުމެއްގައި 300 މީހަކަށް ވެސް ފުޓުބޯޅަ ދަނޑެއް ޤާއިމުކޮށްދެމުން އަންނާތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އެޕްރީލު 2023 | ބުރާސްފަތި 02:15
ފީފާގެ ރައީސް އިންފަންޓީނޯއާއެކު މިނިސްޓަރު މަޚްލޫފް

ފީފާގެ ރައީސް އިންފަންޓީނޯއާއެކު މިނިސްޓަރު މަޚްލޫފް

ދިވެހިރާއްޖޭގައި ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރާ މިންވަރު ހިއްސާކުރެއްވުމުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހުންނެވީ ކޮސްވެފައި ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޚްލޫފް ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ގިނަ ގުނަ މަސައްކަތްކޮށްދެއްވާ ކަމަށެވެ. އަދި އެކަމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ނުހަނު އެހީތެރިކަން ވެސް ފޯރުކޮށްދޭ ކަމަށެވެ. މަޚްލޫފް ވިދާޅުވީ ރާއްޖޭގައި ސަރުކާރުން ޤާއިމުކޮށްދެމުން އަންނަ ބޮޑު ފުޓުބޯޅަ ދަނޑުތަކުން ވެސް، ފުޓުބޯޅަ ދިރުވައި ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަވާނެ ކަމަށެވެ. މިއަހަރުގެ ތެރޭގައި ފަންސާސް ވަނަ ދަނޑުގެ މަސައްކަތް ނިންމައި ހުޅުވައިދޭނެކަން ފާހަގަކުރައްވަމުން މަޚްލޫފް ވިދާޅުވީ. އއ.ހިމަންދޫ ދަނޑުގެ މަސައްކަތް ވެސް ނިންމައި މިހާރު ހަވާލުކޮށްފި ކަމަށެވެ. ހަމައެއާއެކު މަޚްލޫފް ފާހަގަ ކުރެއްވި ގޮތުގައި މީގެ ކުރިން ރާއްޖޭގައި ސަރުކާރަކުން އަޅާދީފައިވާ ފުޓުބޯޅަ ދަނޑެއް ނޯންނާނެ ކަމަށެވެ.

އިންފަންޓީނޯއާ ދިމާވި ދަތުރެއްގެ ތެރެއިން ރާއްޖޭގައި ފުޓުބޯޅަ ދަނޑު އަޅާ ވާހަކަ ހިއްސާކުރެއްވުމުން ހުންނެވީ ކޮސްވެފައި ކަމަށް މަޚްލޫފް ވިދާޅުވި އެވެ. އޭގެ ސަބަބަކީ ކުޑަކުޑަ ޤައުމެއްގައި 300 މީހަކަށް ވެސް ފުޓުބޯޅަ ދަނޑެއް ޤާއިމުކޮށްދެމުން އަންނާތީ އެވެ. މަޚްލޫފް ވިދާޅުވީ ސަރުކާރުން ބޮޑު އެހީތެރިކަމެއް ދިން ނަމަވެސް، ރާއްޖޭގެ ޓޮޕް ލީގުގެ ތެރޭގައި މައްސަލަ ދިމާވެގެން އުޅޭ ކަމަށެވެ. އަދި ކަންބޮޑުވުންތަކާއި މައްސަލަތަކެއްގެ ގޮތުގައި މިހާތަނަށް ދައްކަމުން އަންނަނީ އެ ވާހަކަ ކަމަށާއި، ނަމަވެސް އެކި ގޮތްގޮތަށް މިނިސްޓްރީން އެފްއޭއެމަށް އަބަދު ވެސް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީ 25 ޓާފް ދަނޑު އެޅުމަށް ވައުދުވެގެންނެވެ. ނަމަވެސް މިހާތަނަށް ވަނީ 40 އަށް ވުރެ ގިނަ ދަނޑުގެ މަސައްކަތް ނިންމާލައިފަ އެވެ. މީގެ އިތުރުން 80 އަށް ވުރެ ގިނަ ދަނޑުގެ މަސައްކަތް ދަނީ އެކި މަރުހަލާގައި ކުރިއަށެވެ. ރާއްޖޭގައި ބައިނަލްއަޤުވާމީ ފެންވަރުގެ ދަނޑުތައް ޤާއިމުކޮށް، އެ ތަންތަނުގައި އިންޓަނޭޝަނަލް މެޗުތައް ކުޅުމަކީ ވެސް ސަރުކާރުން އަމާޒު ހިފާފައިވާ ކަމެކެވެ. ދާދި ފަހުން މިދިޔަ މަހު ވަނީ ރާއްޖެ އާއި ޕާކިސްތާނު ބައްދަލު ކުރި ރަހުމަތްތެރިކަމުގެ މެޗެއް ލ.ގަމު ދަނޑުގައި ކުޅެފަ އެވެ. އެއީ ފީފާ ރޭންކިން މެޗެކެވެ. މިނިސްޓަރު މަޚްލޫފް ވިދާޅުވަނީ ދަނޑުތައް ޤާއިމުކުރުމަށްފަހު، އެކި މަރުހަލާގައި ކުރިއަށް ގެންދާ މަސައްކަތްތަކާއެކު (ރޮސްޓްރޮމް، ފެންސް އަދި ލައިޓް) އެ ދަނޑުތައް ސްޓޭޑިއަމްތަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް