Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 57 ވަނަ އަހަރީ ދުވަސް

12 އެޕްރީލު 2023 | ބުދަ 14:30

ފާއިތުވި އަހަރުތަކުގައި އެއަރޕޯޓަށް ގިނަ ކުރިއެރުންތައް އައިސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 އެޕްރީލު 2023 | ބުދަ 14:30
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޗެކިން ކުރިއަށް ދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޗެކިން ކުރިއަށް ދަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 57 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު, ކުންފުނީގެ އަމާޒަކީ އެއަރޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ރަނގަޅުކޮށްދިނުން ކަމަށް, މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 57 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެމްއޭސީއެލުން ނެރުނު ބަޔާނުގައި ވަނީ، ފާއިތުވި އަހަރުތަކުގައި އެއަރޕޯޓަށް ގިނަ ކުރިއެރުންތައް އައިސްފައިވާކަމަށެވެ. އައު ރަންވޭއެއް ތައާރަފުކުރުމާއި ނޫވިލު ސީޕްލޭން ޓަރމިނަލަކީ ތަރައްގީއަށްޓަކައި ހިންގުނު ބޮޑެތި މަޝްރޫއުތައްކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެއާރޯ ރެޒިޑެންސްގެ އެޕާޓްމަންޓްތައް ނިންމައި އެ އެޕާޓްމަންޓްތައް ވެރިންނާ ހަވާލުކޮށް، ގިނަ މުވައްޒަފުންނަށް އިންތިޒާރުކުރަމުން އައި ހުވަފެނެއް ފުރިހަމަކޮށްދިން ކަމަށްވެސް ވަނީ ބުނެފައެވެ.

ގެސްޓުންނަށް، އައުމާއި ފުރުމުގެ ތަޖުރިބާ ރަނގަޅުކުރުމުގެގޮތުން ޓަރމިނަލްގައި މޮޑިފިކޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށާއި، އެއަރޕޯޓް މެނޭޖްމަންޓުން ވިޔަފާރީގެ މައިގަނޑު ދާއިރާތަކުގައި މުވައްޒަފުން ތަރައްގީކުރުމަށް އިސްކަންދީ، އެކި ސްޕެޝަލައިޒޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން މުވައްޒަފުންގެ ޓެކްނިކަލް ކެޕޭސިޓީގައި ހުރި ފަރަގުތައް ހައްލުކޮށްފައިވާކަމަށް ވެސް ބަޔާނުގައިވެއެވެ. މި ހުރިހާ ކުރިއެރުންތަކަކީ އެއަރޕޯޓުގައި ގެސްޓުންގެ ތަޖުރިބާ މަތިކުރުމަށް އެހީތެރިވެދޭ ކަންކަމެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މަހްޖޫބް ޝުޖާއު ވަނީ އެއަރޕޯޓުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މުވައްޒަފުންނަށް މަރުހަބާ ވިދާޅުވެ، އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރާއި ހިދުމަތާއި މުވައްޒަފުންގެ ތަމްރީނަށް ގެނެވޭ ކޮންމެ ކުރިއެރުމަކުން، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތް ރަނގަޅުވާނެކަމަށް ވިދާޅުވެފައެވެ. މަހްޖޫބު ވަނީ، އެއަރޕޯޓުގެ 57 އަހަރުގެ ކުރިއެރުމާއެކު، އެއަރޕޯޓުގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ފާއިތުވި 57 އަހަރުގެ ތެރޭގައި ހާސިލްކުރެވުނު ކަންކަމާމެދު އެއަރޕޯޓް މެނޭޖްމަންޓުން އިންތިހާއަށް ފަހުރުވެރިވާކަމަށާއި، ރަނގަޅު ވަސީލަތްތަކާއި ހިދުމަތްތަކާއެކު ފަސިންޖަރުންނާއި ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން ދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
09 ޖުލައި 2017

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

09 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
03 އެޕްރީލު 2017

ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ

03 އެޕްރީލު 2017
ލިލީ އިންޓަރނޭޝަނަލްއިން އިތުރު 3 ފްރަންޗައިސް ރާއްޖެއަށް ގެންނަނީ
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް