Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖާބިރު މަޖިލީހުން ބޭރުކުރުން

ޖާބިރު މަޖިލީހުގައި ބޭއަދަބީ ބަސްތައް ބޭނުންކޮށް، ތަކެއްޗަށް ގެއްލުން ދިނުމުން ނަން އިއްވާ މަޖިލީހުން ބޭރުކޮށްފި

ޖާބިރު ވަނީ އިދާރީ މޭޒު ކުރިމަތީގައި ވެސް އަޑުގަދަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2023 | ބުދަ 12:38
އެމްޕީ ޖާބިރު

އެމްޕީ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި އަޑު ގަދަކުރައްވާ ހުތުރުބަހުން ވާހަކަދެއްކެވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ ނަން އިއްވައި ޖަލްސާއިން ބޭރުކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ޖާބިރު ވަނީ މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ މެންބަރުން ވާހަކަ ދައްކަން ހުރަސް އަޅުއްވާފައެވެ. އެމްޑީޕީ ވެރިކަމެއް އޮވެ، އެޕާޓީގެ މެނިފެސްޓޯގައިވާ މަސްވެރިކަމުގެ ސިޔާސަތު ސަރުކާރުން ކުރިއަށްނުގެންދާ ކަމަށް ބުނެ، އެމްޑީޕީ މެނިފެސްޓޯގައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ހުށަހުއްވި ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން ޖާބިރު ވަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ފެއިލްވުމަކީ ރާއްޖެ ފެއިލްވުން ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އޭރު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ޖާބިރުގެ ވާހަކަ ހުއްޓުވުމަށް ފަހު އަފީފު ވަނީ، މެންބަރު ވާހަކަ ދައްކަވާ އިރު، އަނެއް މެންބަރަށް ހުތުރުވާގޮތަށް ވާހަކަ ނުދެއްކުމަށް އެދިލައްވާފައެވެ. ނަމަވެސް ޖާބިރު ވަނީ އިތުރަށް އަޑުގަދަކުރައްވާ ނަޝީދު ރިޔާސަތު ދޫކޮށްލައްވަން ގޮވާލައްވާފައެވެ. އޭގެ ފަހުން ނަޝީދުގެ އިސްތިއުފާއަށް ވެސް އޭނާ ގޮވާލެއްވިއެވެ. ޖާބިރު ވަނީ އިދާރީ މޭޒު ކުރިމަތީގައި ވެސް އަޑުގަދަކުރައްވާފައެވެ. އަދި އެހެން މެމްބަރެއްގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އެ މޭޒުގައި ހުރި މައިކް ސިސްޓަމަށް ތަޅުން މައްޗަށް ވައްޓަވާލެއްވިއެވެ.

އެ ހިސާބުން ރިޔާސަތުން ތަކުރާރުކޮށް ޖާބިރަށް އިންޒާރު ދެއްވުމަށްފަހު އޭނާގެ ނަން އިއްވާފައިވެއެވެ. ޖާބިރު މަޖިލީހުން ނުކުމެވަޑައިގަތީ އަމިއްލަފުޅަށެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު

19 އެޕްރީލު 2017
ޤާސިމްގެ މައްޗަށް ކުރަނީ ބާރުބޭނުންކޮށްގެން ސަރުކާރު ވައްޓާލަން ހިތްވަރު ދިނުމުގެ ތުޙުމަތު
19 އެޕްރީލު 2017

ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި

19 އެޕްރީލު 2017
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް 50 ހާސް ރުފިޔާ ޖާބިރު ހަދިޔާކޮށްފި
16 އެޕްރީލު 2017

ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން

16 އެޕްރީލު 2017
ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދެއްކުން ހުއްޓާލާ: މައުމޫން
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
26 މާރިޗު 2017

މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު

26 މާރިޗު 2017
މަޖިލީހުގައި މަޝްވަރާގެ އުސޫލެއް ނެތް، މަސީހު މަގާމުން ދުރުކުރަންޖެހޭ:ޑރ. މަޖީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު